“އަދުރޭއަކީ ޔާމީނުގެ ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“

Loading

February 26, 2024
profile
Facebook
Twitter
WhatsApp

ޕީއެންސީގެ ޗެއާޕާސަން ޢަބްދުއްރަޙީމް (އަދުރޭ) އަކީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ “ގޭތެރޭގައި އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“ ކަމަށް ކުރީގެ ނައިބު ރައީސް ޑރ.މުޙައްމަދު ޖަމީލު ސިފަކުރައްވައިފިއެވެ.

ޖަމީލު މިކަން ސިފަކުރެއްވީ ޔާމީނަށް ކުރިން ތައުރީފު ކުރެއްވި ޢަބްދުއްރަޙީމް މިހާރު ޔާމީނާ ބެހޭ ގޮތުން ދައްކަވާފައިވާ ވާހަކަތަކެއްގެ ވީޑިއޯއެއް ހިއްސާކުރައްވައި އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައެވެ.

އަދުރޭ މިހާރު ވިދާޅުވަނީ ރައީސް ޔާމީނަކީ އޭނާއަށް ކަމުދާ ބޭފުޅެއް ނޫން ކަމަށާއި އެއީ “ލައިކް“ ވާ ބޭފުޅެއް ނޫން ކަމަށެވެ.

ޖަމީލު ވިދާޅުވީ އިބްނު މަލްޖަމް އަކީ ވިހަ ކަނޑިއަކުން ހަތަރުވަނަ ޚަލީފާ ޢަލީގެފާނު ޝަހީދުކޮށްލި މީހާ ކަމަށާއި އަދުރޭއަކީ ވެސް މަލްޖަމް ކަހަލަ މީހެއް ކަމަށެވެ.

“ދެން މިފެންނަނީ ރ. ޔާމީނުގެ ގޭތެރޭ އުޅެ ވިހަލީ ހަރުފައެއްފަދަ މީހެެއް“

އަދުރޭއަކީ ދަނޑިވަޅަކަށް ބަލަންހުރެ ވެރިކަން ހަމަ ލިބުމާއެކު ޑރ. މުއިއްޒު ބޮލަށް ސަވާރުވެ ޕީޕީއެމް ޖަހައިގަނެ ޔާމީނުގެ ބުރަކަށްޓަށް އިބްނު މަލްޖަމް ހެދި ގޮތަށް ވަޅިހެރި މީހެެއް ކަމަށް ޖަމީލު ވިދާޅުވިއެވެ.

މުޅި ރާއްޖެއިން ‘އަދުރޭ ނޫންގޮތެއް’ ހޯދަންޖެހެނީ މިހެންވެ ކަމަށާއި އަދުރޭގެ ރަހްމަތްތެރިންނަށް ތާއީދެއް ނޯންނާނެ ކަމަށް ޖަމީލު ވިދާޅުވިއެވެ.

Loading

2 Responses

Leave a Reply to Nas Cancel reply

ފަހުގެ އަޕްޑޭޓް