ރައީސް މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަންނަވަނީ

Loading

January 4, 2024
sandhaanu news
Facebook
Twitter
WhatsApp

ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ރަސްމީ ދަތުރުފުޅެއްގައި ޗައިނާއަށް ވަޑައިގަތުމަށް ހަމަޖެހިއްޖެއެވެ. 

ރައީސް އޮފީހުން ވިދާޅުވީ ރައީސް މުޢިއްޒުގެ މި ދަތުރުފުޅު ކުރައްވަން ހަމަޖެހިފައި ވަނީ މި މަހުގެ 7 އިން 12އަށް ކަމަށެވެ. 

ރައީސް މުޢިއްޒު ޗައިނާ އަށް ކުރައްވާ މި ދަތުރުފުޅުގައި އެ މަނިކުފާނުގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ވެސް ބައިވެރިވެ ވަޑައިގަންނަވާނެއެވެ. 

ރައީސް އޮފީހުން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާގެ ދެކަނބަލުންގެ މި ދަތުރުފުޅަކީ ޗައިނާގެ ރައީސް ޝީ ޖިންގްޕިން ގެ ދަޢުވަތަކަށް ކުރައްވާ ދަތުރުފުޅެއް ކަމަށެވެ. 

Loading

One Response

  1. ޗައިނާއިން އިތުރު އިންވެސްޓްމަން ލިބޭނެއެވެ. އަދި ބުރިޖްވެސް އެޅޭނެއެވެ. މަރުޙަބާ ރައީސް ! ބާރަށް ކުރިއަށް!

Leave a Reply to ޙަސަން މުފީދު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް