ދަނބިދޫ ބޯޓެއް މުދަލާއެކު ފަރަށް އަރައިފި

Loading

Facebook
Twitter
WhatsApp

ލ.ދަނބިދޫއާއި މާލެއާއި ދެމެދު ދަތުރު ކުރާބޯޓެއް ފަރަށް އަރައިފިއެވެ. ދަނބިދޫ ކައުންސިލުން ބުނީ “ބަސްމަލާ“ ނަމަކަށް ކިޔާ ބޯޓު ބެންމާދަނޑު ފަރަށް އެރީ ރޭފަތިހު ކަމަށެވެ.

ބޯޓުގައި ހުރި މުދަލާ ތަކެތި ސަލަމަތް ކުރުމުގެ މަސައްކަތް ދަނބިދޫ ރައްޔިތުން ކުރަމުން އަންނަ ކަމަށް ކައުންސިލުން ބުންޏެވެ. އެރަށުން ވާހަކަ ދެއްކި މީހަކު ބުނީ އެބޯޓަކީ އާންމުކޮށް މުދާ އުފުލާ ބޯޓެއް ކަމަށެވެ. އޭނާ ބުނި ގޮތުގައި ބޯޓުގައި މަސައްކަތް ކުރަނީ 3 މީހުން ކަމަށާއި އެއްްވެސް މީހަކަށް އަނިޔާއެއް ނުލިބެއެވެ.

ބޯޓުގައި ހުރީ ކިހާ މުދަލެއްކަމެއް އަދި ބޯޓަށް ލިބުނު ގެއްލުމުގެ ތަފްސީލެއް އަދި ނުލިބެއެވެ.

މާލެއާއި ކުޅުދުއްފުށްޓާ ދެމެދު ދަތުރުކުރާ ބަހާދަރު ބޯޓުވެސް ރޭފަރަށް އަރައިގެން އެބޯޓު ފުންކުރުމުގެ މަސައްކަތް އަންނަނީ ކުރަމުންނެވެ. ނ.ދެކެނަންފަރަށް ބޯޓުއެރި އިރު އޭގައި 52 މީހުން ތިއްބެވެ. އެ އެންމެންވެސް މިހާރުވަނީ ސަލާމަތް ކޮށްފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް