ގެސްޓްހައުސް ވިޔަފާރިތަކަށް އަނެއްކާވެސް ދެއްކީ ނަނާ ހުވަފެންތަކެއް!"

Loading

Facebook
Twitter
WhatsApp

ކޯވިޑް19 ގެ ޙާލަތާއި ގުޅިގެން އިންޓަރނޭޝަނަލް ބޯޑަރތައް ބަންދުވެ، ރިސޯޓްތަކާއި ގެސްޓްހައުސްތައް އެތައް ދުވަހެއް ވަންދެން ބަންދުކޮށްފައި ހުރުމަށްފަހު، ބޯޑަރތައް ހުޅުވާލާ ރިސޯޓްތަށް ހުޅުވަން ހުއްދަދިނީ ޖުލައި މަހުހެ ތެރޭގައެވެ. އެދުވަހަށް ފަހު މިއަދާ ހަަމަޔަށްވެސް ގެސްޓްހައުސް ނުވަތަ ލޯކަލް ޓޫރިޒަމްގެ ވިޔަފާރިކުރާ ފަރާތްތައް ތިބީ ނަނާ ހުވަފެންތަކެއްގެ ތެރޭގައި ކަމުގައި ގެސްޓުހައުސް އާއި ސިޓީހޮޓެލް ހިންގާފަރާތްތަކުން ބެއެވެ.

އެންމެ ފުރަތަމަ އޯގަސްޓް މަހު ގެސްޓްހައުސްތައް ހުޅުވިދާނެ ކަމަށްބުނުމަށްފަހު، ބަލީގެ ހާލަތު ގޯސްވެ އެ ކަންވެސް ވާގޮތް ނުވީއެވެ. އެއަށްފަހު ގެސްޓް ހައުސްތަކުގެ ވެރިން ތިބީ ބޮޑު ”ސުވާލު މާކެއްގެ“ ތެރޭގައެވެ. ގެސްޓްހައުސް ހުޅުވަން ހުއްދަދޭނޭ ދުވަހެއް ނޭނގިފައެވެ. ސީޒަން ތެރެއަށް ލިބެމުންދިޔަ ބުކިންތަށް ނަގާނީތޯ ނުވަތަ ނުނަގާނީތޯ ޓުރަވަލް އެޖެންޓުންނަށާއި ގެސްޓުންނަށް ބުނެދޭން ނޭނގިފައެވެ. އެއަށްފަހު އިހަކަށް ދުވަހު އިވުނީ އޮކްޓޯބަރ 15 ވަނަ ދުވަހު ގެސްޓްހައުސްތައް ހުޅުވަން ހުއްދަދޭނެ ވާހަކައެވެ. ވަރަށްވެސް އުފާވެރި ޚަބަރެއްގެގޮތުގައި އުންމީދުންފުރިފައިތިބި އެފަރާތްކަށް ގަބޫލުކުރެވުނެވެ. ނަމަވެސް އެ އުއްމީދުތައްވެސް އާޚިރުގައި މިދިޔައީ ފެނަށެވެ. އެހެނީ ހެދުނު ކެރެންޓީނުގެ އުސޫލަކުން ލޯކަލް ޓުއަރިޒަމްއަށްވެސް ހުޅިވިފައިއޮތް ދޮރު ބަންދުކުރެވުނީއެވެ.

ގެސްޓްހައުސްތައް ހުޅުވާފައި ހުންނަ ރަށެއް ނަމަ، އެރަށަކުން އެހެން ރަށަކަށް ދާފަރާތްތަކުން ކަރަންޓީން ވާން ޖެހޭނެ ކަމަށް އެހްއީއޯސީއިން އަންގައިފިއެވެ. ކުރުގޮތަކަށް ދަންނަވާނަމަ އެރަށެއް ލޮކްޑައުންވެ ރަށު ބަންދުވީކަމުގައި ގެސްޓުހައުސް ވިޔާފާރިވެރިން ދެކެއެވެ. ވެރިރަށް މާލެއަށްވެފައި އޮތްފަދައިން ރަށްވެސް ލޮކްޑައުން އަކަށް ދަނީއެވެ. ރަށުގެ ރައްޔިތުން ބަންދުކޮށްފައި، ރަށެއްގައި ހުންނަ ދެތިން ގެސްޓްހައުސްއެއް ހިންގާނީ ކާކުތޯއެވެ. އެއީ އެރަށެއްގެ ރައްޔިތުންނަށް ދެވޭނެ ބޮޑު ނިކަމެތިކަމެކެވެ. ރަށު ބަންދުގެ ވޭނުގައި އެތައް ދުވަހެއް ވަންދެން ރައްޔިތުން ކޯވިޑާއި ގުޅިގެން ތަޙައްމަލު ކޮަށްފިއެވެ. މީގެ އިތުރުން އަޑުތަކެއްވެސް މިވަނީ ސަރުކާރުގެ ބައެއް އޮފިޝަލުންގެ ފަރާތުން ނުރަސްމީ ކޮށް އިވިގެން ގޮއްސައެވެ. ކަމުގެ ޙަޤީޤަތެއް އަދި ނޭނގެއެވެ. އިވެމުންދާ އަޑުތަކުން ހާމަވާ ގޮތުގައި ގެސްޓްހައުސް ހިންގާ ރަށްތަކުގައި މަދަރުސާތައްވެސް ޖެހޭނީ ބަންދުކުރާށެވެ. މިއީ އެއްޗެއް ގެންދާށޭ ބުނެ އޭގައި ބާރަށް ހިފަހައްޓައިގެން އޮތުން ކަހަލަ ކަމެއްކަމުގައި އެފަދަރަށްތަކުގެ ގިނަ ރައްޔަތުން ދެކެއެވެ. ގެސްޓްހައުސްތައް ހުޅުވާލަން ހުއްދަ ދެނީއޭބުނެ، މިއީ ކުރެވޭ ސީދާ މަލާމާ މާފުށިން ވާހަކަދެއްކި ގެސްޓުހައުސް އޯނަރަކު ސަންދާނަށް ކިޔައިދިނެވެ.

އެހްއީއޯސީއިން 28 އޮކްޓޫބަރުގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޑރ.ޝަހީދު ވިދާޅުވެފައިވަނީ ގެސްޓްހައުސް ހިންގާ ރަށްރަށަށް އަނބުރާ އައިސް ކަރަންޓީން ނުވާގޮތަށް ދެވޭނީ ހަމައެކެނި ޑޮކްޓަރަށް ދެއްކުން ފަދަ ޒަރޫރީ ބޭނުންތަކުގައެވެ. އަދި މިހެން ދާދިއުމުގައިވެސް ރަށުގެ އެހެން މީހުންނާއި ދެމެދު ގައިދުރުކަން ބެހެއްޓުމަށާއި މާސްކް އެޅުމަށް ޑޮކްޓަރ އިލްތިމާސް ކުރެއްވިއެވެ. އަދި ހަމައެއާއިއެކު ގެސްޓްހައުސް ހިންގާ ދެރަށެއްގެ ދެމެދު ދަތުރުކުރާއިރު ކަރަންޓީން ވާން ނުޖެހޭނެ ކަމަށާއި، އެއްކުންފުންޏަކުން ހިންގާ ދެރިސޯޓެއްގެ ދެމެދުގައިވެސް ކަރަންޓީނުނުވެ ދަތުރު ކުރެވޭނެ ކަމަށް ބުނެފައިވެއެވެ.

ނަމަވެސް، ފެންނަން އޮތް ޙަޤީޤަތަކީ ރާއްޖެއަށް އެހެން ގިނަ ޤައުމުތަކުން އަންނަ ފަތުރުވެރިންނަކީ ”ސޭފް ޓްރޭވެލަރސް“ގެ ގޮތުގައި އަންނަ މީހުން ކަމެވެ. އެފަތުރުވެރިން އަންނަނީ 72 ގަޑިއިރުނުވާ ކޯވިޑަށް ނެގަޓިވް ވެފައިވާ ނަތީޖާއަކާއި އެކުގައެވެ. މިވަރުން ނުފުދޭނަމަ އެމީހުން އައުމަށްފަހު ރާއްޖޭގައި ވެސް ކޯވިޑުގެ ޓެސްޓެއް ހެދޭނެ މަގު ފަހި ކޮށްދެއްވާ ނަމަވެސް، ދެތިން ގެސްޓުންނަށް ޚިދުމަތްދޭން މުޅިރަށް ބަންދުކޮށްލުމަށް ވުރެން، އެތިންމީހަކު ނަޔަސް އެރަށެއްގެ އެންމެނަށް ފަސޭހަވާނޭ ކަމުގައި އެފަރާތްތަކުން ބުނެއެވެ‘

މީގެ އިތުރުން މިހެދުނު ގަވާޢިދުގެ ދަށުން ގެސްޓުހައުސް ހުންނަ ރަށްރަށުގެ ރައްޔަތުންނަށްނަށާއި އެފަދަ ގެސްޓުހައުސް ތަކަށް ލިބުނު އެއްވެސް ހެވެއްނެތެވެ. އެހެނީ އެފަދަ ގެސްޓު ހައުސް ތަކާއި ސިޓީހޮޓެލް ތަކަށް ލޯކަލް ޓުއަރިޒަމްއަށްވެސް ފުރުސަތު ނުލިބުނީތީއެވެ.

މިއީ ޙަޤީޤަތުގައިވެސް ގޮތްހުސްވެ ނިކަމެތިވެފައިތިބި ގެސްޓްހައުސް ވިޔަފާރިވެރިންނަށް އަނެއްކާވެސް ދެއްކި ނަނާ ހުވަފެންތަކެެއްކަމުގައި އެފަރާތަކުން ބުނެއެވެ. ގެސްޓްހައުސްތަކުގެ ވެރިންގެ އާދޭހަކީ އެމީހުން ކާންބޯން ކުރާ މަސައްކަތައް ޖާގަ ދެއްވުމެވެ. މިފަދަ ހުވަފެންތައް ދެއްކުން ހުއްޓާލުމަށް އެފަރާތްތަކުން ގޮވާލައެވެ. ގެސްޓުހައުސް އެސޯސިއޭޝަން ވައިބަރ ގުރޫޕުގައި ވަރަށް ހޫނުކޮށް މިކަމާއި ނުރުހުންފާޅުކޮށް ސަރުކާރަށް ވަރަށް ފާޑުކިޔައިފަަވެއެވެ. ގިނަ ގެސްޓުހައުސް ތަކުން ކުލިނުދެއްކި ކަރަންޓުބިލް ނުދެއްކި ފަސްމަސްވެފައިވާކަމުގައި ބުނެއެވެ. އަދި ކަރަންޓު ބިލް ނުދައްކާނަމަ ކަރަންޓު ކަނޑާލާނެ ކަމުގެ އިންޒާނު އެރަށްތަކުގެ ފެނަކާއިންވަނީ ދީފައެވެ. ކުޑަމިނުން ލޯކަލް ޓުއަރިޒަމްއަށް މަގުފަހިކޮށްދިނުމަށް އެފަރާތްތަކުން ގޮވާލައެވެ.

 

Loading

One Response

  1. ގިނަ ގެސްޓުހައުސް ތަކަށް މި ސީޒަންގައި ދޮންމީހުން އަންނާނެކަމަކަށް ނުބެލެއެވެ. ވީމާ ލޯކަލް ޓުއަރިޒަމް އަށް ދަތިނުވާނޭގޮތަށް ކޮވިޑް ނެތްރަށްތަކުގެ ދެމެދު ހަބޭސްކޮށް ދަތުރުކުރިއަ ދެއްވުން ވަރަށް ބޭނުމެވެ އެހެނީ އެ ގެސްޓުހައސް އަދި ސިޓީހޮޓާތަކުން ހަދާނެގޮތެއްނެތިގެން ރޮނީއެވެ. ވީއިރު ދޮން ދެމީހަކު ގެނެސްގެން އެރަށާއި ދިވެހިން އެ ތަންތަނަށް ނުދެވޭގޮތަށް ގަވާޢިދު ހަދަން ހެޔޮނުވާނެ ނޫންތޯއެވެ.

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް