ހުޅުމާލޭ ދުވާރުގައި ބަހައްޓާފައި ހުންނަ ގޮނޑިމޭޒު ނަގަން އަންގައިފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގެ އެކި ސަރަހައްދުތަކުގެ ދުވާރުމަތީގައި ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި ކުރާކަމަށް ބުނެ, ވެރިކަން ނިމެން 24 ގަޑިއިރަށްވެފައި ވަނިކޮށް އެތަކެތި ނަގަން އާބަންކޯއިން އަންގައިފިއެވެ.

އެ ކުންފުނިން އިއްޔެ ކުރި އިއުލާނެއްގައި ބުނެފައިވަނީ ޕޭވްމަންޓާއި ހެޖުތެރޭގައި ކެފޭ، ރެސްޓޯރެންޓް، އަދި ޖޫގޯ ޕޮއިންޓްތަކުން ގަވާއިދާ ޚިލާފަށް ގޮނޑި މޭޒު ބަހައްޓައިގެން ވިޔާފާރި އުސޫލުން ޚިދުމަތް ދޭ ކަމަށެވެ.

އެހެންވެ އެ ސަރަހައްދުތަކުގައި ވިޔާފާރި އުސޫލުން ބަހައްޓާފައިވާ ގޮނޑި މޭޒުފަދަ ތަކެތި އަންނަ ހޯމަދުވަހުގެ ކުރިން ނަގަން ވަނީ އަންގާފައެވެ.

އާބަންކޯއިން ބުނީ އެމުއްދަތުގެ ތެރޭގައި އެތަކެތި ނުނަގައިފިނަމަ އެ ތަންތަން ސާފުކުރުމުގެ މަސައްކަތް އާބަންކޯއިން ކުރިއަށް ގެންދާނެ ކަމަށެވެ. އަދި ސާފު ކުރުމުގެ ތެރޭގައި އެއްވެސް މުދަލަކަށް ލިބޭ ގެއްލުމަކަށް ޒިންމާނުވާނެ ކަމަށް ވެސް ބުންޏެވެ.

ހުޅުމާލޭގެ ޕޭވްމަންޓް ތަކުގެ މަތީގައި ބަހައްޓާފައިވާ ގޮނޑި މޭޒު ނަގަން އަންގާފައިވާއިރު އެ ކުންފުނިން ވަނީ ހުޅުމާލެ ހިޔާ ފުލެޓްތަކުގެ ބީޗުގައި ބަހައްޓާފައިވާ ހެދިކާ ވިއްކާ ހަޓްތައް ނަގަން ވެސް އަންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް