އިސްރާއީލުން ޔުންއިޓެޑް ސްޓޭޓްސް ގައި ހިންގި ސިއްރު ކެމްޕެއިންއެއްގެ މައްޗަށް ބިނާ ކޮށް އަލް ޖަޒީރާއިން 4 ބަޔަކަށް ބަހައިގެން ހިންގި ތަހުގީގެއް ކަމަށް ވާ ”ދަ ލޮބީ“ ގެ ކޮޕީ އެއް ”ދަ އިލެކްޓްރޯނިކް އިންޓަފާޑާ“ އަށް ލިބިއްޖެ އެވެ.
ނަމަވެސް އަލް ޖަޒީރާއަށް ފަންޑު ފޯރުކޮށްދޭ މުއްސަނދި ޤައުމެއް ކަމަށްވާ ޤަތަރަށް އިސްރާއީލުގެ ލޮބީއިން ބޮޑެތި ފިއްތުންތައް ކުރިމަތި ކުރުވުމުން އެފިލްމުގެ ބައިތަކެއް ވަނީ އުނިކޮށް، ބަދަލުކޮށްފައެވެ.
ދަ އިލެކްޓްރޯނިކް އިންޓަފާޑާއިން ވަނީ އެފިލްމުގެ ހަތަރު ބައި ވެސް ލިބުނުކަމަށް އިޢުލާން ކޮށްފައެވެ.
ތިރީގައި، އަދި މަތީގައި އެވާ ވީޑިއޯ ތަކުން ފިލްމުގެ ފުރަތަމަ ދެ ބައި ފެނިގެނަދާނެ އެވެ.
އިސްރާއީލުގެ ލޮބީގެ އެތެރޭގެ މަސައްކަތުގައި އުޅުމަށްޓަކައި އަންޑަރކަވަރ ރިޕޯޓަރެއް ކަމަށްވާ ”ޓޯނީ“، ޕްރޯ-އިސްރާއީލުގް ވޮލަންޓިއަރެއްގެ ގޮތުގައި ވޮޝިންގްޓަންގައި އުޅުނެވެ.
މި ފިލްމުން އެނގިގެން ދާ ގޮތުގައި އިސްރާއީލުގެ ސެމީ ކޮވާރޓް ބްލެކް-އޮޕްސް ސަރުކާރުގެ އެޖެންސީ އެއްކަމަށް ވާ، މިނިސްޓްރީ އޮފް ސްޓްރެޓެޖިކް އެފެޔާޒް އިން މި މަސއްކަތްތައް ކުރިޔަށް ގެންދަމުން ދަނީ ވަރަށް ގިނަ ޔޫއެސް ބޭސްޑް ޖަމިއްޔާ ތަކާ ގުޅިގެންނެވެ.
މީގެ ތެރޭގައި އިސްރާއީލް އޮން ކެމްޕަސް ކޯލިޝަން، ދަ އިސްރާއީލް ޕްރޮޖެކްޓް އަދި ފައުންޑޭޝަން ފޯރ ޑިފެންސް އޮފް ޑިމޮކްރެސީސް ހިމެނެއެވެ.
ޤަތަރުން ސިއްރު ކޮށްފައި
މި ފިލްމުގައި އެބައެއްގެ ނުފޫޒާއި ގޮތްތައް ފެނިގެންދިޔަ ލޮބީގެ ފަރާތުން ޤަތަރުގެ ސަރުކާރަށް ބޮޑެތި ފިއްތުންތަކާ ކުރިމަތި ކޮށް، އެފިލްމު ނުނެރުމަށް ޕްރެޝަރު ކުރުމުން، އެސަރުކާރުން އެފިލްމު އާންމުންނަށް ދެއްކުން މަޑުޖައްސާލިއެވެ.
ސިއްްރުގައި ހިނގި މަސައްކަތްތައް
ދަ އިލެކްޓްރޯނިކް އިންޓަފާޑާ އިން މިހަފްތާގެ ކުރީކޮޅުގައި ނެރުނު ކްލިޕް އަކުން ހާމަވާ ގޮތުގައި، މި ފިލްމުން ފެނިގެން ދަނީ އޭރުގެ އިސްރާއީލީ އެމްބަސީގެ މުވައްޒަފެއްކަމަށްވާ ޖޫލިއާ ރިފްކިންޑްގެ މަސައްކަތުގެ ދުވަހެއްގައި ކަންތައް ހިގާ ގޮތެވެ. މިގޮތުން މަޢުލޫމާތު ހޯދައި، އެމަޢުލުމާތު އިސްރާއީލަށް ފޮނުވައި، މިނިސްޓްރީ އޮފް ފޮރިން އެފެއާޒްއާއި، މިނިސްޓްެރީ އޮފް ސްޓްރެޓެޖިކް އެފެއާޒްއަށް ރިޕޯޓް ކުރުމެވެ.
އިސްރާއީލްގެ ސަރުކާރުން އެގައުމުގެ އިސްސަފުގައި ހަރަކާތްތެރިވާ ގްރޫޕްތަކަށް އެމީހުންގެ ސަޕޯޓް ސިއްރު ގޮތުގައި މަޢުލޫމާތު ފޯރުކޮށްދިނުމާއި ބެހޭ ގޮތުން އޭނާ މަޝްވަރާކުރެއެވެ.
ފަލަސްތީނުގެ އިސްސަފުގައި ހަރަކާތްތެރިވާ ސިޔާސީ މީހުންގެ މަޢުލޫމާތު ހޯދުމަށް ފޭސްބުކް އިން ވަގު އައިޑީ ބޭނުންކޮށްގެން އޭނާ މަސައްކަތް ކުރާކަމަށް އޭނާއަށް ބުނެވެއެވެ.
ޔޫއެސް ބޭސްޑް ގުރޫޕު ތަކުން އިސްރާއީލުގެ ސަރުކާރާއި، ވަކިން ހާއްސަ ކޮށް މިނިސްޓްރީ އޮފް ސްޓްރެޓެޖިކް އެފެއާރޒް އާއި ވަރަށް ގާތުން މަސައްކަތް ކުރަމުންދާ ކަން ވެސް މި ފިލްމުން ހާމަ ވެގެން ދެއެވެ.
ކުރީގެ މިލިޓަރީ އިންޓެލިޖެންސް އޮފިސަރަކު ހިންގަމުންދާ މިމިނިސްޓްރީ އަކީ ފަލަސްތީނުގެ ބީޑީއެސް މޫވްމެންޓާ ދެކޮޅަށް އިސްރާއީލުން ހިންގަމުންދާ ކެމްޕޭނެއް ހިންގުމުގައި އިސްކޮށް އުޅޭ ފަރާތެކެވެ.
މި ފިލްމުން ކުރީގެ މިލިޓެރީ އިންޓެލިޖެންސް އޮފިސަރު، ސީމާ ވެކްނިން-ގިލް ގެ ފުޓޭޖެއް ފެނިގެން ދެއެވެ. މި ފުޓޭޖުގައި އޭނާ ބުނާ ގޮތުގައި، ޔޫއެސް އާއި، ކެމްޕަސް ތަކާއި ލޭބާ ޔޫނިއަން ތަކާއި ފައްޅި ތަކުގައި ވެސް ހިންގަމުންދާ ފަލަސްތީނުގެ ކަންކަން ވަނީ ރިކޯރޑު ކުރެވިފައެވެ.
އަދި މިމައުލޫމާތުތައް ފަލަސްތީނުގެ އިސްސަފުގައި އުޅޭ މީހުންނާ ދެކޮޅަށް ބޭނުން ކުރާނޭ ކަމަށް އޭނާ ހުވާ ކޮށްފައި ވެއެވެ.
ނަފުސަނީ ހަނގުރާމަ
އިސްރައީލް އޮން ކެމްޕަސް ކޯލިޝަން ގެ އެގްޒެކިއުޓިވް ޑައިރެކްޓަރ، ޖޭކޮބް ބެއިމް މި ފުޓޭޖްގައި ބުނާގޮތުގައި، ކިޔަވާ ކުދިން ކެމްޕަހުގައި ހިންގާ ފަލަސްތީނާ ގުޅުންހުރި އިވެންޓްތައް، ގިނަވެގެން 30 ވަރަކަށް ސިކުންތުގެ ތެރޭގައި ލިސްޓުކުރެވޭ، ”ކޯޕަރޭޓް ލެވެލް، އެންޓަރޕްރައިސް-ގްރޭޑް ގެ ސޯޝަލް މީޑިއާ އިންޓެލިޖެންސް ސޮފްޓްވެއާ“ އެއް އެމީހުން ބޭނުން ކުރެ އެވެ.
އަދި ފޮރުވިފައިވާ ކެމެރާގައި ކުރެވިފައިވާ ވީޑިއޯ ގައި، އޭނަގެ ގުރޫޕުން އިސްރާއީލުގެ މިނިސްޓްރީ އޮފް ސްޓްރެޓެޖިކް އެފެއާޒްއާ ”ކޯޑިނޭޓު“ ކުރާ ކަމަށް ބެއިމަށް ބުނެވެއެވެ.
ބެއިމް ބުނާ ގޮތުގައި އޭނާގެ ރިސާޗަރުން އެމީހުންގެ ޕާޓްނަރުންނަށް، ކުރިން ވާރނިންގް އެލާރޓްތައް ފޮނުވައެވެ. މީގެ ތެރޭގައި އިސްރާއީލުގެ މިނިސްޓްރީތައް ވެސް ހިމެނެއެވެ.
ބެއިމާ އެކު މަސައްކަތް ކުރާ އިއާން ހާރޝް އެފިލްމުގައި ބުނާ ގޮތުގައި، އޭނާ މިނިސްޓރީ އޮފް ސްޓްރެޓެޖިކް އެފެއާޒްއަށް އެމީހުންގެ އޮޕަރޭޝަންތަކާ ބެހޭގޮތުން މައުލޫމާތު ދީފައި ވެއެވެ.
ބެއިމް އެގުރޫޕުން ސިއްރު ވެބްސައިޓުތައް ބޭނުން ކޮށްގެން އެކްޓިވިސްޓުންނަށް އަމާޒު ކުރި ގޮތް ކިޔައި ދީފައި ވެއެވެ:
”އިސްރާއީލާއި ދެކޮޅު މީހުންނަށް އެންމެ ބޮޑަށް އަސަރު ކުރާ ކަމަށް އަހަރެމެންނަށް މިދިޔަ އަހަރުގެ ތެރޭގައި ފާހަގަ ކުރެވިފައިވަނީ، އިދިކޮޅު މީހުންނާ ދެކޮޅަށް މަޢުލޫމާތު ތަކެއް ހޯދައި، ސިއްރު ވެބްސައިޓެއް އެކުލަވާލުމަށް ފަހު ޓާރގެޓް ކުރެވިފައިވާ ފޭސްބުކް އެޑް ތައް އެކުލަވާލުމެވެ.“ ފިލްމުގެ ތިންވަނަ ބައިގައި އޭނާ ކިޔައިދެއެވެ.
”ކެނެރީ މިޝަން އަކީ ރަނގަޅު މިސާލެކެވެ،“ އޭނާ ބުންޏެވެ.“ އެއީ ނަފްސާނީ ހަނގުރާމައެކެވެ.“
މި ފިލްމުން ޓެކްސް މައްސަލައެއްގައި ހުކުމް ކުރެވިފައިވާ އެޑަމް މިލްސްޓެއިނަކީ، ސްޓޫޑެންޓް އެކްޓިވިސްޓުންނަށް އަމާޒު ކުރެވުނު ސިއްރު ސްމިއާ ސައިޓެއް ކަމަށް ވާ ކެނެރީ މިޝަން އުފެއްދި މަލްޓިމިލިޔަނަރު ކަން ވަނީ ހާމަ ވެފަ އެވެ.
އާންމުންނަށް ނުދައްކައި، ސިއްރު ކުރެވުނު ފިލްމު
މާރިޗު މަހުގައި ދަ އިލެކްޓްރޯނިކް އިންޓަފާޑާ އިން ވަނީ ފިލްމުގެ މައުލޫމާތުތައް ފުރަތަމަ ފަހަރަށް އާންމުންނާ ހިއްސާ ކޮށްފައެވެ.
އަހަރެމެންނަށް މައުލޫމާތު ލިބޭ ގޮތުގައި މި ފިލްމުން ސީމާ ވެކްނިން-ގިލް، ފައުންޑޭޝަން ފޯ ޑިފެންސް އޮފް ޑިމޮކްރެސީސް އަކީ އެމިނިސްޓްރީގެ ދަށުން މަސައްކަތް ކުރާ ބައެއްގެ ގޮތުގައި ހެދިކަން އެނގިގެން ދެއެވެ.