އެމެރިކާއިން ޔޫކްރެއިނަށް އެހީދިނުން ހުއްޓާލައިފި

Loading

Facebook
Twitter
WhatsApp


ދަ ނިއު ވޮއިސް އޮފަ ޔޫކްރެއިނުން ޚަބަރު ދެމުން ގެންދާ ގޮތުގައި ވައިޓްހައުސްގެ ނޭޝަނަލް ސެކިއުރިޓީ ކައުންސިލްގެ ކޯޑިނޭޓަރ ޖޯން ކާރބީ ޖެނުއަރީ 11 ވަނަދުވަހު ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން އެމެރިކާއިން ޔޫކްރެއިނަށް މިލިޓްރީ އެހީ ފޯރުކޮށްދިނުން ހުއްޓާލައިފިކަން ކަށަވަރުކޮށް ދީފިއެވެ.

އިތުރު އެހީއެއް ދެން ފޯރުކޮށްދެވޭނީ ކޮންގްރެސްއިން ހުއްދަ ލިބިއްޖެނަމަށް ބުނެފިއެވެ. ޑިސެމްބަރު 27 ވަނަ ދުވަހު ޔޫކްރެއިނަށް ދިން 250 މިލިއަން ޑޮލަރަކީ އެންމެ ފަހުން ފޯރުކޮށްދެވުނު އެހީއެވެ. 

އޭގެކުރިން ޔޫކްރެއިނާއި އިސްރާޢީލާއި އަދި ތައިވާނަށް ދޭން ކޮންގްރެސްގެ ހުއްދައަށް އެދި ހުށައެޅި 106 ބިލިއަން އެމެރިކާ ޑޮލަރަށް ރިޕަބްލިކުން އެއްބަސް ނުވުމުން ހުއްދައެއް ނުލިބުނެވެ.

ޔޫކްރެއިން ހަނގުރާމައިގާ ރަޝިޔާއާއި ދެކޮޅަށް ޔޫކްރެއިންގެ ލަޝްކަރު ތަކުގައި ބައިވެރިވާން އެމެރިކާގެ ސިފައިން ފޮނުވުން ހުއްޓުވުމަށް ޓަކައި ޔޫކްރެއިނަށް މިލިޓްރީ އެހީ ފޯރުކޮށް ދޭންޖެހޭ ކަމަށް ކޮންގްރެސްގައި މި އެހީގެ ޕެކޭޖަށް ވޯޓަށް އެހުމުގެ ކުރިން ރައީސް ބައިޑަން ވަނީ ވިދާޅުވެފައެވެ.  

އެހެނަސް ރިޕަބްލިކަނުން ބާރުއަޅަމުން ގެންދަނީ އެފައިސާ އެމެރިކާގެ ދާޚިލީ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރަން ހޭދަ ކުރުމަށެވެ. ޑިމޮކްރެޓުން އެގޮތް ގަބޫލެއް ނުކުރިއެވެ. 

މިދިޔަ ޑިސެމްބަރު މަހުގެ 18 ވަނަ ދުވަހު ޕެންޓަގަނުން އަންގާފައިވަނީ އެ މަހުގެ 30 ވަނަ ދުވަހު ޔޫކްރެއިނަށް ދިން މިލިޓްރީގެ އެހީގެ ބަދަލުގައި އެމެރިކާއިން އެތަން ފޫބެއްދުމަށްޓަކައި ކޮންމެހެން ހޯދަންޖެހޭ ހަތިޔާރު ގަނަނާނެ ފައިސާ ނެތްކަމަށެވެ.      

ފިނިމޫސުމާއި ދިމާކޮށް ޔޫކްރެއިނަށް އެންމެ ބޮޑަށް އެހީތެރިކަން ބޭނުންވާނެދުވަސްވަރަކީ މިއީއެވެ. އަހަރެމެންގެ އެހީ ހުއްޓާލުމުން މިހާރު ރަޝިޔާއިން ޔޫކްރެއިނަށް ދެމުން ގެންދާ ޙަމަލާތައް ހުއްޓާނުލައި ގެންދަނީ އިތުރުކުރަމުންނެވެ. އަދި މިހާރު ޔޫކްރެއިނަށް ޙަމަލާދިނުމުގެ ހުތުރު އަމަލު ރަޝިޔާއިން ހިންގުމުގައި އުތުރު ކޮރެޔާގެ ބެލިސްޓިކް މިސައިލް ބޭނުން ކުރަމުންގެންދާކަންވެސް އަހަރެމެންނަށް އެނގޭ ބުނެފައިވެއެވެ.             

ޔޫކްރެއިންގެ ޚާރިޖީވަޒީރު ވިދާޅުވެފައި ވަނީ ހުޅަނގުގެ އެހީތެރިކަން ނުލިބިއްޖެ ހިދެއްގައި ދެން ކަންތައް ކުރާނެ ގޮތުގެ ޕްލޭން ބީ އެއް ނެތް ކަމަށެވެ. އަދި ޔޫކްރެއިންގެ ރައީސް ޒެލެންސްކީ ވިދާޅުވަނީ ހުޅަނގުން ބާރުގަދަ އެއަރ ޑިފެންސް ސިސްޓަމް ލިބިގެންނޫނީ ރަޝިޔާގެ ޙަމަލާތަކުގައި މަރުވަމުންދާ މީހުންގެ އަދަދުވެސް މަދު ނުކުރެވޭނެ ކަމަށެވެ.

ޔޫކްރެއިންގެ އެތައްބަޔަކު ކޮންމެ ދުވަހަކު މަރުވެގެންދާއިރު ލަޝްކަރުތައް އެތިބެނީ ހުޅަނގުން ހަތިޔާރު ލިބޭނެ ދުވަހެއްގެ އިންތިޒާރު ގައެވެ. މިޙަލާތުގައި އަހަރެންނަށް ހަމަހިމޭން ކަމުގައި ނިދާލެވޭނީ ކިހެނެއް ހެއްޔެވެ؟  ހުޅަނގުގެ ވިސްނުން ކުއްލިއަކަށް ބަދަލު މިވީ ކީއްވެގެންކަމެއް ނޭގޭ ކަމަށެވެ.              

ލެޓްވިއާގައި ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން ރައީސް ޒެލެންސްކީ ވިދާޅުވީ މުޅި ޖައްވު މިހާރުއޮތީ ރަޝިޔާގެ ބާރުގެ ދަށުގައެވެ. މިޙާލަތުގައި ޔޫކްރެއިނުން ކުރެވޭނީ ކޮންކަމެއްހެއްޔެވެ!

އަހަރެމެން އަތުގައި ބާރުގަދަ އެއަރޑިފެންސް ސިސްޓަމް ހުރެފާ ޖައްވުގެ ކޮންޓްރޯލް ރަޝިޔާއަށް ނެތްނަމަ އަހަރެމެންނަށްވެސް ކުރެވިދާނެ ކަންތަކެއް ހުންނާނެއެވެ.

ރަޝިޔާއިން ދޭ ބާރުގަދަ ޙަމަލާތަކުގައި މަރުނުވާންވެގެން މީހުންތައް ސިޓީ ތަކުން ނިކުމެގެން ފިލަން ދަވަނީއެވެ. އޭގެފަހުން ރަޝިޔާއިން ގެންދަނީ ސިޓީތައް ބިމާ ހަމަކުރަމުންނެވެ. 

މިހާރުވެސް ރަޝިޔާ ސިފައިން ކޮންމެވެސް ވަރެއްގެ މައިތިރި ވުމެއް ގެންގުޅެނީ މިރިއުޕޯލް އާއި ބުޗާގައި މީގެ ކުރިން ރަޝިޔާ ސިފައިން ހިންގި ކަހަލަ ގަތުލު އާންމެއް ބޮލުގައި ނާޅަން ވެގެންނެވެ. މިހާރު އެ ހަދާ ގޮތަކީ ފުރަތަމަ ޝަހަރުތަކުން މީހުން ފައިބަން މަޖުބޫރ ކުރަނީއެވެ. އެއަށްފަހު އެ ޝަހަރެއް ވީރާނާ ކޮށްލަނީކަމުގައި އޭނާ ބުނެފައިވެއެވެ.           

Loading

One Response

  1. ޚަޒާނާގައި ހުރި އެއްޗެހި ހުސްވީއެވެ. ޔޫކްރެއިނާ ރަޝިޔާ ތަޅުވައިގެންވެސް ރަނގަޅު ފައިދާއެއް ލިބޭ ގޮތެއް ނުވިއެވެ. މިހާރު ހަމާސް އާއި އިސްރާއީލު ތެޅުވީމާވެސް ޚަރަދު ދަނީ މައްޗަށެވެ. އިގްތިސާދީ މާހިރުން ވިދާޅުވަމުން ގެންދަވަނީ ރެޑް ސީގެ ހަމަލާތަކާ ގުޅިގެން އިސްރާއީލުގެ އިގްތިސާދު %80 ވެއްޓިއްޖެ ކަމަށެވެ. ހަނގުރާމައިގެ ތަޖުރިބާކާރުން ވިދާޅުވަނީ ހަމާސް އިސްރާއީލުގެ ހަނގުރާމައިގާ ކޮންމެ ދުވަހަކު އެވްރެޖްގޮތެއްގައި 200 މިލިއަން ޑޮލަރު އިސްރާއީލުން ހޭދަކުރަން ޖެހޭ ކަމަށެވެ. މިހާރު ދެން ކިރިޔާވެސް އެއްޗެއް ލިބުމުގެ އުންމީދު އޮތީ އަތުގައި ފައިސާހުރި ބަޔަކު ތަޅުވައިގެންނެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް