ހިޔާ ފުލެޓްގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާ ދިނީ އާއިލީ މައްސަލައެއްގައި

Loading

Facebook
Twitter
WhatsApp

ރޭގެ ވަގުތެއްގައި ހުޅުމާލެ ފޭސް 2 ގެ ހިޔާ ފުލެޓެއްގެ ތެރޭގައި މީހަކަށް ޙަމަލާދިނީ ޢާއިލީ މައްސަލައަކާ ގުޅިގެން ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލަކު ވިދާޅުވީ ހުޅުމާލެ ފޭސް 2 ގެ އެޗް 6 ގެ އެޕާޓްމެންޓެއްގެ ތެރޭގައި ފިރިހެނަކަށް ޙަމަލާ ދިންކަމުގެ ރިޕޯޓު ރޭ ފުލުހުންނަށް ލިބިފައިވާ ކަމަށެވެ.

އެ މައްސަލާގައި ޢުމުރުން 22 އަހަރުގެ ޒުވާނަކަށް އަނިޔާ ލިބިފައިވާއިރު އެ މައްސަލައާއި ގުޅިގެ އުމުރުން 19 އަހަރުގެ ދިވެހި ޒުވާނަކު ވަނީ ހައްޔަރު ކޮށްފައެވެ.

އޮފިޝަލް ވިދާޅުވީ އެ މައްސަލަ މިހާތަނަށް ބެލިބެލުމުން އެ ފިރިހެން މީހާއަށް ޙަމަލާދީފައިވަނީ ޢާއިލާގެ ތެރޭގައި ޖެހުނު މައްސަލައަކާ ގުޅިގެން ކަން ވަނީ އެނގިފައިވާ ކަމަށެވެ.

“ މި މައްސަލަ ފުލުހުން ދަނީ ތަޙުގީގު ކުރަމުން“ އޮފިޝަލް ވިދާޅުވިއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް