ކޯވިޑް19: އިއްޔެ ފައްސިވީ 97 ކޭސް ފެނި، އަނެއްކާވެސް ނުރައްކަލުގެ ރަނގަބީލެއް!

Loading

Facebook
Twitter
WhatsApp
  ރާއްޖެއިން ކޯވިޑް19 އަށް އިތުރު 97 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 47 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 50 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
    އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 42 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 55 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ.
    އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 10,291 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1142 އެކްޓިވް ކޭސް ހިމެނޭއިރު، 75 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 585 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
    އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 22 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 22 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 17 މުވައްޒަފުންނާއި، 10 ފަތުރުވެރިޔަކު ހިމެނެއެވެ.
           މިބަލީގައި ރާއްޖެ އިން މިހާތަނަށް 34 މީހަކު ނިޔާވެފައި ވާއިރު 9108 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.
      އިއްޔެ ފާހަގަކޮށްލެވެނީ އަތޮޅުތެރެއިން ގިނަ އަދަދެއްގެ ކޭސް ފެނުނު ދުވަހެއްގެ ގޮތުގައެވެ. އަދި އިއްޔެ ފައްސިވި ބިދޭސީންގެ ނިސްބަތް ވެސް ވަރަށް މައްޗެވެ. އެހެންކަމުން އަދިވެސް ހާލަތު ރަނގަޅު ނުވާކަން މިވަނީ ހަމަވެގެން ގޮއްސައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް