ކޭސްއެއްނެތް ރަށްރަށުގެ ސްކޫލްތަކުގައި ސެޝަންގެ ވަގުތު އިތުރުކުރަނީ!

Loading

Facebook
Twitter
WhatsApp
  ކޯވިޑް19 ގެ ކޭސްއެއް ނެތް ރަށްރަށުގެ ސްކޫލްތަކުގައި ކިޔަވައިދޭ ވަގުތު އިތުރުކުރުމަށް މިނިސްޓްރީ އޮފް އެޑިއުކޭޝަނުން ނިންމައިފިއެވެ.
     ކޯވިޑްގެ ބަލިމަޑުކަމާއި ގުޅިގެން ސްކޫލްތައް ބަންދުކުރުމަށް ފަހު ކޭސްއެއް ނުފެންނަ ރަށްރަށުގެ ސްކޫލްތައް އަލުން ހުޅުވީ ޖުލައި މަހުގެ 1 ވަނަ ދުވަހުން ފެށިގެންނެވެ. ނަމަވެސް މާލެ ސަރަހައްދުގެ ސްކޫލްތައް ހުޅުވީ ގްރޭޑް 9-12 ގެ ދަރިވަރުންނަށެވެ. ނަމަވެސް ކޭސްތައް އިތުރުވަމުން ދިޔުމުގެ ސަބަބުން ސްކޫލްތައް ބަންދުކުރުމަށް ފަހު، ދާދި ފަހުން އޭލެވެލް ދަރިވަރުންނަށް ކިޔަވައިދޭން ފަށާފައިވެއެވެ. އަދި އަންނަ އޮކްޓޯބަރ މަހު އަނެއްކާވެސް ގްރޭޑް 9-12 ގެ ދަރިވަރުންނަށް ކިޔެވުން ކުރިޔަށް ގެންދާނެ ކަމުގެ މައުލޫމާތު އެޑިއުކޭޝަން މިނިސްޓްރީން ހާމަ ކޮށްފައިވެއެވެ.
     ރޭ އެ މިނިސްޓްރީގެ ފަރާތުން ނޫސްވެރިންނަށް މަޢުލޫމާތު ދެއްވަމުން، މިނިސްޓަރ ޑރ.ޢާއިޝަތު ޢަލީ ވިދާޅުވީ ކޯވިޑުގެ އެއްވެސް ކޭސްއެއް ނެތް ރަށްރަށުގައި ހަފްތާއަކު 4 ދުވަހު ދުވާލަކު 4 ގަޑިއިރު ކިޔަވައިދެމުން އައި އައުން ފަސް ގަޑިއިރަށް ބަދަލުކުރަން ނިންމާފައިވާ ކަމަށެވެ. އަދި މި ބަދަލުތަކަށް ޢަމަލުކުރަން ފަށާނީ އަންނަ އާދިއްތަ ދުވަހުން ފެށިގެން ކަމަށްވެސް މިނިސްޓްރީއިން މަޢުލޫމާތު ދެއެވެ.
     ކިޔެވުމަށް އައި މިބަދަލުތަކާއި އެކުވެސް ކުރިންވެސް އަޅާފައިވާ ރައްކާތެރިކަމުގެ ފިޔަވަޅުތައް އެގޮތުގައި ދެމެހެއްޓޭނެކަމަށް މިނިސްޓްރީއިން ވިދާޅުވެއެވެ. އަދި ރަށްރަށުގައި ކިޔަވައިދޭ ވަޤުތު އިތުރުކުރަން ނިންމީ އެކަމުގެ ސަބަބުން ދަރިވަރުންނަށް ލިބޭ ފައިދާތަކަށް ރިޔާޢަތްކޮށް، މަޝްވަރާ ކުރުމަށް ފަހުގަައި ކަމަށްވެސް މިނިސްޓަރ ވިދާޅުވެފައިވެއެވެ.
      އަންނަ އާދިއްތަ ދުވަހު މިބަދަލުތައް ގެންނަން ތައްޔާރުވަމުން ދާއިރު، ހޯމަ ދުވަހު އޭލެވެލް ދަރިވަރުންގެ އޭއެސް އިމްތިޙާން ފެށުމަށްވެސް ދަނީ ތައްޔާރުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް