ބިންހިއްކުމަށް އެމްޓީސީސީން ބޭނުން ކުރާ ކޮންނަ ބޯޓް މަހާޖައްރާފްގެ ހުރިހާ ފަޅުވެރިންނަކީ ދިވެހީންކަމުގައި ހަމަޖައްސައިފި އެވެ.
އެ ކުންފުނީގެ މެނޭޖިން ޑިރެކްޓަރު އާދަމް އާޒިމް އިއްޔެ އެމްޓީސީސީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ މަހާޖައްރާފުގެ ފަޅުވެރިންގެ ގޮތުގައި މުޅިންވެސް ދެން ތިބޭނީ ދިވެހިންކަމަށެވެ.
މަހާޖައްރާފުގައި ތިބޭނީ 14 ދިވެހީން ކަމަށް ވެސް އެމްޓީސީން ބުންޏެވެ. އޭގެ ތެރޭގައި ބޯޓުގެ ކެޕްޓަން، ދެ ޗީފް އޮފިސަރުން، ޗީފް އިންޖީނއަރު، ސެކަންޑް އިންޖިނިއަރު ހަތަރު ޕައިޕް އޮޕަރޭޓަރު، އިލެކްޓްރޯ ޓެކްނިކަލް އޮފިސަރު އަދި ކްރޫއިންނާ އެކު ކައްކާ މީހުން ހިމެނެ އެވެ
ނަމަވެސް ދެހާސް ސަތާރަަވަނަ އަހަރު އެ އުޅަނދު ގެނެސް ބޭނުންކުރަން ފެށިއިރު މަހާޖައްރާފުގައި 10 ބިދޭސީން ތިއްބެވެ.
ފަޅުވެރިންގެ ގޮތުގައި ދިވެހީން ހަމަޖެއްސުމުން އަހަރަކު އެއް މިލިއަން ޑޮލަރު ސަލާމަތްކުރެވިގެންދާނެ ކަމަށެވެ. އަދި ދިވެހީން ފަޅުވެރިންގެ ގޮތުގައި ހަމަޖެއްސި ނަމަވެސް ތައުލީމާއި ތަޖުރިބާގެ ގޮތުން ދިވެހިންނީ ވަކި ދަށްނުވާނެކަމަށް ވެސް އާޒިމް ވިދާޅުވިއެވެ.
މިހާތަނަށް މަހާޖައްރާފުން ވަނީ 13 މަޝްރޫއެއް ހިންގައިފަ އެކެވެ. އޭގެ ތެރޭގައި ހއ. ހޯރަފުށި އަދި ށ. ފުނަދޫގެ އެއާޕޯޓަށް ބޭނުންވާ ބިންހިއްކުމުގެ މަޝްރޫއު ހިމެނެ އެވެ.
އޭގެ އިތުރުން މަހާޖައްރާފު ބޭނުންކޮށްގެން މިހާރުވެސް ދަނީ ކ. ގުރައިދޫ އާއި ސެންޓްރާ ހޮޓެލްސް އެންޑް ރިސޯޓްސް ކުންފުނީގެ ތިން ރަށެއް ހިއްކުމުގެ މަސައްކަތް ކުރަމުންނެވެ.
އޭނާ ވިދާޅުވީ ކުރިއަށް އޮތް ތަނުގައި މަހާޖައްރާފުގައި މަސައްކަތްކުރަން އިތުރު ދިވެހީން ތަމްރީންކުރާނެ ކަމަށެވެ.
One Response
ހަމަ ބުއްދީގެ ބޭނުން ކޮންމެވަރަށް ތިއައޮތީ ހިފިފައެވެ. ވަރަށް ބޮޑު ރަނގަޅުކަމެއް ތިކުރެއްވީ. ޝުކުރިއްޔާ އާޒިމް