އިންޑިއާއިން ރާއްޖެ ހިފުމަށް އެ ގައުމުގެ ގާނޫނު ހަދާ މަޖިލީހުގެ ކުރީގެ މެންބަރު ސްބްރަމާނިޔަމް ސްވަމީ ގޮވާލައްވައިފިއެވެ.
ރައީސް ޑރ.މުޙައްމަދު މުޢިއްޒުގެ ސަރުކާރުން ވަނީ ރާއްޖޭގައި ތިބި އިންޑިއާ ސިފައިން އަނބުރާ ގެންދަން މުހުލަތެއް ދީފައެވެ.
މިކަން ފާހަގަކުރައްވައި ސްވާމީ ވަނީ އެ އެންގުމަށް އިންޑިއާގެ ސަރުކާރުން އަމަލުކުރާނެތޯ ސުވާލު އުފައްދަވައިފައެވެ.
މި އެންގުމާއެކު ބޮޑުވަޒީރު ނަރެންދުރަ މޯދީގެ ސަރުކާރުން އިންޑިއާގެ މޫނުމަތީ ތަފާލެއް ޖަހާނީތޯއާއި މީގެކުރިން ރަޖީވް ގާނދީ ހެއްދެވިހެން އިންޑިއާ ސިފައިންގެ ލަޝްކަރެއް, އިތުބާރު ގެއްލިފައިވާ ރާއްޖެ ހިފަން ފޮނުވައި ރައީސް މުޢިއްޒުގެ ވެރިކަން ވައްޓައިލާނީތޯ ސްވާމީ އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ވަނީ ސުވާލު ކުރައްވައިފައެވެ.
ރާއްޖެއިން އަންގާފައިވަނީ މާޗު 15 ގެ ކުރިން އިންޑިއާ ސިފައިން ގެންދިއުމަށެވެ.
9 Responses
Minister ge Anhenunge thanet noon
އިންޑިއާގެ އެއްވެސް މިލިޓްރީ މީހަކު ދިވެހިރާއްޖޭ ގައި ތިބޭކަށް ދިވެހި ރައްޔިތުން ބޭނުން ނުވޭ
މިހާރުވެސް މާ ލަސްވެއްޖެ
ފައްޔާޒު ކޮބާ؟ ނިކަން އެއްޗެކޭ ބުނެބަލަ. މުޅި ގައުމުގެ ވެެރިޔަކީ ކަލޭ ވިއްޔާ
މިއީހާދަހާއަމިއްލައެދުުންބޮޑުބައެކޭ ބަލަ އިންޑިޔާސިފައިންތަ އަހަރެމެން މިތަނަށް ފޮނުއްވީ އަހަރެމެންނަކީ ކަލޭމެންކަހަލަ ބޮޮޑެތިފަރަންޖީކާފަރުންނެއްނޫނޭ އަދިކިޔެއް ދުވަހަކު ވެސްކަލޭ ކަލޭމެންނާ ކަލޭމެންގެއެހީގާ ބާރުހޯދަންއުޅޭބަޔަކައް އެއްބާރު ލުން ދުވަހަކު ވެސް ނުދޭނަން އަޅަމެންނަކީ ޚާލިގު ވަން ބައްލަވާ އައްސަވާ ވޮޑިގެންވާ ހަމަ އެކަނި ފަރާތަށް ތަބާވާބަޔަކީމް އަޅުގަނޑު މެންނަށް ބިރުނުދައްކާ
އިންޑިއާގެ ޖޭޕީ އަށް ނިސްބައިވާ ސްބްރަމާނިއަންފަދަ މީހުން މިހާރުވެސް އެގޮވައިނަގަނީ ރާއްޖެ ހިފައި އަޅުވެތިކުރުމުގެ ގޮވެލިފަތި. މީ އަލަށް ގޮވަމުންގެންދާ ގޮވެއްޔެއްވެސްނޫން. އެއްވެސް ނަމެއްގައި އިންޑިޔާގެ އަސްކަރިއްޔާ ކުޑަހިނދުކޮޅަކަށްވެސް މިޤައުމުގައި ތިބުމަކަށް އެއްއިރެއްގައިވެސް އަދި ޢަމުދުން މިހާރު ނޭދެން.
މީނާއަކީ ބޯ ހަމަޖެހޭ މީހެއް ނޫން. މީގެ ކުރިންވެސް މިވާތުގެ ދެ އުޅިއެއްނުވާ ކޮސްތަކެއ ގޮވަމުން ގެންދަނީ. ކުރިންވެސް އިންޑިއާ ސަރުކާރުން ބުނެފައިވަނީ މީނާ ދައްކާ ވާހަކައަކާ ސަރުކާރަކާ ގުޅުމެއް ނެތޭ.
ރާއްޖެއިން އިންޑިޔާއަށް ފާޑުކީ ތިންމީހުން ސަސްޕެންޑްކުރީ އިންޑިޔާއަށް އިޚްތިރާމް ކުރަންވެގެން، އެކަމަކު އިންޑިޔާގެ އިސްމީހަކު ރާއްޖޭގެ ވެރިކަން ވައްޓައިލައި ރާއްޖެ ހިފަންގޮވީމާ، އިންޑިޔާއިން ރާއްޖެއަށް ކުރަންޖެހޭ އިޚްތިރާމެއް އޮތްކަމަކަށްނުވި، އެހެންވީ ހަމަ ގޮވަންވީ ”އިންޑިޔާ އައުޓު“
India out
ސުބްރަމާނީ ސަސްޕެންޑް ކުރަންދެން ރާއްޖޭގެ 3 ސްޓޭޓް މިނިސްޓަރުންގެ ސަސްޕެކްޑް އުވާލަންޖެހޭ