ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް ސަލާމަތްކޮށްފި

Loading

Facebook
Twitter
WhatsApp

ހުޅުމާލޭގައި މޫދަށް އެރި އުޅުނު ދެ ކުއްޖަކު އޮޔާދަނިކޮށް އިއްޔެ ސަލާމަތްކޮށްފިއެވެ.

އިއްޔެ އެ ހާދިސާ ހިނގީ ދިރާގު އޮފީހާ ދިމާއިން ބަޔަކު މޫދަށް އެރި އުޅެނިކޮށެވެ. އޮޔާ ގެންދިޔަ އެ ދެކުދިން ވަނީ އެއްވެސް އަނިޔާއެއް ނުލިބި ސަލާމަތް ވެފައެވެ.

އެ ކުދިން ސަލާމަތް ކޮށްދިނުމުގައި އުޅުނު މީހަކު ކިޔައިދިން ގޮތުގައި އެ ހާދިސާ ހިނގީ ހުޅުމާލެ 1 އާއި 2 ވަކިކުރަން ހަދާފައި އޮންނަ ކެނަލާއި ހުޅުމާލެ 1 ވަކިކުރަން މޫދުގައި ޖަހާފައި ހުންނަ ހިލަތަކާ ކައިރިއަށް އެ ކުދިން ގޮސްގެން އުޅެނިކޮށެވެ.

އެއީ 9 އަހަރުގެ ކުއްޖަކާއި 7 އަހަރުގެ ކުއްޖެކެވެ.

“ ހުޅުމާލެ ފޭސް ވަންގެ މޫދު މި އޮންނަނީ ވަރަށް ތިލަކޮށް. ނަމަވެސް އެ ހިލަތަކާ ދިމާއިން އެތެރެއަށް އޮންނަނީ ވަރަށް ފުންކޮށް. ދެ ބީޗު ވަކިކުރަން ހިލަޖަހާފައި ހުރި ގޮތުން ވަރަށް ފަސޭހަކޮށް އެކޮޅަށް އެބަދެވޭ. އަނެއްކާ އެ ދިމާގައި އެހާ އޮއިބާރުވީމަ ހިކި ދިޔައިގައި ވެސް އެބަ ދަމައިގަނޭ އެތެރެއަށް“ އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ވަގުތު އެސަރަހައްދުގެ މޫދުގައި ވަރަށް ގިނަބަޔަކު ތިބި ކަމަށާއި އެ ދެކުދިން އޮޔާގެންދިޔަކަން އެނގުނީ އެ ދެކުދިންގެ ތެރެއިން އެއް ކުއްޖަކު ވަރަށް ބާރަށް ހަޅޭލަވައިގަތް އަޑު އިވިގެން ކަމަށެވެ.

”އަޅުގަނޑަށް ވެސް އެ ކުދިން އެހާ ފަސޭހައިން ސަލާމަތް ކުރެވުނީ އެ ދެކުދީން އެކަކު އަނެކަކަށް ބައްދާލައިގެން ދޫނުކޮށް ތިބީމަ، ފަހުން އިތުތުރު މީހަކު އައިސް ދެމީހުން އެ ދެކުދިން ގޮވައިގެން އެއްގަމަށް ގެންދިޔައީ“ އޭނާ ބުންޏެވެ.

އޭނާ ބުނީ އެ ކުދީންގެ ބެލެނިވެރިން ތިބީ އެ ދިމާގެ އެއްގަމުގައި ކަމަށެވެ.

”އޮއިގަނޑުގައި އެ ކުދިން އަޅައިގަތް އިރު އަސްލު ޕޭރެންޓުންނަކަށް ނުފެންނާނެ. އަދި ރޮއިގަތަސް އަޑެއް ވެސް ނީވޭނެތާ އެކުދިން ހިލަތަކާ ނިވާވެފައި ތިބީމާ. ޕޭރެންޓުންނަކަށް ނުވެސް އެނގޭ އެ ކުދިން އެހިސާބަށް ދިޔަކަން ވެސް, އެއްގަމަށް ގެނައި ފަހުން ކާކުގެ ދަރިއެއްކަން ނޭނގިގެން އުޅެނިކޮށް އެމީހުން އައީ“ އޭނާ ބުންޏެވެ.

Loading

One Response

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް