ފަލަސްތީނުގެ ބިންތަކުން ފަލަސްތީނުގެ ރައްޔަތުން ފައިބައިގެން ނުވާނެ -އަރަބި ލީޑަރުން

Loading

October 16, 2023
profile
Facebook
Twitter
WhatsApp

އައްމާނާއި ބެއިރޫތުން ރޮއިޓަރސް ޚަބަރުދެމުންގެންދާ ގޮތުގައި އިސްރާއީލާއި ހަމާސްއިން ކުރަމުންގެންދާ ހަގުރާމަ ހޫނުވަމުން މިދާ ދަނޑިވަޅުގައި ފަލަސްތީނުގެ ރައްޔިތުން އެބިމުން ނުފައިބަން އަރަބި ލީޑަރުން ގޮވާލައްވައިފިއެވެ.

އިސްރާއީލުން ގާޒާގެ ރައްޔިތުން އެ ބިމުން ފައިބައިގެން ދިއުމަށް އަމުރުކުރުމުން އެކަމަށް ރައްދު ދެއްވައި ގާޒާއާއި ހުޅަނގު އައްސޭރި ގުޅިފައި އޮންނަ ހަމަ އެކަނި ގައުމު، މިސްރުން ގޮވާލާފައިވަނީ ގާޒާ ދޫކޮށް ފައިބައިގެން ނުދިއުމަށެވެ. 

މުރާސިލުން ދެކޭގޮތުގައި އަރަބި ލީޑަރުންގެ މި ގޮވާލުމުގެ މަގްސަދަކީ އިސްރާއީލުގެ ނުބައި ރޭވުމުން އަނެއަކާވެސް ފަލަސްތީނުގެ ބަޔަކު ވަޒަނެއް ނެތްގޮތުގައި ދުނިޔެއަށް ބާކީ ކޮށްލާނެތީއެވެ.

މީގެ ކުރިން 1948 ވަނައަހަރު އިސްރާއީލު އުފެއްދުމަށްޓަކައި ނަކްބާ ގެ ނަމުގައި ބޭނުންކުރި އުކުޅަކީވެސް ހަމަ އެއީ ކަމަށް މިސްރުގެ ރައީސް ވިދާޅުވިއެވެ.

އިނގިރޭސީންގެ ވެރިކަމުގެ ދަށުގައި ފަލަސްތީން އޮތް އިރު އިސްރާއީލު އުފެއް ދުމަށްޓަކައި ހަތްލައްކައަށް ވުރެން ގިނަ އަރަބި ވަޒަންވެރިން އެބިމުން ފައްސާލިއަނިޔާވެރިގޮތް މިއަދުވެސް ތާރީޚުން އެއޮތީ ފެންނާށެވެ.

އޭރުވެސް އިސްރާއީލުން ހަދަމުން ގެންދިޔައީ މިއަދުވެސް އަމިއްލަ ދިފާއުގައޭބުނެ ހަދަމުންގެންދާ ދޮގުތަކެވެ. ޔަހޫދީންނަށް އެދުވަހުވެސް ބާރުވެރިކުރުވައި އިސްލާމުން މަރާ ކަތިލަމުން ގެންދިޔައީ އެމީހުންގެ ބެލުމުގެ ދަށުންނެވެ. ފަލަސްތީނުގެ ރައްޔަތުންނަށް އެމީހުން ދިފާޢުވުމަށް ވަޅިއެއްގެ މިންވަރުވެސް ގެންގުޅުން މަނާ ކުރުވާފައެވެ.                                                       

މިދިޔަ ހުކުރު ދުވަހު އިސްރާއީލުގެ ބާރުގަދަ ސިފައިން އަންގާފައިވަނީ ގާޒާގައި ދިރިއުޅޭ އެއްމިލިއަން މީހުން 24 ގަޑި އިރުގެ ތެރޭގައި ގާޒާ ދޫކޮށްފައި ދިއުމަށެވެ. މިއަމުރާއެކު އެމެރިކާގެ ޚާރިޖިއްޔާއިން ދުނިޔޭގެ ސިޔާސީ ލީޑަރުންނަށް އަންގާފައިވަނީ ހަނަގުރާމަ ހުއްޓާލުމާއި ޙަމަލާތައް މައިތިކުރުން ފަދަ ބަސްތައް ބޭނުން ކުރުން ހުއްޓާލުމަށެވެ. 

އެމެރިކާގެ މިއަމުރަށް ކޮމެންޓް ކުރި ގިނަބަޔަކު ބުނެފައިވަނީ 21 ވަނަ ގަރުނުގައި މިއަށްވުރެން ވަކިން ބޮޑު އިންސާނިއްޔަތާ ދެކޮޅު ޖަރީމާއެއް ހިންގާފައި ނުވާކަމަށެވެ. އެކަމަކުވެސް މިއަމުރަށް ބިރުން އަރަބި ގައުމުތަކުގެ ވެރިން އެތިބީ ރަޖާގަނޑު އަޅައިގެންނެވެ. 

އިއްޔެ އިވިގެން ދިޔަ ބައެއް ޚަބަރުތަކުގައި އިސްރާއީލުގެ ޙަމަލާތައް ހުއްޓާލުމަށް އިއްޔެ ހަވީރި 5 ޖަހަންދެން އަރަބި ގައުމުތަކުގެ ލީޑަރުން އިސްރާއީލަށް އެންމެ ފަހުގެ އިންޒާރު ދީފައިވެއެވެ. އަދި އޭގެކުރިން ޙަމަލާތައް ހުއްޓާ ނުލައިފިނަމަ އިސްރާއީލަށް ތާއީދުކުރާ ހުރިހާ ގައުމެއްގައި ތިބި ސަފީރުން ގެންނާނެ ކަމުގެ އިންޒާރާވެސް އެކުގައެވެ. 

ވަގުތު ފާއިތުވެގެން ދިޔައިރު އެނގިގެން ދިޔައީ އެއީވެސް ހަމަ ޖަމަލުގެ ފޮޑިއެއް ކަމަށެވެ. އެންމެ ގައުމެއްގެ ސަފީރުވެސް ގެނެސްފައެއް ނުވެއެވެ. އަދި އެ އަޑުވެސް މިހާރު ނީވެއެވެ. އަރަބި ލީގުން ބޭއްވި ކުއްލި ބައްދަލު ވުމަކަށްފަހު ޖޯރޑްން ޚާރިޖީ ވަޒީރު އައިމަން ސަފާދީ ވިދާޅުވެފައި ވަނީ ފަލަސްތީނުގެ އާންމު ރައްޔިތުން ގާޒާއިން ނެރެން އިސްރާއީލުން މަސައްކަތްކުރާ ނަމަ މުޅި ޢަރަބި ދުނިޔެ ހަނގުރާމައިގެ ތެރެއަށް ވަންނާނެ ކަމަށެވެ. 

ބެލެވޭ ގޮތުގައި މިއީވެސް ހަމަ ވިދާޅުވި ބަސްފުޅެކެވެ. އެއްވެސް އޮށްޓަރެއް ހުރިބަސްފުޅެއް ކަމަކަށް ނުބެލެވެއެވެ. ރަސްގެފާނު އަބްދު ﷲ ވިދާޅުވެފައިވަނީ މިފަދަ ގޮތަކަށް ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ބޭރު ކޮށްލައިފި ނަމަ އަނެއްކާވެސް ރެފިއުޖީންގެ އަދަދު މައްޗަށް ދާނެ ކަމަށެވެ. އަރަބިން ލީޑަރުން ވިސްނުން ހުރި ގޮތަކީ މިއީއެވެ. މުޅިދުނިޔެއަށް އެމީހުންގެ ނިކަމެތިކަން ހާމަވެގެން ހިގައްޖެއެވެ.                             

އިސްރާއީލުގެ ޙަމަލާތައް ކުށްވެރިކުރަން ޢަރަބިލީގުގައި ހިމެނޭ 22 ގައުމުގެ އެންމެ އިސްވެރިޔާ ވަރަށް ހިތްވަރު ކުރައްވާފައި އ. ދ. ގެ އާންމު ސެކްރެޓަރީ އަށް ދެންނެވިކަމަށް ވެއެވެ. 

އެކަމަކު ދެންއިވިގެން ދިޔައަޑަކީ ފަލަސްތީނުގެ އާންމު ރައްޔިތުން ގާޒާއިން ފައިބައިގެން ދިއުމަށްޓަކައި ރައްކާތެރިމަގެއް ހަމަޖައްސަން އެމެރިކާގެ ރައީސް  މިސްރުގެ ރައީސާއި އިސްރާއީލުގެ ބޮޑުވަޒީރާއެކު މަޝްވަރާ ކުރަމުންގެންދާ ޚަބަރެވެ.             

އ. ދ. ގެ ތަރުޖަމާނު ސްޓީފަން ދުޖާރިޗް ވިދާޅުވަނީ މިގޮތަށް ފަލަސްތީނުގެ ރައްޔިތުން ގާޒާއިން ނެރެލުމަކީ އިންސާފެއް ނޫންކަމަށެވެ. އެ ވާހަކަފުޅަށް ރައްދު ދެއްވައި އިސްރާއީލުގެ ސަފީރު ވިދާޅުވެފައިވަނީ އެއީ ވަގުތީ ކަމެއް ކަމަށާއި އ. ދ. އެކަމާ އުފާކުރަންޖެހޭނެ ކަމަށެވެ.                                   

Loading

One Response

  1. Hama birugannaneetho falasstheene dhaulathagga gothuga gaimu kodhdhane abajaheanoonetho falasstheena akanekuraveanee arabi gaumuthakuga aheetharikane libigane noonetho

Leave a Reply to Anonymous Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް