ތިޔަކިއުއްވަނީ ސަމާސާ މަސްކާއްޓޭތޯ؟

Loading

Facebook
Twitter
WhatsApp

ފެންނާނެހެން ވައްކަމެއް ނުކުރާތި

ހަތަރު ރުކުއަޅާ ދެކާށި ނުކާތި

ފަތަވެރި ޖަހަން ދެރުއް ގެންނާތި…

 

ކާށިދޫ ކުރުހިންނަ ތަރާގަނޑު ލިޔުއްވައިގެން އުޅޭތާ ދެތިންއަހަރުވީއިރުވެސް ހާޖީކަލޭގެފާނަށް އެރިނުލިބޭތީ ވާނުވާ ބަލަން އެރަށަށް ފޮނުވިމީހާގެ ހިލަމެއްވެސްނުވިއެވެ. މިކަންބޮޑުވެ އެންމެފަހުން ހާޖީކަލޭފާނަށް ޖެހިވަޑައިގަތީ އެމީހާއަށް އަތުއަކުރެއް ފޮނުވާށެވެ.

ހާޖީކަލޭފާނުގެ އަތުއަކުރު ފަންވަތް ކާށިދުވަށް ފޯރީ ހަފްތާއެއްގެ ފަހުންނެވެ. ވާނެހައެތި ވީފަހުންނެވެ. މުޅިކާށިދޫ ސިއްސުވާލި ބިރުވެރި މަރުގެ ތަޙުގީގަށް މާލޭގެ ދޮށީބޭކަލުންގެ ވަފުދު އެރަަށުގައި ޙަރަކާތްތެރި ވާންފެށީ ހަޔެއް ހަތަރަކަށް ކަމަށެވެ. ކިރިޔާހެން ހީވާ މީހަކުވިޔަސް އަނދަގޮނޑި ޖަހައި އަދި އުލުބައިންދާ ދަރަޖައަށް ކަންތައް ގެންދިޔައެވެ. އެހެން އެކަންނުވާންވީ، އެއްވެސް ސަބަބެއްނެތެވެ. ބަކަރިއެއް ކަތިލާހެން ކަތިލައިލީ އާދައިގެ ރައްޔިތެއްނޫނެވެ. މިޔަތޫނު ކަތިވަޅި ހަނުލި ކަމަށް ތުޙުމަތު ކުރެވޭ މީހާއާއި ހަނު ދަމައިދިންމީހާ އާއި އެކު ކާށިދޫ ގޮއިބަލަން އެރަށަށް އެރިމީހާވެސް ދަމާބަނދެ އަށިގޭގައި އެބައޮތްކަން އެގުނީ ފަންވަތް ހިފައިގެން ލޮނުފަޔާ އެއްގަމަށްއެރި ސޮރުގެ ދެފައި ވާޅުވީފަހުންނެވެ.

ހާޖީކަލޭފާނުގެ ފަންވަތުގެ އަސަރެވެ. ދުހާނު ހުރައިގެން ދޫކޮށްލައި އޭނާއަށް މާތްކޮށް ހިތެވިއްޖެއެވެ. ހާޖީކަލޭގެފާނުގެ މުލާޒިމަކު ކަންނޭގި ހިފައިހައްޔަރު ކުރެވުނީތީ ދުހާނުގެ ކިބައިން ނިހާޔަތަށް މާފަށްވެސް އެދެފިއެވެ. އެކަމަކު ދުހާނުގެ ރުޅިގަނޑެއް މައިތިރިއެއް ނުވިއެވެ. އޭނާގެ ބަހަކީ ތަނެއްދޮރެއް، ބިތެއް ބިތުފަންގެއް، ތިންބެއް ދާޅިއެއް ނުބަލައި ވަފުދުން ތިޔަކުރިކަމަކުން މަގޭއަގު މިކާށިދޫގައި ނެތިއްޖެއެވެ.

ދުހާނަށް ވަފުދުން ކިޔައިދޭންބޭނުންވީ މީހަކު މަރައިގެން އެކަމުގެ ބިރުވެރިކަމާ ހާސްކަމުގައި މުޅިރާއްޖެ އޮތްކަމާ މިފަދަ ދަނޑިވަޅަކު ނޭގިގެން ކަމެއް ކުރެވުނަސް ދެން އެކަން ބޮޑުމާލޫދަކަށް ނަހަދައި ދެފަރާތުން ވާހަކަދައްކައިގެން އެއްގަލަކަށް އެރުން ބުއްދިވެރި ކަމަށެވެ.

ދުހާން ވިސްނައިލިއެވެ. ފަންވަތުގައި ލިޔެފައިވާ އިބާރާތް އޭނާ މަޑުމަޑުން ކިޔައިލިއެވެ. ފަތަވެރިޖަހަން ދެރުއް ގެންނާތި! މިޢިބާރާތް ދުހާނު ތަކުރާރުކޮށް ކިޔަން ފެށުމުން ކަމުވޮށިންނަށް މިވާގޮތް އެގިއްޖެއެވެ. އެއްގަލަކަށް އެރޭނެ މަގުފެނިއްޖެއެވެ.

ސަރުކާރުގެ ވަފުދު މަޝްވަރާ ކުރުމަށްފަހު ކަމުވޮށިންގެ ނިންމުން ޢިއުލާން ކުރިއެވެ. ދުހާނު ދުރުވާއިރު ގެންދަވާނީ ފަތަވެރިޖަހަން ދެރުކާއި، ދެންހަމަ ދުހާނު ހިތްހަމަޖެހޭން ދެން ނޫނީ އޮޑިބަރާ ކޮށްރުކެވެ. މައްސަލަނިމުނީއެވެ.

ނިމުނީ ކޮން މައްސަލައެއްތޯއެވެ. ވަފުދުން ކުރައްވަމުން ގެންދެވި މަރުގެ ތަޙުގީގުގައި ތުޙުމަތުކުރެވުން މުއްތަހާމަކު ވީއްލުންފިޔަވައި، ދެން އެހެން ކޮންކަމެއްތޯއެވެ. މިފަދަ ޙާދިސާ ތަކާއިމެދު ވިސްނާފިކުރު ކުރުމުން ޢިބުރަތަކަށް ނުވެނުދާނެއެވެ.

Loading

One Response

  1. މިހާރުވެސް ތިބުނާ ފަންޑިތަ ފަންވަތް ހިފައިގެން ދިޔައިމާ އޯކޭވާނެއެވެ. އެހެންނޫންބާ އެވީ ދަ ރޯޔަލް ރޭޕްކޭސް.

Leave a Reply to މުޙައްމަދު ޒާހިރު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް