5 މިލިއަނަށްވުރެ ބޮޑުނަމަ " ބީލަން ޕޯޓަލް" އަށް

Loading

Facebook
Twitter
WhatsApp

އާންމު ބަޖެޓުން އިއުލާން ކުރާ 5 މިލިއަން ރުފިޔާއަށް ވުރެ ބޮޑު ޕްރޮޖެކްޓް ތަކުގެ ބިޑު ”ބީލަން ޕޯޓަލް“ މެދުވެރިކޮށް ހުށަހަޅާ ގޮތަށް ބަދަލު ކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ކުރި އިއުލާނުގައި ބުނީ އެ މިނިސްޓްރީން 2021 ވަނަ އަހަރު ލޯންޗު ކުރި “ ބީލަން ޕޯޓަލް“ މެދުވެރިކޮށް 5 މިލިއަން ރުފިޔާ އަށްވުރެ މަތީ ހުރިހާ ޕްރޮކިއުމެނެންޓެއް ކުރިއަށް ގެންދެވޭނެހެން ޕޯޓަލް ޑިޒައިން ކޮށްފައިވާ ކަމަށެވެ.

ފިނޭންސް މިނިސްޓްރީއިން ބުނީ މިއަދުން ފެށިގެން ބަޖެޓްގެ ތެރެއިން ކުރާ ޚަރަދު ތަކުގެ ތެރެއިން 5 މިލިއަން ރުފިޔާއަށްވުރެ ބޮޑު ބީލަމެއްނަމަ އެ ބީލަން ޕޮރޮސެސް ކުރަން ޖެހޭނީ ބީލަން ޕޯޓަލް މެދުވެރިކޮށް ކަމަށެވެ.

ފިނޭންސް މިނިސްޓްރީން 2021 ވަނަ އަހަރު ތައާރަފުކުރި މި ޕޯޓަލުން ހުށަހަޅާ ޕްރޮޕޯޒަލްތަކުގެ ރައްކާތެރިކަން ބިޑު ހުޅުވާލުމާހަމައަށް ހިފެހެއްޓޭނެއެވެ. އަދި މި ޕޯޓަލް މެދުވެރިކޮށް އެހެން ގައުމުތަކުގެ ކޮންޓެކްޓަރުންނަށް ވެސް ބިޑު ހުށަހެޅޭނެއެވެ. އަދި ފައިސާ ހޯދަން ހުށަހަޅާ ބިލްތައް މި ޕޯޓަލުން ޓްރެކް ވެސް ކުރެވޭނެއެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް