ޔޫކްރެއިނާއި ރަޝިޔާގެ ހަނގުރާމަ ހުއްޓުވުމަށް މެދުވެރިއަކަށްވެ އެ ހަނގުރާމަ ހުއްޓުވާފާނެ ކަމަށްވިދާޅުވެ ވާހަކަފުޅު ދައްކަވަމުން ގެންދިއުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅު ވެއްޖެއެވެ.
އިނގިރޭސި ވިލާތުގެ ޗެނަލް 4 ގައި ވާހަކަފު ދައްކަވަމުން އެމެރިކާގެ ކުރީގެ ރައީސް ޓްރަމްޕް ޔޫކްރެއިނަށް ވަޑައިގަތުމަށް އިންޒާރަކާއި އެކު ރައީސް ޒެލެންސްކީ ވަނީ ދައުވަތު ދެއްވާފައެވެ.
އެސޯޝިއޭޓެޑް ޕްރެސް އިން ބުނެފައިވާ ގޮތުގައި ޒެލެންސްކީގެ ދައުވަތުގައި ވިދާޅުވެފައި ވެއެވެ. “ ޑޮނާލްޑް ޓްރަމްޕް އެވެ. މަނިކުފާނު ކީވް ވަޑައިގަތުމަށް ދައުވަތު އަރުވަމެވެ. 24 ގަޑި އިރު ތެރޭގައި ހަނގުރާމަ ހުއްޓުވާ ދެއްވިދާނެނަމަ އަވަހަށް ވަޑައިގަންނަވާށެވެ ”.
ރައީސް ޒެލެންސްކީ މިމޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ އަހަރެން ރައީސްކަމަށް އިންތިޚާބު ކޮށްފިނަމަ އިރުމަތީ ޔޫޕަށް ދިމާވެގެންއުޅޭ މައްސަލަ ޙައްލުކުރާނެ ކަމަށް ތަކުރާރުކޮށް ޓްރަމްޕް ވިދާޅުވަމުން ގެންދިއުމާއިގުޅިގެންނެވެ.
ރައީސް ޕޫޓިން އާއި ރައީސް ޒެލެންސްކީ އެއްގަލަކަށް އެރުވުމަކީ އުދނަގޫ ކަމެއް ނޫންކަމަށާއި އެއީ އެންމެ ދުވަހަކުން ކުރެވިދާނެ ކަމެއް ކަމުގައިވެސް ޓްރަމްޕް ގެންދަނީ ވިދާޅުވަމުންނެވެ.
ރައީސް ބައިޑަން ޔޫކްރެއިން ހަނގުރާމަ ހިނގަމުންދާ ސަރަޙައްދަށް ވަޑައިގަތުމަށް ފަހު އެކަން ފާހަގަކުރައްވައި މިހަނގުރާމައިގެ ބައެއ ްކަންތައްތައް އެނގިވަޑައި ގަންނަވާނީ ލޮލުން ދެކި އަތުން ހިފައިގެންކަން ދޭހަވާ ޢިބާރާތަކުންވެސް މިދިޔަ ނޮވެމްބަރު މަހުގެ ތެރޭގައި ރައީސް ޓްރަމްޕަށް ޒެލެންސްކީ ވަނީ މެސެޖް ރައްދު ކޮށްފައެވެ.
ޚަބަރުގައި ބުނެފައިވަނީ މިހަނގުރާމައިގެ ރަނގަޅު މަޢުލޫމާތު ލިބިވަޑައިގެން ނެތި ސުލްޙައިގެ މަޝްރޫއެއްގެ ވާހަކަފުޅު ރައީސް ޓްރަމްޕް ދެއްކެވުމާއި ޓްރަމްޕްގެ ރިޔާސަތެއްގައި ކަމުގެ ޙަގީގަތަކީ ކޮބައިތޯ ނުބައްލަވައި އެމަނިކުފާނަށް ފެނިވަޑައި ގަންނަވާގޮތް އެއީ އެންމެ މޮޅު އަދި ރަނގަޅުގޮތް ކަމަށް ދެކިވަޑައިގެން ފައިސަލާ ކުރައްވާކަހަލަ ވިސްނުންފުޅެއް ގެންގުޅުއްވުމަކީ ވަރަށް ނުރައްކާތެރި ކަމެއް ކަމުގައިވެސް ރައީސް ޒެލެންސްކީ ވިދާޅުވިއެވެ.
އެމަނިކުފާނުގެ ވިސްނުންފުޅުހުރިގޮތް މިހާތަނަށް ސާފުކޮށް ހާމަކޮށްފައެއް ނެތެވެ. އެއީ އަހަރެމެންނަށް އެއްބަސް ވެވިދާނެ ގޮތެއްތޯ ނުވަތަ ނޫންތޯވެސް އެނގޭނީ އެމަނިކުފާނުގެ ވިސްނުންފުޅު ހާމަ ކުރައްވާފައި ވާނަމަ ނޫންހެއްޔެވެ؟
އެކެމަކު ރައީސް ޓްރަމްޕްގެ މިޒާޖަކީ އެމަނިކުފާނު ބޭނުންފުޅުވާ ގޮތަކަށް އެކަމެއް ނިމެން ޖެހޭނެއެވެ. އަނެކުންނަށް ފުރުސަތު ދެއްވުމަކީ އެމަނިކުފާނުގެ ނަޒަރުގައި ހަތިޔާރު ބެހެއްޓުމެވެ. އެކަމެއް ނުވެސް ކުރައްވާނެއެވެ.
ރައީސް ޒެލެންސްކީގެ މި ވާހަކަފުޅުތައް ތިލަވެފައި މިވަނީ ސްވިޒަރލޭންޑުގެ ޑަވޯސްގައި ދުނިޔޭގެ އިގްތިސާދީ ފޯރަމްގައި ބައިވެރިވެ ވަޑައިގަތުމަށްފަހު އިތުރު ފިނިމޫސުމެއް ހަނގުރާމައިގާ ހޭދަކުރަން ޖެހިވަޑައިގަންނަވާތީ އެމަނިކުފާނަށް ތާޢީދު ހޯދަން މަސައްކަތް ކުރެއްވުމަށް ފަހުގައެވެ.
ޒެލެންސީގެ އެންމެ ބޮޑު ވާގިވެރި އެމެރިކާއިންވެސް އިތުރު އެހީއެއް ލިބިދާނެކަމުގައި ގިނަ ސުވާލުތަކެއް މިހާރުވަނީ އުފެދިފައެވެ. ޔޫކްރެއިނަށް އެހީ ފޯރުކޮށްދިނުމަށް ސަރުކާރުން ހުށައަޅާފައިވާ ފައިސާ ކޮންގްރެސްގެ ރިޕަބްލިކަނުން ހިމެނޭގޮތުގައި ގިނަ މެމްބަރުން ބޭނުންފުޅުވަނީ އެމެރިކާގެ އެތެރޭގެ ސަލާމަތާ ރައްކާތެރިކަމަށް އެފަދަ ފައިސާއެއް ހޭދަކުރުމަށެވެ.
އެހެންނަމަވެސް ރައީސް ބައިޑަން ބާރު އަޅުއްވަމުން އަދިވެސް ގެންދަވަނީ ޔޫކްރެއިން ލައްވާ ރަޝިޔާއާއި ދެކޮޅަށް ހަނގުރާމަ ކުރުވުމަކީ ވަރަށް ބޭނުންތެރިކަމެއް ކަމަށެވެ.
2 Responses
ދެ ފިލްމްސްޓާރުން ހީރޯ އަކާއި ކޮމެޑިއަނެއްގެ ކޯޅުން.
އެމެރިކާގެ ވާގިނެތެމުން ދާތަން ފެންނަމުން މިދަނީ ދުނިޔޭގެ ގައުމުތައް ލޯހުޅުވިއްޖެ ލޯހުޅުވުނު ގައުމުތަ ބޭނުމެއްނުވުވޭ އެމެރިކާގެ އެހީތެރިކަމެއް