ޓީޗަރަކު މަސްތުވާތަކެތި ވިއްކަމުންދަނިކޮށް ހައްޔަރުކޮށްފި!

Loading

Facebook
Twitter
WhatsApp
ކޮވިޑް 19ގެ ސަބަބުން ސުކޫލުން ދެމުންދިޔަ މުސާރަ ނުލިބުމުން އާމްދަނީ ހޯދުމަށް އިންޑިއާގެ ޓީޗަރަކު މަސްތުވާ ތަކެތި ވިއްކައިފިއެވެ.
މަސްތުވާ ތަކެތި ވިއްކާފައިވަނީ އިންޑިއާގެ ކަރްނާޓަކާގެ އައިޓީއައި ކޮލެޖުގައި ކިޔަވައިދެމުން އަންނަ ކިރަން ނަމަކަށް ޓީޗަރެކެވެ.އޭނާ މަސްތުވާ ތަކެތި ވިއްކުމުގެ ކުށުގައި އެއަވަށުގެ ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ، މިދިޔަ ހަފްތާގެ ހޮނިހިރު ދުވަހު ކަމަށްވެސް އެގައުމުގެ ނޫސްތަކުގައި ވަނީބުނެފައެވެ. އަދި އޭނާ އާއި އެކު އިތުރު 3 މީހަކު ހައްޔަރު ކޮށްފައިވާ ކަމަށްވެސް ފުލުހުންނާއި ހަވާލާދީ އެގައުމުގެ ނޫސްތަކުގައި ވަނީ ބުނެފައެވެ.
ފުލުހުން އޭނާ ހައްޔަރު ކޮށްފައިވަނީ، މަސްތުވާ ތަކެތި ގަންނަން އުޅުން ބަޔަކު ހައްޔަރުކޮށް އެމީހުންނާއި ތަހުގީގުގައި ސުވާލު ކުރުމުން މަސްތުވާ ތަކެތި އެމީހުންނަށް ވިއްކަނީ، ކިރަން ކަމަށް ބުނެފައެވެ.
މިކަމާ ގުޅިގެން ކިރަން އަށް އެއަވަށު ފުލުހުން ސުވާލް ކުރުމުން ބުނީ އޭނާގެ އާއިލާ އަކީ ފަގީރު ބައެއް ކަމަށާއި، އެމީހުންގެ ހަރަދުތައް ކުރިން ކުރަމުން އައީ ސުކޫލުންދޭ މުސާރައިން ކަމަށެވެ. ނަމަވެސް ކޯވިޑް 19 ގެ ސަބަބުން ގައުމަށް ދިމާވި ކާރިސާގެ ސަބަބުން އޭނާއަށް ސުކޫލުން މުސާރަ ނުދޭ ކަމަށާއި، އެހެންކަމުން ފައިސާ ހޯދުމަށް މަސްތުވާ ތަކެތި ވިއްކަން ފެށީކަމަށެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް