ކޯވިޑް19: އިއްޔެ އިތުރު 86 މީހަކު ފައްސިވެއްޖެ!

Loading

Facebook
Twitter
WhatsApp
   ރާއްޖެއިން ކޯވިޑް  އަށް އިތުރު  86 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 29 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 57  ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 72 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 14  މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ 10742 ޖުމްލަ އަދަދު މިހާރުވަނީ  އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1112 އެކްޓިވް ކޭސް ހިމެނޭއިރު، 67 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 384 މީހަކުވަނީ  އެކަހެރި ކުރެވިފައެވެ.
    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 18 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ ތެރޭގައި 20 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުން ވަނީ 15 މުވައްޒަފުންނާއި، 11 ފަތުރުވެރިޔަކު މިބައްޔަށް ފައްސިވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް