ފިލްމީ ތަރި ޔުނާންއާއި ރިހުލާ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި!

Loading

Facebook
Twitter
WhatsApp

ފިލްމީ ތަރި މުހައްމަދު ޔުނާން އާއި އޭނާގެ އަންހެނުން ފާތިމަތު ރިހުލާ ހުޅުމާލޭގައި ދިރިއުޅޭ ގެއިން ފުލުހުން ވަނީ އިއްޔަގެ ވަގުތެއްގައި ފުލުހުންގެ ބެލުމުގެ ދަށަށް ގެނެސްފައެވެ. މިދެމީހުން ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިވަނީ އިތުބާރު ކުރެވޭ މަގާމެއްގައި ހުރެ 18 އަހަރު ނުފުރޭ ދެ ކުޑަކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމުގެ ތުހުމަތުގައި އަމިއްލައަށް ރައްކާތެރިކަމަށް އެދުމުން ކަމަށް ފުލުހުން ބުނެފިއެވެ.

ޔުނާންގެ ދައްތަ އާއި ބޭބެގެ 18 އަހަރު ނުފުރޭ ދެ ފިރިހެން ކުއްޖަކަށް ޖިންސީ ގޯނާ ކުރިކަމަށް ތުހުމަތު ކުރެވިފައި ވަނިކޮށް އާންމުން ވަނީ ރިހުލާ އާއި ޔުނާން ދިރިއުޅެމުން އަންނަ ގެކާރިއަށް އެއްވެ އިއްޔަ ހަވީރު ވަގުތުގަޢި އާންމުން ދިޔައީ ކުޑަ ކުދިންނަށް ކުރާ އަނިޔާ ހުއްޓާލުމަށް ގޮވާލަމުންނެވެ.

އަދި އެ ދެމަފިރިންގެ މައްޗަށް ކުރާ ޖިންސީ ގޯނާގެ ތުހުމަތުގައި އެއްވެސް މީހަކު ހައްޔަރުކޮށްފައިވޭތޯ ދެންނެވުމުން ފުލުހުން ބުނީ އެމައްސަލައިގައި މިހާތަނަށް އެއްވެސް މީހަކު ހައްޔަރުކޮށްފައި ނުވާކަމަށެވެ. އެހެންނަމަވެސް އެއީ ކީއްވެ ކަމެއް ފުލުހުން ނުބުނެ އެވެ.

ފުލުހުންގެ ވެހިކަލަށް ޔުނާން އާއި ރިހްލާ އަރާފައިވަނީ އަމިއްލަ އަށް ހިނގާފައި އައިސްއެވެ. ފުލުހުންގެ ވެހިކަލަށް ޔުނާން އާއި ރިޙްލާ އަރަން އައި ވަގުތު އެޝަރަހައްދަށް އެއްވެފައިވާ މީހުންގެ އަޑު ގަދަ ވެގެން ދިޔަކަމަށް އެސަރަހައްދުގައި އެއްވެފައިވާ އާންމުން މަައުލޫމާތު ދެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް