މަސްތުވާތަކެއްޗާއި ރަލާއެކު އާރްޑީސީގެ މެނޭޖަރަކު ހައްޔަރުކޮށްފި

Loading

Facebook
Twitter
WhatsApp

މަސްތުވާތަކެއްޗާއި ރަލާއެކު އާރްޑީސީގެ
މެނޭޖަރަކު ހައްޔަރުކޮށްފިއެވެ.

އެނގިފައިވާ ގޮތުގައި އާރްޑީސީގެ 13މިލިއަން ރުފިޔާގެ ޚިޔާނާތަށް ތުހުމަތު ކުރެވޭ މައްސަލައިގެ ތަހުގީގަށް އިއްޔެ އާރްޑީސީގެ އޮފީހަށް ފުލުހުން ވަދެ ފާސް ކުރުމަށްފަހު ރޭގެ ވަގުތެއްގައި ފުލުހުން ވަނީ އާރުޑީސީގެ މެނޭޖަރެއްގެ ގެ އަށް ވެސް ވަދެފައެވެ.

އޭނާ އުޅޭ ތަން ފާސްކުރިއިރު ބަނގުރާ ހުސްކުރި ފުޅިތަކަކާއި މަސްތުވާތަކެތީގެ އެހެން ބާވަތެއް ވެސް އެ ތަނުން ފެނިވާކަމަށް އެނގިފައިވެއެވެ. ނަމަވެސް މިކަމާ ބެހޭ ގޮތުން އަދި ފުލުހުންގެ ބަހެއް ވަނީ ލިބޭގޮތް ނުވެފައެވެ.

އާރުޑީސީގެ އޮފީހަށް އިއްޔެ ހެނދުނު ފުލުހުން ވަދެ ރޭ ވަރަށް ލަސްވަންދެން އުޅުނެވެ. ފުލުހުން އެތަނުން ދިޔައީ ވަރަށް އަދަދެއްގެ ލިޔެކިއުންތަށް ވެސް ހިފައިގެންނެވެ.

އާރުޑީސީގެ ބައެއްމުވައްޒަފުންގެ އަމިއްލަ އެކައުންޓްތަކަށް 2019 ވަނައަހަރުން ފެށިގެން ގިނަ އަދަދެއްގެ ފައިސާ ވަދެފައި ވާތީ އެމްއެމްއޭގެ ފައިނޭންޝަލް އިންޓެލިޖެންސުން އެކަން ފުލުހުންގެ ސަމާލުކަމަށް ގެނައުމުން ތަހުގީގު ފެށުމާއެކު ބުނެފައި ވަނީ އެއީ ޕެޓީކޭޝް ފައިސާ ކަމަށާއި އުސޫލާ ޚިލާފަށް އެއްވެސް ކަމެއް ކޮށްފައިނުވާނެ ކަމަށެވެ.

ފުލުހުންގެ މި އޮޕަރޭޝަނާއި ގުޅިގެން އެމްޑީޕީގެ ގައުމީ މަޖިލީހުގެ ވަޓްސްއަޕް ގްރޫޕްގައި އާރުޑީސީގެ މެނޭޖިން ޑިރެކްޓަރު މޫސާ އަލިމަނިކު (މޫކޭ) ވިދާޅުވީ އެއްވެސް ކަމެއް ނުވާ ކަމަށާއި ފުލުހުން އެއޮފީހަށް ވަނީ ”ހެޑްލައިން ހަދަން“ ކަމަށެވެ. އަދި އޭނާވަނީ ޕޮލިސް ކޮމިޝަނަރު މުޙައްމަދު ހަމީދަށް ފާޑުވިދާޅުވެފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް