ނޫރު މިސްކިތުގައި މިފަހަރު އިމާމުވެ ތަރާވީސްކުރާނީ އުމުރުން 11 އަހަރުގެ އިޒްކާން

Loading

February 15, 2024
profile
Facebook
Twitter
WhatsApp

މި ފެށޭ ރަމަޟާން މަހު މާލޭ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު އުމުރުން 11 އަހަރުގެ ކުއްޖަކަށް ދީފިއެވެ.

އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ އުމުރުން 11 އަހަރުގެ އިޒްކާން އަޖީބު ޙުސައިން ކީރިތި ޤުރުއާން ހިތުދަސްކޮށް އިމްތިހާނު ހަދައި ނިންމުމުން އޭނާއާއި އޭނާގެ މަންމައާއި ބައްޕައާއި ބައްދަލުކޮށްލުމަކީ އުފާވިކަމެއް ކަމަށެވެ.

މި ބައްދަލުވުމުގައި އިޒްކާން އެދުނީ ރޯދަ މަހު އިމާމުވެ ތަރާވީސްކުރުމުގެ ފުރުސަތު ދެއްވުމަށެވެ. އެގޮތުން މިނިސްޓަރު ވަނީ އިޒްކާން އަށް އެ ފުރުސަތު ދެއްވުމަށް ނިންމަވައިފައެވެ.

އިސްލާމިކް މިނިސްޓްރީން މިއަދު ބުނީ ރަމަޟާން މަހު މާލޭ ނޫރު މިސްކިތުގައި އިމާމުވެ ތަރާވީސްކުރުމަށް ހަމަޖެހިފައިވަނީ އަލްހާފިޒު އިޒްކާން އަޖީބު ޙުސައިން ކަމަށެވެ.

Loading

One Response

Leave a Reply to ބަޗީ Cancel reply

ފަހުގެ އަޕްޑޭޓް