އިޒްރޭލް ސަފީރުގެ ޕްރޮޕެގެންޑާ ބެލްޖިއަމްގެ މަޖިލީހުން ބަލައެއްނުގަތް

Loading

Facebook
Twitter
WhatsApp

”ހަމާސް ކްރައިމްސް“ ނުވަތަ ހަމާސްއިން ހިންގާފައިވާ ކުށްތައް ދެއްކުމަށްޓަކައި އިޒްރޭލުން ތައްޔާރުކުރި ވީޑިއޯއެއް މަޖިލީހުގެ ތެޅުމުގައި ދެއްކުމަށް ބެލްޖިއަމްގެ ރައްޔިތުންގެ މަޖިލީހުން ދެކޮޅު ހަދައިފިއެވެ.

އޮކްޓޯބަރު 7 ވަނަ ދުވަހު ކަންތައް ހިނގާދިޔަ ގޮތް ދައްކާލުމަށްޓަކައި އިޒްރޭލުން ތައްޔާރުކޮށްފައިވާ ކުރު ފިލްމެއް މަޖިލީހުގެ ތަޅުމުގައި ދެއްކުމަށް އިޒްރޭލު ސަފީރު، އީޑިތް ރޯޒެންޒްވެއިގް-އަބޫ އެދުމުން ބެލްޖިއަމްގެ ޕާލިމެންޓުގެ ރައީސް ވަނީ އެކަމަށް ހުރަސް އަޅުއްވާ، އިޒްރޭލުން ޣައްޒާއަށް ދެމުންދާ ހަމަލާތަކަކީ ހަނގުރާމަމަތީ ކުށްތަކެއް ކަމަށް ބުނެ ފާޑު ވިދާޅުވެފައެވެ. 

އެގޮތުން، އިޒްރޭލުގެ ސަފީރު ވަނީ ސެނެޓް ފޮރިން ރިލޭޝަންސް ކޮމިޓީ ބައްދަލުވުމުގައި ވެސް މި ވީޑިއޯ ދެއްކުމަށް މަސައްކަތްކޮށްފައެވެ. އެހެންނަމަވެސް އެ ކޮމިޓީއިން ވެސް އެކަން ބަލައިގަނެފައެއް ނުވެއެވެ. އަދި ސަފީރުގެ މި މަސައްކަތަކީ އިޒްރޭލުން ހިންގަމުންދާ “ހަނގުރާމަމަތީ ކުށްތަކުގައި“ މަތިއެޅުމަށް އިސްރާއީލުން ފަތުރަމުންދާ ޕްރޮޕެގެންޑާކަމަށް ބުނެ ވަނީ ނުރުހުން ފާޅުކޮށްފައެވެ. 

Loading

One Response

  1. މިވަރުވެސް ޢަރަބި އިސްލާމީ ގައުމުތަކުން ކޮށްލަން ނުކެރުނު، ދުނިޔޭގެ އެދުމުން ތެމި ފޯވެފައި ތިބި މިންވަރާއި، އަނިޔާވެރިކަމުގައި ހައްދުފަހަނަ އަޅާގޮސްފައިވާ މިންވަރު ވަރަށް ސާފު.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް