ޚާއްސަ ސްޕެޝަލެ ޑީލްއެއްގެދަށުން އަދީބު ގެއަށް - ޖާބިރު

Loading

Facebook
Twitter
WhatsApp
ކުރީގެ ނައިބުރައީސް އަޙްމަދު އަދީބު ޢަބްދުލްޣަފޫރުގެ މައްޗަށް ކުރި 7 ދަޢުވާ ސާބިތުވެ ޖުމުލަ 20 އަހަރަށް ޖަލަށް ލުމަށާއި 2 މިލިއަން ރުފިޔާ އިން ޖޫރިމަނާކުރުމަށް ކްރިމިނަލް ކޯޓުން ޙުކުން ކުރީ މިދިޔަ ހޯމަ ދުވަހެވެ.
އަދީބެކޭ އެއްގޮތަށް ހިޔާނާތް ހިންގި އިރު ދައުލަތުގެ އެންމެ އިސް މީހެއްގެ ގޮތުގައި ހުރި ކުރީގެ ރައީސް އަބްދުﷲ ޔާމީން އަބްދުލްގައްޔޫމަކީވެސް މިކަމުގައި ކުއްވެރިވެ ޙުކުމް އިއްވާފަވާ  ފަރާތެކެވެ. އެމަނިކުފާނު ޖަލަށް ހުކުމް ކުރިތާ މިހާރު އަހަރަކާ ގާތްވެފައި ވާއިރު، އަދިވެސް ހުންނެވީ ޖަލުގަ އެވެ. ސިއްހީ ހާލަތު ހުރި ގޮތުން އެތައް ފަހަރަކު އެމަނިކުފާނު ނިސްބަތްވާ އިދިކޮޅު ކޯލިޝަނުންނާއި އާއިލާގެ ފަރާތުން ޔާމީނު ގެއަށް ބަދަލު ކުރުމަށް ތަކުރާރުކޮށް އެދެއެވެ. ނަމަވެސް ރައީސް ޔާމީން ގެއަށް ބަދަލުކޮށްފައެއް ނުވެ އެވެ. އަދީބު ހުންނެވީ ސިއްހީ ހާލަތު ހުރި ގޮތުން ދައުވާތައް އިއުތިރާފުވުމާއެކު  48 ގަޑިއިރު ނުވަނީސް  ގެއަށް ބަދަލުކޮށްފަ އެވެ،
އަދީބް ގެޔަށް ބަދަލްކުރުމާ ގުޅިގެން އިއްޔަ ބޭއްވި މަޖިލިސް ޖަލްސާގައި ވަރަށް ގިނަ މެމްބަރުން ވަނީ މިކަމާ ނުރުހުން ފާޅުކޮށްފައެވެ.
އެގޮތުން ކާށީދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވަނީ، ހިޔާނާތް ހިންގި  މީހުންގެ ތެރެއިން އެކަކު ގޭގައި އޮވެފައި، އަނެއް މީހާ ޖަލުގައި އޮތުމަކީ އިންސާފުތޯ ސުވާލު އުފައްދާފަ އެވެ. އަދި އެ ބޮޑުވައްކަމުގައި ބައިވެރިވި މިހާރުގެ ސަރުކާރަށް ނިސްބަތްވާ މީހުނާއި ކުރީގެ ސަރުކާރުގެ ބޮޑުންނަށްވެސް އެއްވެސް ބަންދަކާ ކުރިމަތިލާން ޖެހިފައެއްނުވޭމެއެވެ.
”އިއްޔެގަ އަޅުގަނޑަށް އަޑު އިވިގެން ދިޔައީ، ދިވެހި ސަރުކާރުން ހެދި ޙާއްސަ ސްޕެސިފިކް ޑީލެއްގެ ސަބަބުން އަދީބު ގެއަށް ބަދަލު ވެގެން ދިޔަތަން. 20 އަހަރުގެ ހުކުމަކާއި ދެ މިލިއަނެއަހާ ރުފިޔާގެ، މުޅި ދައުލަތް ލޫޓުވާލި މީހަކު ގެއަށް ބަދަލުވެގެން އެދިޔައީ. އިއްޒަތްތެރި ރައީސް، ތަފާތުކުރުން ފެންނަމުން މިދަނީ …ސަރުކާރާ ޑީލް ހަދައިގެން ބޮޑެތި ވަގުން މިންޖުވެގެން މިދަނީ. އަދީބު ގޭގައި، ޔާމީން ޖަލުގައި. މިއީ ކޮންކަހަލަ އިންސާފެއްތޯ؟“ އިދިކޮޅު ޑީއާރުޕީގެ ލީޑަރު ޖާބިރު މަޖިލިސްގެ ރައީސް ނަޝީދާ ސުވާލުކުރެއްވިއެވެ.
ޖާބިރު އިތުރަށް ވިދާޅުވީ ޤާނޫނު ފާސްކުރީމައި ޤާނޫން އަކުރުން އަކުރަށް މާނަ ކުރަށްވަން ޖެހޭނެކަމުގައެވެ. އަދި މަޖިލިހުން ހަދާ ޤާނޫނަށް އެއްވެސް ބާރެއް ނޯއްނަކަމަށްވެސް އެބޭފުޅާ ވިދާޅުވިއެވެ. އަދި ހަމަ ވަގުތުން ވަގުތަށް ރައީސް ޔާމީނު ގެއަށްބަދުލު ކުރުމަށްވެސް ގޮވާލެއްވިއެވެ.
އަދީބު ދައުވާތަކަށް އިއުތިރާފުވީ، މިދިޔަ މަހުގެ 30 ވަނަ ދުވަހު އެވެ. އެއާއެެކު އޭގެ ދެ ދުވަސް ފަހުން އޭނާ ގެއަށް ބަދަލު ކުރި އެވެ. ކަރެކްޝަންސް އިން އޭރު ބުނީ، އޭނާ ގެއަށް ބަދަލުކުރީ ބަލި ހާލަތު ހުރި ގޮތުން، ކޯޓުގެ ހުއްދައާ އެކު ކަމަށެވެ. މިއީ އަދީބު ދައުވާއަށް އިއުތިރާފުވުމުން ސަރުކާރުން ހެދި ޑީލްގެ ދަށުން ދެވުނު ލުޔެއް ކަމަށް ގިނަބަޔަކުދަނީ ބުނަމުންނެވެ؟ ކުރީގެ އޮޑިޓަރ ޖެނެރަލް ވިދާޅުވެފައިވާގޮތުގައި މިބޮޑު ވައްކަމުގައި ދައުލަތަށް 30 ބިލިއަން ރުފިޔާގެ ގެއްލުމެއް ލިބިފައިވެއެވެ.

Loading

One Response

  1. ބޮޑެތި ވަގުންނާއި ދައުލަތުން ޑީލްހެދީމަ ނިކުންނަ ނަތީޖާ ކާނަލް ނާޒިމްސޯއަށް އެނގޭނެ. އެޕެންޑްރައިވް މައްސަލަވެސް އެހާފަސޭހައިން ޙުކުމާއިހަމައަށް ދިޔައީ އެކަހަލަ ޑީލްއެއްގެ ދަށުންނޯ! އަބަދުވެސް ހިފޭ ބޮޑު ވަގުކަލޭގެ ދޮގުން އެހެން ބޮޑެތި ބާރުގައި ތިބި ބައެއް ސަލާމަތްކޮށްދޭމަތިން ދަ ޑިލް ގެ ދަށުން 30 ބިލިއަން ރުފިޔާ ދައުލަތުން ދަވާލީމާ ދެމިލިއަން ރުފިޔާއިން ޖުރުމާނާ 20 އަހަރަށް ޖަލަށް. ދެން ބަލަންތިބެވާގޮތް 2023ގެ އިލެކްޝަންނަށް އެވަގު ލާރިގަނޑުން ބޮޑުބައެއް ޚަރަދުކޮށްގެން ސަލާމަތްވާނީ. އެދުވަސް އަންނަންދެން ”ބަސް އަހާމަތިން“ ގޭގައި، ނޫނީ ބޭސްފަރުވާއަށް ބޭނުންގައުމަކަށް. ސަހަރޯހީނުވޭތަ؟

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް