މައިކު ބިންދައިލި މައްސަލާގައި ޖާބިރުގެ ސުލޫކީ މައްސަލަ ބަލަނީ

Loading

Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ އިއްޔެގެ ޖަލްސާގައި ކާށިދޫ ދާއިރާގެ މެންބަރު ޖާބިރުގެ މޭޒުމަތީގައި ހުރި މައިކްރޯފޯނު އޭނާ އަމިއްލައަށް ބިންދައިލި މައްސަލަ މަޖިލީހުގެ ސުލޫކާއި އަދި އިމްތިޔާޒާއި ބެހޭ ކޮމެޓީއަށް ހުށަހަޅައިފިއެވެ.

ޖާބިރު އިއްޔެ ޖަލްސާއަށް ވަޑައިގެންނެވި ގޮތަށް އަޑުގަދަ ކުރައްވަން ފެށްޓެވީ މިދިޔާ އާދީއްތަދުވަހުގެރޭ މަޖިލީހުގެ ނާއިބު ރައީސް އިންތިޚާބު ކުރުމަށް ރޭ ބޭއްވި ޖަލްސާގެ ވޯޓުގެ ނަތީޖާއާމެދު ހިތްހަމަޖެހިވަޑައިނުގެންނެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފަށްޓަވަމުން މަޖިލީހުގެ ރައީސް މުޙައްމަދު އަސްލަމް ވިދާޅުވީ ޖާބިރުގެ މޭޒުގައި ބަހައްޓަފައި ހުރި މައިކްރޯފޯނު ބަދަލު ކުރަންޖެހޭ މިންވަރަށް ހަލާކުވެފައިވާ ކަމަށެވެ. އަދި އެ ބަދަލުކުރުމަށް 5،100 ރުފިޔާ ޚަރަދުވާނެ ކަމަށް މަޖިލީހުގެ އިދާރާއިން ބުނެފައިވާ ކަމަށެވެ.

މެންބަރުން އަމަލު ކުރަންޖެހޭ މިންގަޑާއި ޚިލާފަށް އަމަލުކުރައްވާފައިވާކަމަށް ތުހުމަތުކުރެވޭތީ މަޖީހުގެ އިމްތިޔާޒާއި ސުލޫކީ މައްސަލަ ބަލާކޮމެޓީ އަށް އެ މައްސަލަ ހުށަހެޅުއްވީ މަޖިލީހުގެ ރައީސަށް ލިބިވަޑައިގެންފައިވާ ބާރުގެ ދަށުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް