ބިޑަކާ ނުލައި ޕްރަޕޯޒަލް ހުށަހެޅުން އުވާލައިފި

Loading

Facebook
Twitter
WhatsApp

ބިޑުކުރުމާއި ނުލައި ޕްރޮޕޯޒަލް ހުށަހެޅުމުގެ އުޞޫލު ރައީސް އޮފީހުން އުވާލައިފިއެވެ.

ރައީސް އޮފީހުން އިއްޔެ ގެޒެޓްކޮށްފައިވާ ގޮތުން ގެޒެޓް ކުރާ ދުވަހުން ފެށިގެން މި އުޞޫލަށް އަމަލު ކުރާނެއެވެ.

ބިޑުކުރުމަކާ ނުލައި ސަރުކާރަށް ޕްރޮޕޯޒަލް ހުށަހެޅުމުގެ އުޞޫލެއް އެކުލަވާލީ 2019 ގައެވެ.

އެ އުޞޫލުގެ ބޭނުމަކަށްވީ ބޭރުގެ އެހީގައި ހިންގާ ކޮންސެޝަނަލް ލޯނެއްގެ ދަށުން ހިންގާ މަޝްރޫޢުތަކާއި ސަރުކާރުން ހިންގަން ބޭނުންވާ މަޝްރޫޢެއް ހިންގުމުގައި ބިޑުކުރުމަކާނުލައި ވަޒީރުންގެ މަޖިލީހުގެ ނުވަތަ ވަޒީރުންގެ މަޖިލީހުގެ ކޮމެޓީއެއްގެ މަޝްވަރާގެ މަތިން ރައީސް ކަނޑައަޅުއްވާފަރާތަކާ ޙަވާލުކޮށްގެން އެ މަޝްރޫޢެއް ހިންގުމެވެ. އެ އުޞޫލުގެ ދަށުން މަޝްރޫޢު ޙަވާލު ކުރެވޭ ފަރާތްތަކަކީ މާލީގޮތުންނާއި ފަންނީ ގޮތުން އެމަޝްރޫޢެއް ހިންގުމަށް އެކަށީގެންވާ ފަރާތެއްކަން ކަށަވަރު ކުރެވެން ޖެހޭނެ ކަމަށްވެސް އެ އުޞޫލުގައި ވެއެވެ. އެ އުޞޫލު ސަރުކާރުން އެކުލަވާލިއިރު ވެރިކަމަށް އައުމަށްފަހު ނޮވެމްބަރު 2018 ގައި ބިޑަކާނުލައި ރަށްުތަކައި ފަޅުތައް އަދި ބިންތައް ދޫކުރެވޭ ގޮތަށް އޮންނަ އުޞޫލަށް ޢަމަލު ކުރުން މަޑުޖައްސާލިއެވެ. ޓޫރިޒަމް ގާނޫނަށް ބަދަލުގެނެސް ބިޑަކާނުލައި ރައްތައް ތަރައްގީ ކުރުމަށް ނިންމާފައި ވަނީ 2016 ވަނަ އަހަރުގައި ކުރީގެ ރައީސް ޔާމީނުގެ ސަރު ކާރުންނެވެ.

އޭރު ސަރުކާރުން ބޭނުން ވެގެން ޓޫރިޒަމް ގާނޫނަށް ބަދަލު ގެނައުމުން ގުޅިފައިވާ ސިޔާސީ ޕާޓީތަކަށް ނިސްބަތްވާ ފަރާތްތަކުން އެސަރުކާރަށް ވަރަށް ބޮޑާށް ފާޑު ކިިޔާފައިވެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް