ނާއިބު ރައީސް އީވާ ވަކިކުރަން ސޮއި ހަމަކޮށްފި

Loading

November 12, 2023
profile
Facebook
Twitter
WhatsApp

ރައްޔިތުންގެ މަޖިލީހުގެ ނާއިބު ރައީސް ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ ވަކިކުރުމަށް މަޖިލީހަށް ގަރާރެއް ހުށަހަޅަން ބޭނުންވާ އަދަދަށް އެމްޑީޕީއިން ސޮއި ހަމަކޮށްފިއެވެ.

އީވާގެ އިތުބާރުނެތްކަމުގެ މައްސަލަ ހުށަހަޅަން ނިންމީ މަޖިލީހުގެ ރައީސް މުޙައްމަދު ނަޝީދު މަގާމުން ވަކިކުރަން އެމްޑީޕީއިން ހުށަހެޅި ގަރާރު ކުރިއަށް ގެންދިއުމަށް މަޖިލީހުގައި މިއަދު ބޭއްވި ޖަލްސާގައި އީވާ މަޖިލީހުގެ އިމްތިޔާޒަށް އަރާވަޑައިގެންފައިވާ ކަމަށާއި މަޖިލީހުގެ ގަވާއިދާއި ގާނޫނުއަސާސީއާ ޚިލާފުވެވަޑައިގެންފައިވާ ކަމަށް ބުނެއެވެ.

އީވާ ވަކިކުރުމުގެ ގަރާރު މަޖިލީހަށް ހުށަހަޅަން ސޮއި ހަމަވެފައިވާކަމަށް ހުޅުމާލެ ދާއިރާގެ މެންބަރު ޢަލީ ނިޔާޒު ވަނީ ވިދާޅުވެފައެވެ. އަދި އިތުރު މެންބަރުންގެ ސޮއި ހޯދުމުގެ މަސައްކަތް އަދިވެސް ކުރެވެމުންދާ ކަމަށް އޭނާ ވިދާޅުވިއެވެ.

މަޖިލީހުގެ ރައީސެކޭ އެއްގޮތަށް ނައިބު ރައީސް ވަކިކުރަން ވެސް ހުށަހެޅޭނީ މަޖިލީހުގެ ހަތަރުބައިކުޅަ އެއްބައި މެންބަރުންގެ ސޮޔާއެކުގައެވެ.

މަޖިލީހުގެ ރައީސް މަގާމުން ވަކިކުރުމުގެ މައްސަލަ 5 ފަހަރު އެޖެންޑާ ކުރުމުން ވެސް އެޖަލްސާތައް ކުރިއަށް ނުގެންދެވުނީ އީވާ އާލާސް ކަންފުޅާ އުޅުއްވާކަމަށް ވިދާޅުވެ އެ ޖަލްސާތަކަށް ސަލާމް ވިދާޅުވުމުންނެވެ.

މަޖިލީހުގެ ގަވާއިދުގައިވާ ގޮތުން މަޖިލީހުގެ ރައީސްގެ މަގާމުން ވަކިކުރުމުގެ ގަރާރެއް ކުރިއަށްދާ ޖަލްސާގެ ރިޔާސަތު އިންނަވާނީ މަޖިލީހުގެ ނާއިބު ރައީސް ކަމަށެވެ. އެކަމާ ހިތްހަމަނުޖެހިގެން ގަވާއިދު މާނަކޮށްދޭން އެމްޑީޕީއިން ސްޕްރީމް ކޯޓަށް ހުށަހެޅި ދުސްތޫރީ މައްސަލާގައި މިދިޔަ ބުރާސްފަތި ދުވަހު ކުރި ހުކުމުގައި ބުނެފައިވަނީ ނައިބު ރައީސް ނެތަސް ގަވާއިދުގެ ދަށުން ކަނޑައަޅާފައިވާ މެންބަރުންނަށް އެފަދަ ޖަލްސާތަކުގެ ރިޔާސަތު ވެސް ބެލެހެއްޓޭނެ ކަމަށެވެ.

އެއާއެކު ނަޝީދުގެ ގަރާރު މިއަދުގެ ޖަލްސާއަށް އެޖެންޑާކުރިއެވެ. އީވާ ސަލާމުގައި ހުންނެވުމުން ރިޔާސަތުގައި އިންނެވީ ވިލުފުށީ ދާއިރާގެ މެމްބަރު ޙަސަން ޢަފީފެވެ.

އެމްޑީޕީއިން ހުށަހެޅި ގަރާރުގައި ސަބަބު ބަޔާންކޮށް ދީބާޖާ ހިމަނާފައިނުވާތީ އެ މައްސަލާގައި ގަރާރެއްގެ ސިފައެއް ނެތް ކަމަށާއި އެހެންވެ އެއީ ބާތިލުވާނެ އެއްޗެއް ކަމުގައި ވިދާޅުވެ ޑިމޮކްރެޓްސްގެ މެންބަރުން ހުށަހެޅުއްވި ނިޒާމީ ނުކުތާ ބަލައިގަނެ ޢަފީފް ނިންމެވީ ގަރާރު ހުށަހެޅިފައި އޮތީ ގަވާއިދާ އެއްގޮތަށް ނޫން ކަމަށެވެ. އަދި ގަރާރު އަލުން ހުށަހެޅުމަށް ވެސް އޭނާ އެންގެވިއެވެ.

އޭގެފަހުން ގަރާރު ހުށަހެޅުމަށް މިއަދު 11:30 ގައި ޖަލްސާ ފެށީ މަޖިލީހުގެ ނައިބު ރައީސް އީވާ ރިޔާސަތުގައި އިންނަވައިގެންނެވެ. އީވާ ވިދާޅުވީ ގަރާރަކީ ހެނދުގައި ބޭއްވި ޖަލްސާގެ ރިޔާސަތުން ގޮތެއް ނިންމާފައި އޮތް ގަރާރެއް ކަމަށްވާތީ މިއީ ދެން އިތުރަށް ކުރިއަށް ގެންދެވޭނެ މައްސަލައެއް ކަމަށެވެ.

އެމްޑީޕީން މީގެކުރިން ވެސް އީވާގެ އިތުބާރު ނެތްކަމުގެ މައްސަލައެއް 50 މެމްބަރުންގެ ސޮޔާއެކު ހުށަހެޅިއެވެ. ނަމަވެސް ރިޔާސީ އިންތިޚާބުގައި ޑިމޮކްރެޓްސްގެ ތާއީދު ލިބޭނެކަމަށް ބަލައި އެ މައްސަލަ ފަހުން އަނބުރާ ގެންދިޔައީއެވެ.

Loading

2 Responses

  1. Theekihaa boduvehjekameh kenereegey thidhemeehun vehje ennu thimajileehun beyrukuran mimeehun heekuranee majileehakee mimeehunge mdhagadehkamah midhemeehunge ladhu hayaathuge kanfulhehves neh maadimotariku dhemeehunnoa mee boduthoofenennu mee

Leave a Reply to Saas Cancel reply

ފަހުގެ އަޕްޑޭޓް