މެދު ހެންވޭރު ދާއިރާގެ އިންތިޚާބީ ކައުންސިލަރު އެމްޑީޕީ ދޫކޮށް ސަރުކާރާ ގުޅިއްޖެ

Loading

January 22, 2024
sandhaanu news
Facebook
Twitter
WhatsApp

އެމްޑީޕީގެ ޓިކެޓުގައި މާލެ ސިޓީ ކައުންސިލްގެ ބައި އިލެކްޝަންގައި ވާދަކޮށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރު ކަމަށް އިންތިހާބުވި އަހްމަދު ރިޝްވާން ސަރުކާރު ހިންގާ މައި ޕާޓީ ޕީއެންސީއާ މިއަދު ގުޅިއްޖެ އެވެ. 

މިކަން ހާމަކޮށް ޕީއެންސީން ބުނީ ރިޝްވާން މިއަދު އެ ޕާޓިއާ ގުޅިފައިވާ ކަމަށެވެ. ރިޝްވާން ވަނީ ޕީއެންސީއާ ގުޅުނު ފޯމު ކޮންގްރެސް ޕާޓީގެ ރައީސް، ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުއާ ހަވާލު ކުރައްވާފައެވެ. 

މި މަހުގެ 13 ވަނަ ދުވަހު ބޭއްވި އިންތިޚާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކޮށް މެދު ހެންވޭރު ދާއިރާގެ ކައުންސިލަރުކަމަށް އިންތިޚާބުވި ރިޝްވާން އެމްޑީޕީ ދޫކޮށް ކޮންގްރެސްއާ ގުޅުނުއިރު އަދި މަޤާމުގެ ހުވާ ވެސް ނުކުރެއެވެ. މާލެ ސިޓީ ކައުންސިލް އިންތިޚާބުގެ ބައިލެކްޝަން ކާމިޔާބު ކުރެއްވި ފަރާތްތައް ހުވާކުރަން ހަމަޖެހިފައި ވަނީ މިރޭގައެވެ. 

Loading

One Response

Leave a Reply to Adnan Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް