ތިނަދޫ އިސްލާމީ މަރުކަޒު އައިޔޫއެމް ކެމްޕަސް އަކަށް

Loading

Facebook
Twitter
WhatsApp

ގދ.ތިނަދޫ އިސްލާމީ މަރުކަޒު އިސްލާމިކް ޔުނިވަރސިޓީގެ ދަށަށް ބަދަލު ކުރުމަށް އިސްލާމިކް މިނިސްޓަރު ޑރ.މުޙައްމަދު ޝަހީމް ޢަލީ ސައީދު ރޭ ނިންމަވައިފިއެވެ.

މިއީ އިއްޔެ އެކުލަވައިލެއްވި އާ ސަރުކާރުގެ އިސްލާމިކް މިނިސްޓަރުކަމާ ހަވާލުވެވަޑައިގެންނެވުމަށްފަހު ޑރ.ޝަހީމުގެ ފުރަތަމަ ނިންމެވުމެވެ.

މިނިސްޓަރު ފޭސްބުކްގައި ލިއުއްވާފައިވަނީ ތިނަދޫގައި ގާއިމު ކޮށްފައިވާ އިސްލާމީ މަރުކަޒު އަންނަ އަންގާރަ ދުވަހު އައިޔޫއެމް އާއި ހަވާލު ކުރައްވާނެ ކަމަށެވެ. އޭގެ ސަބަބުން އިސްލާމީ ޢިލްމު އުނގެނެން ބޭނުންވާ ދަރިވަރުން އެ ސަރަހައްދުން މާލެ ނައިސް ކިޔެވޭނެ މަގުފަހިވެގެންދާނެ ކަމަށް ވިދާޅުވެފައި ވެއެވެ.

”އިސްލާމީ ޙަޟާރަތާއި ސަގާފަތުގެ މަރުކަޒަކަށް ވެގެންދާނެ“

ތިނަދޫގައި އިސްލާމީ މަރުކަޒެއް ބިނާކުރެވިފައިވަނީ ކުރީގެ ރައީސް ޔާމީން ޢަބްދުލްޤައްޔޫމްގެ ވެރިކަމުގައެވެ.

އައިޔޫއެމްއާއި އެތަން ހަވާލުކުރުމަށް ޚާއްސަ ރަސްމިއްޔާތެއް ބޭއްވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް