ފުލުހަކު ޕޮސިޓިވްވެ އުތުރުގެ 6 ރަށެއް މޮނިޓަރިން ހާލަތަށް ގެނެސްފި!

Loading

Facebook
Twitter
WhatsApp

އުތުރުގެ 6 ރަށެއް މޮނިޓަރިންގެ ހާލަތަށް ގެނެސްފި އެވެ.

މޮނިޓަރިންއަށް ލާފައިވަނީ ހއ.ބާރަށް، ހއ.ދިއްދޫ، ހއ.ހޯރަފުށި، ހދ.ކުރިނބީ، ހދ.ކުޅުދުއްފުށި އަދި ށ.ފުނަދޫ އެވެ. މި ރަށްތަކަކީ ވަޒީފާގެ ގޮތުން އެ ފުލުސް މީހާ ދަތުރުކޮށްފައިވާ ރަށްތައް ކަމަށް އޭނާ ވިދާޅުވި އެވެ.

ކުޅުދުއްފުށި ކައުންސިލްގެ އިދާރާއިން ބުނީ އެރަށް މޮނިޓަރިންގެ ހާލަތަށް ގެނެވިފައިވަނީ 05 އޮކްޓޯބަރ ގައި ކަމަށެވެ. އަދި ފާޅު ބޯޓް ކޭސްއާ ގުޅިގެން ހޮސްޕިޓަލުގެ އޯޕީޑިގައި ފަރުވާ ހޯދާ މީހުންގެ ތެރެއިން އަލާމާތްތައް ހުންނަ ފަރާތްތަކުގެ ސާމްޕަލް ނަގައި ޓެސްޓު ކުރަމުން އަންނަކަމަށެވެ.

އިއްޔެ ކުޅުދުއްފުށިން ކޯވިޑަށް ޕޮޒިޓިވްވި ފުލުސްމީހާ ކުރިނބީއަށް ދަތުރުކޮށްފައިވަނީ ބަލީގެ އަލާމާތްތައް ހުރުމުން ކޯވިޑަށް ޓެސްޓް ކުރުމަށްފަހު ޓެސްޓްގެ ނަތީޖާ ލިބުމުގެ ކުރިންނެވެ. އަދި ޕޮޒިޓިވްވީކަން އެނގިފައިވަނީ ކުރިނބީގައި ހުއްޓާ ރޭގެ ވަގުތެއްގަ ކަމަށް ޑރ. ނަޒްލާ ވިދާޅުވި އެވެ.

އިތުރަށް ވިދާޅުވީ އެ ރަށްރަށް މޮނިޓަރިންގެ ހާލަތަށް ގެނައީ ޕޮސިޓިވްވި މީހާ އާއި ގުޅުން ހުރި މީހުން ދެނެގަތުމަށް ކަމަށް ޑރ. ނަޒްލާ ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް