އިސްރާއީލަށް ވަލުކުއްތާ ވަނުން ގިނަވެ މުސީބާތަކަށް ވެއްޖެ

Loading

Facebook
Twitter
WhatsApp

ހަމާސްއާއި އިސްރާއީލާ ދެމެދު ކުރެވޭ ހަނގުރާމައިގާ ގައްޒާއިން އިސްރާއީލަށް ވަންނަމުންދާ ވަލުކުއްތާތައް ގިނަވެ އިސްރާއީލަށް ބޮޑު މުސީބާތަކަށް ވެއްޖެއެވެ.

މިދިޔަ އޮކްޓޯބަރ މަހުން ފެށިގެން މިހާތަނަށް ގައްޒާއިން އެއްހާހަށްވުރެން ގިނަ ވަލުކުއްތާ އިސްރާއީލަށް ވަދެފައިވާކަމަށް އެ ގައުމުން ބުނެއެވެ. އަދި އެ ކުއްތާތައް ވަނުން ނުހުއްޓުވިދާނެތީއާއި އޭގެ ސަބަބުން މެދުވެރިވެދާނެ ގިނަ ނުރައްކަލާ ދޭތެރޭ އިސްރާއީލު ސަރުކާރުން މިހާރު ވަނީ ހަދާނެގޮތް ހުސްވެފައެވެ

ވަލުކުއްތާތައް އިސްރާއީލަށް ވަނުމަށް މަގުފައިވެފައިވަނީ ގައްޒާއާއި އިސްރާއީލު ވަކިކުރަން ހަދާފައިވާ އިންފާރު ހަމާސްއިން ގޮއްވާލުމާ ގުޅިގެންނެވެ.

އިސްރާއީލުގެ ދަ ޓައިމްސް އޮފް އިސްރާއީލުން ބުނެފައިވާ ގޮތުގައި އެ ގައުމުގެ ދަނޑުވެރިކަމާބެހޭ ވުޒާރާއިން މިހާތަނަށް ވަކި ގޮތެއް އަންގަވާފައި ނުވާތީ އެ ކުއްތާތަކުގެ ނުރައްކާ އާންމުވެގެން ދިއުމުގެ ކުރިން އެ ޖަނަވާރުތައް ނައްތާލެވޭނެ ގޮތެއް ނެތި ނޭޗަރ އެންޑް ޕާރކްސް އޮތޯރިޓީންވެސް ވަނީ ދެއަތް ބަނދެވިފައިވާކަމަށް ބުނެފައި ވެއެވެ.

ވަލުކުއްތާތަކަކީ އާންމު ރައްޔިތުންނާއި ދަނޑުބިންތަކަށާއި އަދި މިލިޓްރީންނަށްވެސް ވަރަށް ބޮޑު ނުރައްކަލެއް ކަމުގައިވެސް އެ ނޫހުން ބުނެފައިވެއެވެ. ހިޔަޅާއި މީދަލާއި އަދިވެސް މިބާވަތުގެ ގިނަ ޖަނަވާރުތަކާހުރެ ތިމާވެއްޓަށް ބޮޑެތި މައްސަލަތަކެއް މެދުވެރިވެފައިވާ އިސްރާއީލުގެ ގަޒެލްސް ސަރަހައްދުގައި އެ ވަލުކުއްތާތައް އިތުރުވެ މުޅި ސަރަހައްދުން ބޮޑު މުސީބާތަކާ މިހާރުވެސް ވަނީ ކުރިމަތިލާންޖެހިފައެވެ.

އިސްރާއީލުގެ ނޭޗަރ އެންޑް ޕާރކްސްގެ އެންމެ އިސް ސައެންޓިސްޓް ޔެހޯޝުއާ ޝްކެޑީ ވައިނެޓް ނިއުސްއަށް ކިޔާދީފައިވަނީ އެ ވަލުކުއްތާކަކީ ދިމާވާ ކޮންމެ ޖަނަވާރަކަށާއި އިންސާނުންނަށްވެސް ހަމަލާދޭ އެއްޗަކަށްވެފައި އެ ކުއްތާތައް އިސްރާއީލަށް ވަނުން ނުހުއްޓުވިއްޖެނަމަ ތިމާވެއްޓަށް ލިބިދާނެ ގެއްލުމަކަށްވުރެން ގޮތް ނޭނގޭ ބަލިމަޑުކަމެއް އާންމުވެދާނެކަމުގެ ބިރު އަދި މާބޮޑު ކަމަށެވެ. އޭގެ ކުއްތާއެއް ދަތް އެޅުމުގެ ސަބަބުން އިހަށްދުވަހު ވެސް ބިރް އަލް ދާޖްގައި އަންހެންކުއްޖަކު ވަނީ މަރުވެފައެވެ.

އެނގިފައިވާގޮތުގައި މިހާރުވެސް އެ ވަލުކުއްތާތައް ގެންދަނީ މިލިޓްރީންނަށްވެސް ހަމަލާ ދެމުންނެވެ. ނަސީބު ރަނގަޅުކަމުން މިލިޓްރީންނަށް މިހާތަނަށް އަދި ގެއްލުމެއް ނުލިބޭ ކަމަށް ޖެރޫސަލަމް ޕޯސްޓުން ބުނެފައި ވެއެވެ.

Loading

One Response

  1. ކިއުންތެރިންގެ އަދަދަށް ބަލާލީމާ ޔަހޫދީންނާ ދޭތެރޭ ދިވެހި ރައްޔިތުންގެ ވިންދު ވަރަށް ރީތިކޮށް އެނގިގެން އެބަދެއެވެ. އަޅުގަނޑުމެންގެ ގައުމަށް ލިބިފައިވާ މަދު ވަސީލަތުގެ ސަބަބުން ބައިނަލް އަގްވާމީ ދުނިޔޭގައި ފަލަސްތީނަށްޓަކައި ނުފޫޒު ފޯރުވޭނެގޮތެއް ނެތިފައި ތިބެން ޖެހެނީއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް