2024 ވަނައަހަރު ފެށުމާއެކު ރަސްގެފާނު ޗާލްސް ރަސްކަމުން ފައިބާ ވަޑައިގެން ޕްރިންސް ވިލިމް އަށް ރަސްކަން ހަވާލުކުރަން ގޮވުމުގެ އަޑު ގަދަވެ ލަދުވެތި ހާލަތަކާ ރިޔާސީ ގަނޑުވަރުން ކުރިމަތި ލައްވަން ޖެހިވަޑައިގެން ފިއެވެ.
ނިއުސްވީކުގައި ބުނެފައިވާގޮތުން ޑެންމާރކުގެ ރަނިކަމަނާ ކުއީން މާރގްރެތޭ (ދެވަނަ) އެކޭ އެއްފަދައިން ރަސްގެފާނު ޗާލްސްވެސް ތަޚުތުން ފައިބާ ވަޑައިގެން ޕްރިންސް ވިލިއަމަށް ރަސްކަން ޙަވާލުކުރުގެ ވަގުތު އަތުވެއްޖެއެވެ.
ނިއުސް ވީކުން ފާހަގަ ކޮށްފައިވާ ގޮތުގައި އާންމު ގޮތެއްގައި ޝާހީ ގަނޑުވަރަށް ތާޢީދުކުރަމުން ގެންދާ “ ދަ ގާރޑިއަން “ ފަދަ ބައެއް އައުޓްލެޓް ތަކުގައިވެސް ރަސްގެފާނު ޗާލްސް ތަޚުތުން ފައިބާ ވަޑައިގެން ޕްރިންސް ޗާލްސްއަށް ރަސްކަން ޙަވާލުކުރަން ގޮވާލާފައި ވެއެވެ.
އަދި އެކަން ކުރައްވާނެ ތާރީޚެއްވެސް ވިދާޅުވެ ދެއްވަން ބާރުއަޅާފައި ވެއެވެ.
މިއަޑުތައް ގަދަވެފައިވާ މި ދަނޑިވަޅުގައި ރޯޔަލް އޯތަރ ފިލް ޑޭމްޕިއަރ “ ދަ ޑެއިލީ މެއިލް “ އަށް ދެއްވި އިންޓަރވިއު އެއްގައި ވިދާޅުވެފައިވަނީ 1936 ގައި ކުއީން އެލިޒަބަތުގެ ބޮޑުބޭބެއަށް ދިމާވި މައްސަލަތަކާހުރެ ރަސްކަމުން ފައިބައިވަޑައި ގަތުމުން އެކަމަނާގެ ބައްޕާފުޅަށް ރަސްކަން ލިބި ވަޑައިގެންނެވި ނަމަވެސް އެކަމަނާއަށް އެފަދަ ޙާލަތެއް މެދުވެރިވިޔަސް ރަސްކަން ދޫކޮށް ނުލައްވާނެއެވެ.
ފަހަރެއްގައި މީގެ ދިހަ ވަރަކަށް އަހަރު ފަހުން ރަސްގެފާނު ޗާލްސް ރަސްކަން ދޫކޮށްލެއްވުމާއި ދޭތެރޭ ވިސްނަވާފާނެއެވެ. ޒަމާން މިދަނީ ބަދަލު ވަމުންނެވެ.
ޑެއިލީ ބީސްޓުން ރިޕޯރޓް ކުރަމުން ގެންދާ ގޮތުގައި ޕްރިންސް ވިލިއަމް އާއި ރަސްގެފާނު ޗާލްސްއާ ދެބޭފުޅުންގެ މެދުގައި ނުތަނަވަސްކަން އުފެދިފައި ވަނީ ޕްރިންސް ވިލިއަމް އިތުރު ބާރު ބޭނުން ފުޅުވާތީ ވާތީއެވެ.
ބަކިންގހަމް ޕެލަސްގެ ކުރީގެ މުޢައްޒިފަކު ހާމަކޮށްފައިވާ ގޮތުގައި ރަސްގެފާނު ޗާލްސް އާއި ޕްރިންސް ވިލިއަމް “ ހެޑް އޮން ކޮލިޝަނަކަށް“ ދާނެއެވެ. ރަސްގެފާނު ޗާލްސް ކަންތައް ކުރަންޖެހޭ ގޮތާއި ދޭތެރޭ ފާޑުކިއުމަކީ އެބޭފުޅާއަށް ބަލާގަނެވޭނެ ކަމެއްނޫނެވެ. ހަމަ އެއާއިއެކު ޕްރިންސް ވިލިއަމް އަކީ “ އެޅިހާ ބަތަކަށް ރިހައެއް “ ވެސް ނޫނެވެ.
ކޮންމެ ގޮތެއްގައިވެސް ރިޔާސީ ގަނޑުވަރުގައި އެބޭފުޅާގެ ބައްޕާފުޅުގެ މަގާމަށްޕްރިންސް ވިލިއަމް އިޙްތިރާމް ކުރާނެއެވެ. ވީމާ މިހާރު އުފެދިގެންއުޅޭ ތަފާތު ވިސްނުމުގެ ސަބަބުން ބިނާކުރެނިވި ޙާލަތަކަށް މަގުކޮށާ ދިނުމުގެ ފުރުސަތުވެސް ކުޑައެއްނޫނެވެ.
މަންޒަރު ނިއުޅެމުންދާ ގޮތް ބަލަން ތިބެމާހެއްޔެވެ!
One Response
ފައިބާނެކަމެއް ނެތް. ކަށްވަޅަށް ގެންދިއުމުގެ ކުރިން ބާލާނެ.