ޗައިނާގެ ބެލްޓް އެންޑް ރޯޑަށް ރާއްޖޭގެ ކުރިމަގަށް މުހިންމު ދައުރެއް އަދާކުރެވޭނެ: މުޢިއްޒު

Loading

Facebook
Twitter
WhatsApp

ރާއްޖޭގެ ތަރައްގީގެ މުސްތަގުބަލުގައި ޗައިނާގެ ރައީސް ޝީ ޖިންޕިންގެ ފުޅާ ތަޞައްވުރުގެ ދަށުން ފަށާފައިވާ ބެލްޓް އެންޑް ރޯޑު މަޝްރޫޢަށް މުހިންމު ދައުރެއް އަދާކުރެއްވޭނެ ކަމަށް ގަބޫލުފުޅު ކުރައްވާކަމަށް އިންތިޚާބީ ރައީސް ޑރ.މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ޗައިނާގެ ޒިންހުވާ ނޫހަށް ދެއްވި ބަސްދީގަތުމެއްގައި މުޢިއްޒު ވިދާޅުވީ ޗައިނާގެ ބެލްޓް އެންޑް ރޯޑު އިނީޝިއަޓިވް (ބީއާރުއައި) ގެ ދަށުން ގާއިމްކުރި މާލެ ހުޅުމާލެ ބުރިޖަކީ ރާއްޖޭގެ ތާރީޚުގައި ހިންގުނު އެންމެބޮޑު މަޝްރޫޢު ކަމަށެވެ.

އެ މަޝްރޫއުގެ ސަބަބުން މުޅި މާލޭ ސަރަޙައްދަށް ބޮޑު ކުރިއެރުމެއް ލިބި، އެތަކެއް ހާސް ރައްޔިތުންގެ ދިރިއުޅުމަށް ހެޔޮބަދަލެއް އައިސްފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. ބުރިޖުގެ އިތުރުން ބީއާރުއައިގެ ދަށުން ސޯޝަލް ހައުސިންގއާއި އެއާރޕޯޓު ތަރައްގީކުރުންފަދަ މުހިންމު ގިނަ އެހެން މަޝްރޫޢުތައްވެސް ހިންގާފައިވާކަން ފާހަގަކުރައްވައި މުޢިއްޒު ވަނީ ޗައިނާއާއި އެކު އޮންނަ ގުޅުމަށް ތަޢުރީފު ކުރައްވާފައެވެ.

”ރާއްޖެއަށް ބޭނުންވަނީ ޗައިނާއާއި އެހެންގައުމު ތަކުންވެސް މިފަދަ އެހީތެރިކަމާއީ ތަރައްގީގެ ޕާޓްނާޝިޕެއް ކަމަށް އަޅުގަނޑު ގަބޫލު ކުރަނީ“ މުޢިއްޒު ވިދާޅުވިއެވެ.

”ކުރިއަށް ދެވެން އޮތްމަގަކީ އެއީކަމަށް އަޅުގަނޑު ގަބޫލުކުރަނީ، އެހެންވީމާ ކުރިއަށް އޮތް އަހަރުތަކުގައި އަޅުގަނޑު އުންމީދު ކުރަނީ އެފަދަ އެހީތެރިކަން ލިބި، ޗައިނާއާއެކު ގާތް ގުޅުމެއް ބޭއްވޭނެ ކަމަށް“

މުޢިއްޒު ވިދާޅުވި ގޮތުގައި، ޗައިނާގެ ބީއާރުއައި އަށް އެމަނިކުފާނު ކުރައްވާ އުންމީދު ބޮޑެވެ.

“ ބެލްޓް އެންޑްރޯޑް އިނީޝިއަޓިވް އަށް އަޅުގަނޑުމެންގެ [ރާއްޖޭގެ] ތަރައްގީގައި މުހިންމު ދައުރެއް އަދާކުރެވޭނެ ކަމަށް އަޅުގަނޑު ގަބޫލު ކުރަން“

އެ މަޝްރޫޢުގެ މަންފާ އެކަމުގައި ބައިވެރިވެފައިވާ އެހެން ގައުމުތަކަށް ވެސް ކުރާނޭކަން ފާހަގަކުރައްވާ ކަމުގައި އެ މަނިކުފާނު ވިދާޅުވިއެވެ.

ބެލްޓް އެންޑް ރޯޑު ފޯރަމްގެ ތިންވަނަ ބައްދަލުވުން ޗައިނާގެ ވެރިރަށް ބޭޖިންގައި ވަނީ މިއަދު ފެށިފައެވެ.
ބިޔަ އަމާޒެއްގެ ދަށުން މީގެ 10 އަހަރުކުރިން ފެށި މިމަޝްރޫޢުގައި 150 ހެއްހާގައުމުގައި ޢުމްރާނީ ތަރައްގީގެ ބޮޑެތި މަޝްރޫޢުތައް ވަނީ ހިންގާފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް