ކުރިއަށް އޮތީ މުހިންމު ދުވަސްތަކެއް، އެންމެން އެކަތިގަނޑަކަށްވާންޖެހޭ: މުޢިއްޒު

Loading

Facebook
Twitter
WhatsApp

ރާއްޖެ މިއަދު މި އޮތް ޙާލަތުން އަރައިގަނެ ގައުމުގެ މުސްތަގުބަލު އުޖާލާކުރުމަށް ކުރިއަށް އޮތީ މުހިންމު ދުވަސްތަކައެއް ކަމަށާއި، އެމަސައްކަތުގައި އެންމެން އެކަތިގަނޑަކަށްވެ، އެކުވެރިކަމާއެކު ކުރިއަށް ދިއުމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ރޭ ގޮވާލައްވައިފިއެވެ.

އަންނަމަހު 17 ގައި ރާއްޖޭގެ ވެރިކަމާއި ހަވާލުވެވަޑައިގަންނަވާ މުޢިއްޒުގެ ރިޔާސީ ކެމްޕޭނުގައި ޙަރަކާތްތެރިވި މާލޭ ސަރަޙައްދުގެ ކެމްޕެއިން ޓީމުތަކާ ބައްދަލުކުރައްވާ ބޭއްވި ޙަފުލާގައި އެމަނިކުފާނު ވިދާޅުވީ އެ ޓީމުތަކުން ކުރީ ވަރަށް ބޮޑު ގައުމީ މަސައްކަތެއް ކަމަށެވެެ.

ތިޔަބޭފުޅުން ކުރެއްވީ ބުރަ ގައުމީ އިޚުލާސްތެރި“
މަސައްކަތެއް، އެކަމަށްޓަކައި ޝުކުރުވެރިވަން، ގައުމު މިއަދު އޮތް ޙާލަތުން ދިވެހިންގެ ރާއްޖެއަށް ގެންދަން ތިޔަކުރެއްވީ ވަރަށް ވަރުގަދަ ގައުމީ މަސައްކަތެއް، ތިޔަ މަސައްކަތުގެ ސަބަބުން އަޅުގަނޑުމެންގެ ގައުމުގެ މުސްތަގްބަލް އުޖާލާކުރުމަށް ފުރުޞަތު ލިބިގެން މި ދިޔައީ“ މުޢިއްޒު ވިދާޅުވިއެވެ.

“ގައުމީ މަސައްކަތުގައި ބައިވެރިވި އެކި ފެންވަރުގެ އެކި ގިންތީގެ ހުރިހާ މަގާމެއްގައި ތިބި މީހުން ޝާމިލްވާ ގޮތަށް ޝުކުރު ދަންނަވާލަން ބޭނުންވޭ، ވަރަށް ބޮޑަށް ޝުކުރިއްޔާ“

ވަރަށް ކުރުކޮށް ދެއްކެވި ވާހަކަފުޅުގައި މުޢިއްޒު ވިދާޅުވީ ކަމެއް ޙާޞިލުކުރުމަށްވުރެ، އެކަމެއް ދެމެހެއްޓުމަކީ މާ އުނދަގޫ، ބުރަ މަސައްކަތެއް ކަމަށެވެ.

”އަޅުގަނޑު އެދެނީ ކެމްޕެއިނުގައި ދެއްކެވި އެކުވެރިކަން
އެގޮތުގައި ދައްކަން، ގައުމު ސަލާމަތް ކުރުމަށް ނުގުޑާވަރުގެ ޢަޒުމެއްގައި ކުރިއަށް ދާން، ކުރިއަށް މިއޮތީ ވަރަށް ޙައްސާސީ ދުވަސްތަކެއް، އެންމެން އެކަތިގަނޑެއްގެ ގޮތުގައި ކުރިއަށް ދާންޖެހޭ“ މުޢިއްޒު ވިދާޅުވިއެވެ.

“ ގައުމަށް އޮތީ އުޖާލާ މުސްތަގުބަލެއް“

ކެމްޕެއިން ޓީމުތަކާއެކު ރޭ ސޯޝަލްސެންޓަރުގައި ބޭއްވި ޙަފުލާގައި ރިޔާސީ އިންތިޚާބުގެ ކެމްޕެއިންގެ ޚުލާސާ ރިޕޯޓު ވަނީ މުޢިއްޒުގެ އަތްޕުޅަށް އަރުވާފައެވެ.

ރިޔާސީ އިންތިޚާބުގައި ރައީސް އިބްރާހިމް މުޙައްމަދުގެ
ޞާލިހުގެ މައްޗަށް ކުރި ހޯއްދެވި މުޢިއްޒު، ރައީސްކަމުގެ ހުވާކުރެއްވުން އޮންނާނީ އަންނަމަހުގެ 17 ވަނަ ދުވަހުގެ ހަވީރު ޖުމްހޫރީ މައިދާނުގައެވެ. އެ ރަސްމިއްޔާތަށް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން އަންނަނީ ތައްޔާރުވަމުންނެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް