ޓްރެވަލް ޕާސަނަލިޓީ އެވޯޑް ޑރ. މައުސޫމަށް

Loading

Facebook
Twitter
WhatsApp

ވޯލްޑް ޓްރެވަލް އެވޯޑްސް (ޑަބްލިއުޓީއޭ) އިން ދޭ އަހަރުގެ ޓްރެވަލް ޕާސަނަލިޓީ އެވޯޑް ރާއްޖޭގެ ކުރީގެ ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކާމިޔާބު ކުރައްވައިފި އެވެ.

މި އެވޯޑް ޑރ. މައުސޫމަށް ދީފައިވަނީ ދުބާއީގެ ބުރޫޖު އަލް އެރެބް ހޮޓެލްގައި ރޭ ބޭއްވި ވޯލްޑް ޓްރެވަލް އެވޯޑްސް ހަފުލާގަ އެވެ.

ދުނިޔޭގެ ޓްރެވެލް އެވޯޑަކީ ކޮންމެ އަހަރަކުވެސް ޓޫރިޒަމްގެ ދާއިރާގައި ދެވޭ އެންމެ ޝަރަފުވެރި އެވޯޑެވެ. އެ އެވޯޑްގެ ޓްރެވެލް ޕާސަނަލިޓީ އޮފް ދަ އިޔާގެ އެވޯޑަކީ ކޮންމެ އަހަރަކުވެސް ދާއިރާގައި އެންމެ ފާހަގަކޮށްލެވޭ ޝަހުސިއްޔަތަކަށް ދޭ އެވޯޑެކެވެ.

ބޭއްވި ހަފުލާގައި ރާއްޖެއިން ވަނީ ޑަބްލިއުޓީއޭ އިން ދޭ އެންމެ ޝަރަފުވެރި އެވޯޑް ”ވޯލްޑްސް ލީޑިން ޑެސްޓިނޭޝަން“ އެވޯޑް ކާމިޔާބުކޮށްފަ އެވެ. މިއީ ޖެހިޖެހިގެން ހަތަރު ވަނަ ފަހަރަށް ރާއްޖެއިން މި އެވޯޑް ކާމިޔާބުކުރި ފަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް