ލުބުނާނުގައި ހުރި ހަމާސްގެ އިސް ލީޑަރެއް ޝަހީދުކޮށްލެވުނުތާ 24 ގަޑިއިރު ހަމަނުވަނީސް، މީގެ ހަތަރު އަހަރުކުރިން ޝަހީދުކޮށްލެވުނު ޤާސިމް ސުލެއިމާނީގެ ހަނދާނުގައި ގިނަ ބަޔަކު އެއްވެ އުޅުނު އިރާނުގެ ސަރަހައްދަކަށް ދިން ބޮމުގެ ހަމަލާގެ ފަހަތުގައި އިޒްރޭލާއި އައިސިސްގެ އަތެއްވާކަމަށް ލަފާކޮށްފިއެވެ.
ލުބުނާނުގައި ދިން ހަމަލާއެކޭ އެއްފަދައިން އިރާނުގައި ދިން ހަމަލާގައިވެސް އިޒްރޭލު ހިއްސާވާކަމަށާއި، ނަމަވެސް އިރާނަށް ހަމަލާ ދިނުމަށް އިޒްރޭލުން އައިސިސްގެ ބޭނުންކޮށްފައިވާނެކަމަށް މެދުއިރުމައްޗާއި އަލްޖަޒީރާ ނޫހުގެ ސެކިއުރިޓީ އެނެލިސްޓުނާއި ކަމާއިބެހޭ މާހިރުން ވަނީ ލަފާކޮށްފައެވެ.
އިރާނަކީ އިޒްރޭލާއި އައިސިސްގެ ވެސް ހަތުރެކެވެ. ސީރިއާ ހަނގުރާމާގައި އައިސިސްއާއި އެހެންވެސް އިސްލާމީ ހަރުކަށި ޖަމާއަތަކުން އިޒްރޭލާއި ދެކޮޅަށް އެންމެ ރޮކެޓް ހަމަލާއެއްވެސް ފޮނުވައިލާފައި ނުވާއިރު، އެ ހަމަލާތައް ހިނގައިދިޔައީ އެމީހުންގެ ބޯޑަރު ހިއްސާވާ ސަރަހެއްދެއްގައިކަމުން ގިނަ ބަޔަކު އެކަމާމެދު ވަނީ ސުވާލު އުފައްދާފައެވެ.
މީގެއިތުރުން، ސީރިއާގެ އަސަދު ހަނގުރާމަވެރީންނާއި ދެކޮޅަށް ހަނގުރާމަކުރި ސިފައިންނަށް އިޒްރޭލުން ސިއްހީ އެހީތެރިކަން ފޯރުކޮށްދީފައިވުމުން އަސަދާއި ހަނގުރާމަކުރި އިސްލާމިސްޓް ގްރޫޕްތަކާއި އިޒްރޭލާއި ދެމެދު ގުޅުމެއްވާކަމަށް ވަނީ އަންދާޒާކުރެވިފައެވެ. މިގޮތުން، ސީރިއާގައި އައިސިސް ފަދަ ޖަމާއަތްތަކުގެ ހަރަކާތްތައް އިތުރުވެ، ދުނިޔޭގެ އެކި ހިސާބުތަކުގައި ތިބި ކުށެއް ނެތް އަންހެނުންނާއި، ކުޑަކުދީންނާއި، ފިރިހެނުން މަރަމުން ދިޔައިރު، އެމީހުންވަނީ ޣައްޒާގެ ހަމާސް މުޖާހިދީންނާއި ދެކޮޅަށްވެސް މަސައްކަތްތަކެއް ކޮށްފައެވެ.
އެހެންނަމަވެސް، ހަމާސް އިން ވަނީ ހަރުކަށި ސިޔާސަތުތަކެއް ގެންގުޅޭ އައިސިސް ބަލިކޮށްލާފައެވެ. ހަމާސްއިން އަސީރުކުރި އިޒްރޭލުގެ މީހުންނާއި މެދު އެމީހުން ކަންތައްކުރި ގޮތާއި، އައިސިސްފަދަ އިސްލާމިސްޓް ޖަމިއްޔާތަކުން އެމީހުން އަސީރުކުރާ ފަރާތްތަކާއި ދެމެދު ކަންތައް ކޮށްފައިވާގޮތުގައި ހުރި ތަފާތުތައް މިއަދު ވަރަށް ސާފެވެ. ފަލަސްތީނުގެ އެތައް ހާސް ރައްޔިތުންނެތް ޝަހީދުކުރަމުންދާއިރުވެސް، ހަމާސްއިން ވަނީ އިޙްތިރާމާއި، ރަހުމުގެ އިސްލާމީ ރިވެތި ސިފަތައް ނަގަހައްޓާފައެވެ.
ދަތި އުނދަގޫ ވަގުތުތަކުގައިވެސް ހަމާސްއިން ގެންގުޅެފައިވާ ރިވެތި ސިފަތަކުގެ ސަބަބުން ހަމާސްއަށްވަނީ ދުނިޔޭގެ ނަޒަރު އަމާޒުވެފައެވެ. އިރާނުގެ ސަރުކާރާއި، ސީރިއާ ސަރުކާރާއި، ޔަމަނުގެ ހޫތީ ސަރުކާރާއި ދެކޮޅު މެދުއިރުމަތީގެ ގިނަ ގައުމުތަކުން ޣައްޒާގައި އިސްރާއީލުން ހިންގަމުން އަންނަ ގަތުލުއާންމާއި ގުޅޭގޮތުން އަދިވެސް ތިބީ ހަނުއެވެ.
ޣައްޒާއަށްޓަކައި، އިރާނުން ތާއީދުކުރާ ޔަމަނުގެ ހޫތީ މުޖާހިދުން ރަތްކަނޑުގައި ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތައް ހުއްޓުވައި، އެ ބޯޓުތަކަށް ހަމަލާދެމުންގެންދާއިރު، އިރާނުން ތާއީދުކުރާ ސީރިއާގެ އަސްކަރީ ޖަމިއްޔާތަކުން އަންނަނީ އެމެރިކާގެ އަސްކަރީ ބޭސްތަކަށް ހަމަލާދެމުންނެވެ. އެއީ އެމެރިކާއިން އިސްރާއީލަށް ދެމުންގެންދާ އެއްބާރުލުމުގެ ސަބަބުންނެވެ.
އެހެންނަމަވެސް، އިޒްރޭލުން ޣައްޒާގައި ދެމުންގެންދާ ހަމަލާތަކުގެ ސަބަބުން އެމެރިކާ ސިފައިންނަށް ލިބެމުންދާ އަނިޔާގެ ސަބަބުން އެމެރިކާއިންވެސް އިޒްރޭލުގެ ހަމަލާތައް ހުއްޓުމަކަށް ގެނައުމަށް އެގައުމާއި މަޝްވަރާކޮށްފައިވެއެވެ.
One Response
ހުރިހާ ނުލަފާ ކަމެއްގެ ބަފަޔަކީ އެމެރިކާގެ ވެރީންނެވެ. އެމެރިކާގެ ސަރުކާރުގެ ފުލް ކޮންޓްރޯ މިއޮންނަނީ ޔަހޫދީންގެ އަތްމަތީގައެވެ. އެމެރިކާގެ ވެރިކަމުގައި ތިބީވެސް 90% ޔަހޫދީންކަމަށް ބުނެފައިވެއެވެ. ދެންވާނެ ހަ އެތި މިދަނީ ވަމުންނެވެ. އެމީހުންގެ އުފަލަކީ ފަނާކުރަނިވި ހަނގުރާމަޔެއް ކޮއްލުވައި ބަޔަކު އަޅުވެތިކޮށް އެ ފަނާކޮށްލެވުނު ގައުމުން އެ ގައުމު ފަނާކޮށްލަން ކޯލިޝަން ގުޅިގެން ހިންގި ޖަރީމާތަކާއި ބޮންތަކަށް އަގުލިބިގަތުމެވެ. އަދި ތެޔޮވަޅުތަކުން ބައިއަޅާކަހަލަ ވެރިޔަކު އަވަހަށް އިސްކޮށްފާ އެ އީ އެގައުމެއްގައި ހުރި ޑިމޮކްރެސީގެ ބަފަޔޭ ބުނެ ހޭން ތިބުމެވެ. ވަރަށް ބޮޑު މުސީބާތެކެވެ.