ރައީސްގެ ތިންވަނަ ދަތުރުފުޅު މިއަދު ފަށްޓަވަނީ, މިފަހަރު އުތުރުގެ 4 އަތޮޅަކަށް

Loading

Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު މިއަދު އުތުރު ބައެއް އަތޮޅުތަކަށް ކުރައްވާ ދަތުރުފުޅެއްގައި ފުރާވަޑައިގަންނަވާނެއެވެ.

ރައީސް އޮފީހުން ބުނީ ހއ.އަތޮޅާއި ހދ.އަތޮޅާއި ށ.އަތޮޅާއި ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގައި ރައީސް މިއަދު ފުރާވަޑައިގަންނަވާނެ ކަމަށެވެ.

ރައީސުލްޖުމްހޫރިއްޔާގެ މި ދަތުރުފުޅުގައި ސިޓީތަކާއި ރަށްރަށުގެ ކައުންސިލްތަކާއި އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާ ބައްދަލުކުރައްވާނެއެވެ.

އަދި ސިޓީތަކާއި ރަށްރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި، ތަރައްގީއަށް އެންމެ މުހިންމު މަޝްރޫއުތަކާއި ރައްޔިތުންނަށް އެންމެ ބޭނުންވެފައިވާ ކަންކަމާ ގުޅޭގޮތުން މަޝްވަރާ ކުރައްވާނެއެވެ.

ކައުންސިލްތަކުން އެމަނިކުފާނާ ބައްދަލުކުރުމަށް މާލެއަށް އައުމުގެ ބަދަލުގައި އެމަނިކުފާނު ކަންކުރައްވާނެ ގޮތަކީ ރަށްރަށަށް ވަޑައިގެން ކައުންސިލުތަކާ ބައްދަލުކުރެއްވުން ކަމުގައިވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ވިދާޅުވެފައެވެ.

މިއީ ރައީސްކަމާ ހަވާލުވެވަޑައިގަތުމަށްފަހު ރައީސް ކުރައްވާ ތިންވަނަ ދަތުރުފުޅެވެ.

މި މަހުގެ 18 ވަނަ ދުވަހު ރައީސް ވަނީ އައްޑޫ ސިޓީއަށާއި ފުވައްމުލައް ސިޓީގެ އިތުރުން ހުވަދުއަތޮޅު އުތުރުބުރިއާއި ހުވަދު އަތޮޅު ދެކުނުބުރީގެ ބައެއް ރަށްރަށަށް ފަސް ދުވަހުގެ ދަތުރުފުޅެއް ކުރައްވައިފައެވެ. ފުރަތަމަ ދަތުރުފުޅުކުރެއްވީ ތ.އަތޮޅަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް