ބީއެމްއެލްއަށް 2 ޑައިރެކްޓަރަކު ހަމަޖައްސައިފި!

Loading

Facebook
Twitter
WhatsApp
ބޭންކް އޮފް މޯލްޑިވްސްގެ ރީޓެއިލް އަދި އެސްއެމްއީ ބޭންކިން ޑައިރެކްޓަރުގެ މަޤާމަށް މޫސާ ނިމާލް އަދި ކޯޕަރޭޓް ބޭންކިން ޑައިރެކްޓަރުގެ މަޤާމަށް އަހުމަދު އަސީފް ހަމަޖައްސައިފިއެވެ.
ބޭންކުގައި ނިމާލް ވަޒީފާ އަދާކުރެއްވި މި ދިގު މުއްދަތުގައި ބްރާންޗް އޮޕަރޭޝަންސް، ކަސްޓަމާ ސާވިސަސް، އިންޓަނޭޝަނަލް ބޭންކިން އަދި ރީޓެއިލް ބޭންކިންގައި ނިމާލް މަސައްކަތް ކުރައްވާފައިވާ ކަމަށް ބޭންކުން ހަމަކުރެއެވެ. އަދި އެ މަޤާމަށް އައްޔަން ކުރެއްވުމުގެ ކުރިން އެންމެ ފަހުން ނިމާލް ހުންނެވީ ހެޑް އޮފް ރީޓެއިލް ބޭންކިންގެ މަޤާމުގައެވެ..
ބީއެމްއެލުން ހިންގާފައިވާ ފާހަގަކޮށްލެވޭ ގިނަ މަޝްރޫޢުތަކާއި، ބޭންކަށް ގެނެވުނު މުހިންމު ބޮޑެތި ބަދަލުތައް ގެނައުމުގައި ނިމާލް މުހިންމު ދައުރރެއް އަދާކުރައްވާފައިވެއެވެ.
ޑައިރެކްޓަ ކޯޕަރޭޓްގެ މަޤާމަށް ހަމަޖެއްސެވި އަސީފް އަކީ ރިލޭޝަންޝިޕް އަދި ޕޯޓްފޯލިއޯ މެނޭޖްމަންޓްގެ ތަޖުރިބާކާރު ގާބިލު ކޯޕަރޭޓް ބޭންކާ އެކެވެ. އަދި 2012 ވަނަ އަހަރު ރިލޭޝަންޝިޕް މެނޭޖަރުގެ މަޤާމަށް ބޭންކާ ގުޅިވަޑައިގަތުމަށްފަހު ފާއިތުވި 8 އަހަރު ތެރޭގައި ކޯޕަރޭޓް ބޭންކިން ޓީމާއެކު މިދާއިރާގައި ކުރިއެރުންތަކެއް ހޯއްދަވައި، ބޭންކުގެ ނުހަނު ބޮޑު ކޯޕަރޭޓް ކަސްޓަމާ ޕޯޓްފޯލިއޯ ބެލެހެއްޓުމުގައި މުހިންމު މަސައްކަތްތަކެއް ކުރައްވާފައިވާ ކަމަށް ބީއެމްއެލް ހަމަކުރެވެ.
ބީއެމްއެލް އަކީ ރާއްޖޭގެ އެންމެ ގިނަ ވަޒީފާ ދެމުންދާ އެއް ކުންފުންޏެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް