އާރްއާރްޓީގެ މެންބަރަކަށް ރޭދެވުނު ޙަމަލާ ކުށްވެރިކުރަން: އެމްއެޗްޕީޔޫ

Loading

Facebook
Twitter
WhatsApp

ރޭ ރެޕިޑް ރެސްޕޯންސް ޓީމުގެ މެންބަރަކަށް މާފަންނު މަދަރުސާ ތެރޭގައި ދިން ޙަމަލާ މޯލްޑިވްސް ހެލްތް ޕްރޮފެޝަނަލްސް ޔޫނިއަންއިން ކުށްވެރި ކޮށްފިއެވެ. މިކަން އެ ޔޫނިއަނުން ހާމަކޮށްފައިވަނީ އެ ޖަމިއްޔާއިން ކުރި ޓްވީޓެއްގައެވެ.

އެމްއެޗްޕީޔޫއިން އިން ބުނެފައިވަނީ މިޢަމަލު ވަރަށް ހަރުކަށި ޢިބާރާތުން ކުށްވެރި ކުރާ ކަމަށެވެ. އަދި މިއީ ވަރަށް ނާތަހުޒީބު ޢަމަލެއް ކަމަށާއި މިޢަމަލު ތަޙުޤީޤު ކުރުމަށްވެސް އެފަރާތުން ގޮވާލާފައިވެއެވެ. އަދި ރައްޔިތުންގެ ރައްކާތެރިކަން ކަށަވަރުކުރަން ޙަވާލުވެފައި ވާ ފަރާތަކުން މިފަދަ ޢަމަލެއް ކުރުމުން އެކަން ބަލައިނުގަނެވޭ ކަމަށް އެފަރާތުން ބުނެފައިވެއެވެ.

ރޭ މާފަންނު މަދަރުސާ ތެރޭގައި މިޙަމަލާދިނީ ރައްޔިތުންގެ މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަންއެވެ. މަންޒަރު ދުށް ފަރާތްތަށް ބުނާގޮތުގައި ސާމްޕަލް ނަގަން އުޅުމުގެ ތެރޭގައި އިކްރާމް އަށް ތަދުވުމުން ސާމްޕަލް ނަގަން ހުރި ކުއްޖާ ގައިގައި އިކްރާމްވަނީ ޖަހައިފައެވެ. އަދި ވަރަށް ހަރުއަޑުން އެއްޗެހި ކިޔާފައިވެއެވެ.

ނަމަވެސް އިކްރާމްވަނީ މިކަން ސޯޝަލް މީޑިޔާގައި ދޮގުކޮށްފައެވެ. ސާމްޕަލް ނެގުމުގެ ތެރޭގައި ތަދުވުމުން އަތް ދުރުކޮށްލި ކަމަށާއި، އަދި އެގޮތަށް އަނިޔާވެރިކޮށް ސާމްޕަލް ނަގާކުދިން ލައްވާ ސާމްޕަލް ނުނެގުމަށް އޭނާބުނި ކަމަށް އޭނާ ބުނެފައިވެއެވެ. އަދި އިތުރު ކަމެއް ނުހިނގާ ކަމަށްވެސް އޭނާވަނީ ބުނެފައެވެ.

ނަމަވެސް މިވާހަކަތައް ގިނަ ބަޔަކު ޤަބޫލެއް ނުކުރެއެވެ. ސަބަބަކީ އެވަގުތު އެތަނުގައި ތިބި އާރްއާރްޓީގެ ބައެއްކުދިންވެސް އަދި މަންޒަރު ދުއް ފަރާތްތަކުންވެސް ސޯަޝަލް މީޑިޔާގައި ކަންހިނގި ގޮތް ހިއްސާކޮށްފައި ވާތީއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް