ލ. ގަމު ރީޖަނަލް ހޮސްޕިޓަލުން ސީޓީ ސްކޭންގެ ޚިދުމަތް ފަށަން ތައްޔާރުވެއްޖެ!

Loading

Facebook
Twitter
WhatsApp

މިމަހުގެ 10ވަނަ ދުވަހު ލ.ގަމު ރީޖަނަލް ހޮސްޕިޓަލްގައި ސީޓީ ސްކޭންގެ ޚިދުމަތް ފެށުމަށް ތައްޔާރުވެއްޖެއެވެ.

އެ ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމަކީ ރައީސް އިބްރާހީމް މުހައްމަދު ސޯލިހުގެ ވައުދެކެވެ.

ލ.މަގު ރީޖަނަލް ހޮސްޕިޓަލުގެ މެނޭޖަރ ހެލްތް ސަރވިސް ޢަލީ ނަޝީދު ވިދާޅުވީ މިހާރު ކުރިއަށްދަނީ ސީޓީ ސްކޭގެ ޚިދުމަތް ފެށުމަށް ބޭނުންވާ ފަހުގެ ތައްޔާރީތަކުގެ މަސައްކަތްތައްކަމަށެވެ. އެގޮތުން މެޝިން އިންސްޓޯލްކޮށް މިހާރު ކުރިއަށްދަނީ މެޝިން ޓެސްޓުކުރުމުގެ މަސައްކަތް ކަމަށްވެސް އޭނާ ވިދާޅުވިއެވެ.

ލ.ގަމު ރީޖަނަލް ހޮސްޕިޓަލުގައި އަލަށް ފަށާ މި ޚިދުމަތަކީ އެ ސަރަޙައްދުގައިވެސް އަލަށް ފަށާ ޚިދުމަތެކެވެ. ސީޓީ ސްކޭންއަކީ އާއްމުކޮށް ކުރާ ކުދި ޓެސްޓްތަކާއި ޚިލާފަށް، ހަށިގަނޑުގެ ބޮޑެތި ޓެސްޓުތައް ހެދޭ ޚިދުމަތެކެވެ. އެގޮތުން ލޭނާރުތަކާއި ކައްޓާއި އަދި އެހެނިގެން ގުނަވަންތަކުގެ ޒަމާނީ ތަޙުލީލުތައް ކުރެވޭ ޚިދުމަތެކެވެ.

ގަމު ރީޖަނަލް ހޮސްޕިޓަލުން މިއަދު ބުނީ އެ ޙިދުމަތް ފެށުމަށްޓަކައި ކުރަންޖެހޭ ބޮޑެތި މަސައްކަތްތައްނިމި، މެޝިން އިންސްޓޯލް ކޮށް އަދި މެޝިން ޓެސްޓް ކޮށްފައިވާ ކަމަށެވެ.

ގަމު ހޮސްޕިޓަލުގައި ސީޓީ ސްކޭންގެ ހިދުމަތް ފެށުމާ ގުޅިގެން މެމްބަރު ވިސާމް ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރައީސް ސޯލިހުގެ ސަރުކާރުން ސިއްހީ ދާއިރާއަށް އިންގިލާބީ ބަދަލެއް ގެންނަވަމުން އަންނަ ކަމަށެވެ.

”ލާމު ގަމު ހޮސްޕިޓަލުން ސީޓީ ސްކޭން ހިދުމަތް ފެށުމަކީ އެކަމުގެ ހެއްކެއް. ޓާޝިއަރީ ފެންވަރުގެ ހޮސްޕިޓަލްތަކުގެ ވައުދު ރަނުން ރަނަށް މި ސަރުކާރުން ފުއްދަވާނެ،“ ވިސާމް ވިދާޅުވިއެވެ.

ލާމު ގަމު ހޮސްޕިޓަލްގައި މިހާރުވެސް އަންނަނީ ޖާގައިގެ ދަތިކަމަށް ހައްލެއް ހޯދުމަށް ބަލިމީހުންބަލާ 6 ކޮޓަރި އަދި ވެއިޓިންގް އޭރިއާ އިމާރާތް ކުރުމުގެ މަސައްކަތެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް