ދިރާސީ އާ އަހަރު ބަދަލު ކުރާނީ ކަމާ ގުޅޭ ފަރާތްތަކާ މަޝްވަރާ ކުރުމަށްފަހު: އެޑިޔުކޭޝަން

Loading

Facebook
Twitter
WhatsApp

ދިރާސީ އާ އަހަރުގެ ކިޔެވުން ފެށުން، އަނެއްކާ ވެސް ޖެނުއަރީ މަހަށް ބަދަލުކުރާނީ ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށް މިނިސްޓްރީ އޮފް އެޑިޔުކޭޝަނުން ވިދާޅުވެއްޖެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން މިހެން ވިދާޅުވެފައި މިވަނީ ދިރާސީ އާ އަހަރު ފެށުން 2025 އިން ފެށިގެން ޖެނުއަރީއަށް ބަދަލު ކުރަން މިނިސްޓްރީން ނިންމާފައިވާ ކަމަށް ބުނެ ދައުރުވަމުން ދިޔަ ޚަބަރާއި ގުޅިގެންނެވެ.

އެގޮތުން މިކަމަށް އިޝާރަތް ކުރައްވާ އެ މިނިސްޓްރީން ވިދާޅުވީ ސްކޫލްތަކުގެ ޕްރިންސިޕަލުންނާއެކު ބޭއްވި ބައްދަލުވުމެއްގައި އެޑިޔުކޭޝަން މިނިސްޓަރ ޑރ. އިސްމާއިލް ޝަފީއު ވަނީ ދިރާސީ އަހަރު ފެށުން ޖެނުއަރީއަށް ބަދަލު ކުރުމާއި ގުޅޭގޮތުން މަޝްވަރާ ކުރައްވާފައި ކަމަށެވެ. ނަމަވެސް ދިރާސީ އާ އަހަރު ޖެނުއަރީގައި ފަށާގޮތަށް އަދި ނިންމާފައި ނުވާ ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

އެޑިޔުކޭޝަން މިނިސްޓްރީން ވިދާޅުވީ ދިރާސީ އަހަރު ޖެނުއަރީ އަށް ބަދަލު ކުރާނީ ކަމާ ގުޅޭ ފަރާތްތަކާއި މަޝްވަރާ ކުރުމަށްފަހު ކަމަށެވެ. މިގޮތުން ދިރާސީ އަހަރު ޖެނުއަރީއަށް ބަދަލު ކުރާނީ ރިސޯޓުތަކުގެ މުވައްޒަފުންނަށްވެސް އަހަރުގެ މެދުތެރެއިން އެކަށީގެންވާ ޗުއްޓީއެއް ލިބޭ ގޮތަށް ކަމަށް އެ މިނިސްޓްރީން ވިދާޅުވެފައި ވެއެވެ.

ރާއްޖޭގައި ދިރާސީ އައު އަހަރު ފެށުން އޮންނަނީ ޒަމާނުއްސުރެ ޖެނުއަރީ މަހަށް ހަމަޖައްސާފައެވެ. ނަމަވެސް ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހުގެ ސަރުކާރުން ވަނީ 2021 ވަނަ އަހަރުން ފެށިގެން ދިރާސީ އައު އަހަރު ފެށުން އޮގަސްޓު މަހަށް ބަދަލުކޮށްފައެވެ. އޭރުގެ ސަރުކާރުން މި ނިންމުން ނިންމާފައި ވަނީ ކޯވިޑް 19ގެ ހާލަތަށްވެސް ބެލުމަށްފަހު އަދި ފަތުރުވެރިކަމުގެ ސިނާއަތުގައި މަސައްކަތް ކުރާ ގިނަ ބައެއްގެވެސް އެދުމުގެ މަތިންނެވެ. 

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް