ރައީސް ޞާލިޙް ކުވައިތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެއްޖެ!

Loading

Facebook
Twitter
WhatsApp
ކުވޭތުގެ އައު އަމީރު ޝައިޚް ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙަށް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ތަހުނިޔާ ވިދާޅުވެއްޖެއެވެ.
ކުވޭތުގެ އައު އަމީރަށް ތަހުނިޔާ ވިދާޅުވެ ރައީސް ޞާލިޙް ފޮނުއްވެވި މެސެޖުގައި، ރައީސް ޞާލިޙް ވިދާޅުވެފައި ވަނީ ކުވޭތު އަމީރުގެ ޙިކުމަތްތެރިކަމާއި ދުރު ވިސްނުންފުޅުގެ ސަބަބުން، ‌‏އެ މަނިކުފާނަށް ކުވޭތުގެ އިތުރުން ދުނިޔޭގެ އެކި ކަންކޮޅުތަކުން ލިބިވަޑައިގެންފައިވާ ޤަދަރާއި އިޙްތިރާމަށް ބަދަލެއް ނައިސް ދެމިގެންދާނެކަމަށެވެ.
އުމުރުފުޅުން 91 އަހަރުގައި ކުވައިތުގެ އަމީރު ޝައިޚް ސަބާހް އަލް އަހްމަދު އަލް ޖާބިރު އައްސަބާހް އަވަހާރަވެފައިވަނީ ސެޕްޓެމްބަރު 29 ވަނަ ދުވަހުއެވެ.
ކުވޭތުގެ އައު އަމީރުގެ ޒަޢާމަތުގައި ރާއްޖެއާއި ކުވޭތުގެ ގުޅުން އިތުރަށް ބަދަހިވެ ކުރިއަރައިދާނެ ކަމާއިމެދު ޝައްކު ނުކުރައްވާކަމުގައިވެސް ރައީސްގެ މެސެޖުގައި ވަނީ ވިދާޅުވެފައެވެ. ކުވައިތުގެ އަމީރު އަވަހާރަވުމާ ގުޅިގެން ރައީސް ޞާލިޙް ވަނީ، ކުވޭތުގެ ވަލީއަޙުދު ނަވާފް އަލް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙްއަށް ތަޢުޒިޔާގެ މެސެޖެއްވެސް ފޮނުއްވާފައެވެ. އެ ތަޢުޒިޔާގެ މެސެޖުގައި ކުވޭތުގެ އަމީރު އަވަހާރަވުމާއި ގުޅިގެން ކުވޭތުގެ ރައްޔިތުންނާއި އަމީރުގެ ޢާއިލާއަށް ލިބުނު ހިތާމައިގައި ބައިވެރިވެ ވަޑައިގަންނަވާކަމަށް ރައީސް ޞާލިޙް ވަނީ ވިދާޅުވެފައެވެ.
2020ސެޕްޓެންބަރު 30 ވާ ބުދަ ދުވަހުން ފެށިގެން އޮކްޓޫބަރު 2 ވާ ހުކުރު ދުވަހުގެ ނިޔަލަށް (ތިން ދުވަސް) ދިވެހި ޤައުމީ ދިދަ ކުވޭތުގެ އަމީރު އައްޝައިޚް ޞަބާޙުލްއަޙްމަދު އަލްޖާބިރު އައްޞަބާޙް އަވަހާރަވުމުގެ ހިތާމައިގައި، ބައިދަނޑިއަށް ތިރިކުރެއްވުމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވަނީ ނިންމަވާފައެވެ.
.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް