ރައީސްގެ ދެމަފިރިކަނބަލުން މުލީއާގެ ދޫކުރައްވައި ނުކުމެ ވަޑައިގެންފި

Loading

Facebook
Twitter
WhatsApp

ރައީސް އިބްރާހިމް މުޙައްމަދު ޞާލިޙްގެ ދެމަފިރިކަނބަލުން މުލީއާގެ ދޫކުރައްވައި މިއަދު ނުކުމެ ވަޑައިގެންފިއެވެ.

އެނގިފައިވާ ގޮތުގައި ރައީސް ގެ ދެކަނބަލުން މުލީއާގެ ދޫކުރައްވާ ވަޑައިގެންނެވީ ފަސްޓްލޭޑި ފަޒުނާ އަހުމަދުގެ ޢާއިލީ ގެކޮޅު މ.ސަނީއިން އަށެވެ.

17 ނޮވެމްބަރު 2018 ގައި ވެރިކަމަށް ވަޑައިގެންނެވުމަށްފަހު ރައީސް ޞާލިޙް މުލީއާގެއަށް ބަދަލުވެ ވަޑައިގަތީ އެ މަހުގެ 30 ވަނަ ދުވަހުއެވެ.

ރައީސް މުލީއާގެ ދޫކުރެއްވި ނަމަވެސް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒާއި އަނބިކަނބަލުން ސާޖިދާ މުޙައްމަދު
އެ ގެއަށް ދިރިއުޅުއްވުން ބަދަލުކުރައްވާނެކަން މިހާތަނަށް ހާމަކުރައްވާފައެެއް ނުވެއެވެ.

ރައީސް ޔާމީން ޢަބްދުލްޤައްޔޫމުގެ ސަރުކާރުގައި މުލީއާގެ ބޭނުން ކުރެއްވީ އެމަނިކުފާނުގެ ރަސްމީ މަސައްކަތްޕުޅު ކުރެއްވުމަށެވެ.

މީގެ 104 އަހަރު ކުރިން އައްސުލްތާން މުޙައްމަދު ޝަމްސުއްދީންގެ ވެރިކަމުގައި ބިނާކޮށްފައިވާ މުލީއާގޭގައި ރައީސް މައުމޫނުވެސް ވަގުތީ ގޮތުން ދިރި އުޅުއްވިއެވެެ. އެއީ 1994 ވަނައަހަރު ތީމުގެ މިހާރު ހުރިގޮތަށް އިމާރާތް ކޮށް ނިމެންދެނެވެ. އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު 2008 ވަނަ އަހަރު ވެރިކަމާ ހަވާލުވެ ވަޑައިގަތުމަށްފަހު 2012 ވަނައަހަރު އިސްތިއުފާ ދެއްވުމާ ހަމައަށް އުޅުއްވީ ވެސް މުލީ އާގޭގައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް