ދޮގުހަދަމުންގޮސް އަނެއްކާވެސް ބައިޑަންގެ ދޫ އޮޅިއްޖެ

Loading

October 15, 2023
profile
Facebook
Twitter
WhatsApp

އެމެރިކާގެ ރައީސުންނަށް ދޮގު ހެދުމަކީ މާބޮޑު ކަމެއްނޫންކަން މާޒީގެ ތާރީޚުންވެސް އެނގެއެވެ. އިރާގު ފުނޑާލީ ދޮގުގެ މައްޗަށް ދޮގު ހަދައިގެންނެވެ. 

ތާލިބާނުން އުފެއްދުމާއި ތަންކޮޅެއްކުރިން ވިއެޓްނާމް ހަނގުރާމައެއްގައި އެތައް މިލިއަން މައުސޫމް އިންސާނުންތަކެއް ދުނިޔެއިން ވަކިކޮށްލީވެސް ހަމަ ދޮގުގެ މައްޗަށް ދޮގު ހަދައިގެންތާއެވެ!                                                                      

ހަމާސްގެ ހަމަލާތަކުގައި އީރާނުގެ އެއްވެސް ބައިވެރި ވުމެއް ނޯންނާނެ ކަމަށް ބުނަމުން ގެންދަނިކޮށް “ ބަލައިގެން ތިބޭށޭ ބުނެ “ އެމެރިކާގެ ރައީސް އީރާނަށް އިންޒާރު ދީފިއެވެ. 

ހަމާސް އިން ކުޑަކުދިން ގަތުލުކުރަމުން ގެންދާ ކަމުގެ ހެކި ފެނިވަޑައިގެންފައިވާކަމަށް ފާޅުގައި ބުނަމުން ގެންދިޔަ ރައީސް ބައިޑަންއަށް މިހާރު ޖެހިވަޑައިގެންފައިވަނީ އެއީ އިސްރާއީލުގެ ދިފާއީ ވުޒާރާއާއި މީޑިއާއިން ދެއްކި ފޮޓޯތަކެއްގެ މައްޗަށްބަލާފާ ވިދާޅުވެވުނު އިތުރުފުޅެއް ކަމަށް އެއްބަސްވެ ވަޑައިގަންނަވާށެވެ.

ހަމައެވާހަކައަށް އެމެރިކާގެ ނޭޝަނަލް ސެކިއުރިޓީ އޮފިޝަލުންނަށްވެސް އެއީ ދޮގެއް ކަމަށާއި ރައީސް ބައިޑަނަށްވެސް  އެހެން ވިދާޅުވެވުނީ އިސްރާއީލުގެ ދިފާޢީވުޒާރާއާއި މީޑިއާއިން ދެއްކި ފޮޓޯތަކެއްގެ މައްޗަށް ބަލާފާ އިސްރާއީލުގެ ހަމަލާތަކާ ގުޅޭގޮތުން ކަމަށް ތަރުޖަމާކޮށްދެންވެސް ޖެހުނީއެވެ.

އެވާހަކަ ފެށިގެންއައީ އިސްރާއީލުގެ އައި- 24 ސްޓޭޝަންގެ ބްރޯޑްކާސްޓަރަކު އިސްރާއީލުގެ ކިބްޒް ކްފަރ ގައި 40 ކުދިން ގަތުލުކޮށްފި ކަމަށް ބުނެ ހެދި ދޮގަކުންނެވެ. 

އެ ނޫސްވެރިޔާ ނިކޯލް ޒެޑެކް ފަހުން އިއުތިރާފް ވެފައިވަނީ އޭނާއަށް އެ މައުލޫމާތު ދިނީ އިސްރާއީލުގެ ސިފައިން ކަމަށެވެ. އޭގެފަހުން އިސްރާއީލުގެ ޑިފެންސް ފޯރސްގެ މޭޖަރ ނީރް ދިނަރ އިންސައިޑަރަށް ކިޔާދީފައިވަނީ އިސްރާއީލާއި ގާޒާގެ ބޯރޑަރ ސަރަހައްދުން ކިބްޒް ކްފަރގައި ކުޑަކުދިންތަކެއް މަރާފައި އޮތްތަން ފެނިފައިވާ ކަމަށާއި އެކަމަކު އެއީ ކިތައް ކުދިންކަމެއް ނޭންގޭ ކަމަށެވެ. 

މީޑިއާގައި މި ޚަބަރު ކެކިގަތުމުން އެވާހަކައިގެ ހަގީގަތް ހާމަކުރަން މޭޖަރ ނިރ ދިނަރ އަށް ސުވާލު ކުރިމަތި ކުރުމުން ބުނެފައިވަނީ އެކަން ސާބިތު ކޮށްދެވެން ނެތްކަމަށާއި އޭނާ އެވާހަކަ ދެއްކީ ސިފައިން ފޯރުކޮށްދިން މައުލޫމާތާއި ގުޅިގެން ކަމަށާއި އަދި އެކަންތައް އިތުރަށް ތަހްގީގު ކުރަންވެސް ބޭނުންނުވާކަމަށެވެ. އިންސައިޑަރުން އެ މައުލޫމާތުގެ ދޮގު ތެދު ބަލަން ކުރި މަސައްކަތް ވެސްވަނީ ނާކާމިޔާބު ވެފައެވެ.                                                                

ފަލަސްތީނު މިނިވަންކުރުމުގެ ހަނގުރާމައިގާ މުޅި އިސްލާމީ އުންމަތް އެކަތިގަނޑަކަށް ވުމަށް ހަމާސްގެ ކުރީގެ ލީޑަރ ޚާލިދު މަޝާލް ގޮވާލައްވައިފިއެވެ.


އެމަނިކުފާނު ވިދާޅުވީ ހުކުރުދުވަހު އެންމެހާ މުސްލިމުން އެއްވެ އިސްރާއީލާ ދެކޮޅަށް އަޑުއުފުލައި އަދި ފަލަސްތީނުގެ ވަށައިގެންތިބި އިސްލާމީ ގައުމުތަކުން ފަލަސްތީނު މިނިވަން ކުރުމުގައި ބައިވެރިވުން އެދިވަޑައިގަންނަވާ ކަމަށެވެ.

ރެކޯރޑްކޮށްފައިވާ މެސެޖެއްގައި އެމަނިކުފާނު އެދިވަޑައިގެންފައި ވާނީ އަރަބިދުނިޔޭގެ އެންމެހާ ރައްޔިތުން ހުކުރުގެފަހުން އިސްރާއީލާ ދެކޮޅަށް މުޒާހަރާއަށް ނިކުތުމަށެވެ. އަދި ފަލަސްތީނުގެ މައްސަލާގައި މިސްރާއި ޖޯރޑްންއާއި ސީރިއާ އަދި ލެބަނަނުން އަދާކުރަން  ޖެހިފައިވާ ހައްގުތައް އަދި ވަކިން ގިނަކަން ހަދާންކުރުމަށްވެސް ވިދާޅުވެފައިވެއެވެ. އެގޮވާލެއްވުމަށް މިދިޔަ ހުކުރުދުވަހުވަނީ ވަރަށްގިނަ ގައުމުތަކުން އިޖާބަދީފައެވެ.                   

ޔަހޫދީ ސިފައިން ވަނީ މިހާތަނަށް ގާޒާގެ 200 އަމާޒަކަށް ހަމަލާދީފައެވެ. އެ ހަމަލާތަކުގައި ފަސްހާސް ވަރަކަށް މީހުން ޒަޚަމްވެ 950 މީހުން ވަނީ މަރުވެފާކަމަށް ފަލަސްތީނުގެ ސިއްޙަތާ ބެހޭ ވުޒާރާއިން ހާމަކޮށްފައިވެއެވެ.    

އިރާނުގެ ސަލާމަތީ ޚިދުމަތްތަކާ ގުޅިފައިވާ އަލަށް ހަރަކާތްތެރިވާން ފެށި ނޫރު ނިއުސް އާއި ހަވާލާދީ ރޮއިޓާރސް އިން ބުނެފައިވަނީ ފަލަސްތީނުގެ މައްސަލާގައި މުސްލިމް ގައުމުތަކުން އެއްބަސްވުމަކަށް އައުމަށް އެދި އިރާނުގެ ރައީސް އިބްރާހީމް ރައީސީ އާއި ސީރިޔާގެ ރައީސް ބައްޝާރު ގޮވާލައްވަމުންގެންދަވާކަމަށެވެ. 

ސައޫދީ އެރޭބިޔާއާއި އީރާނުގެ ސުލްހައިގެ އެއްބަސްވުމަށްފަހު މިދިޔަ ބުދަ ދުވަހު ފުރަތަމަ ފަހަރު ރައީސީ އާއި ވަލީއަހްދު ފޯނުން ފަލަސްތީނުގެ މައްސަލާގައި މަޝްވަރާ ކުރައްވާފައިވާ ކަމަށްވެސް ރޮއިޓާރސް އިން ޚަބަރު ދީފައި ވެއެވެ.     

އެމެރިކާގެ ދިފާއީވުޒާރާއިން ޕޮލިޓިކޯއަށް މައުލޫމާތު ދީފައިވާ ގޮތުގައި މެދުއިރުމަތި ހަލަބޮލިކޮށް ލުމުން ބޭނުންކޮށްގެން އިރާނަށް ތާއީދުކުރާ ޕްރޮކްސީ ފައުޖުތަކުން ސީރިއާއި އާއި އިރާގުގައި ތިބި އެމެރިކާގެ ސިފައިންނަށް ޙަމަލާ ދިނުމަކީ އެމެރިކާއިން ވަރަށްބޮޑަށް ކަންބޮޑުވާން ޖެހިފައިވާ މައްސަލައެއް ކަމަށް ބެލެވެން ފަށައިފިއެވެ. 

އެހެންނަމަވެސް މޭޖަރ ޖެފްރީ ކާރމައިކަލް ވިދާޅުވެފައިވަނީ އެކަހަލަ ފުރުސަތެއް އީރާނަށް ލިބުނަ ނުދޭނެކަމަށެވެ. މިހާރުވެސް ސީރިޔާގައި އެމެރިކާގެ 900 ސިފައިން އަދި އިރާގުގައި 2500 ސިފައިން އެބަތިބިކަމަށް ބުނެފާވެއެވެ.                                                                

Loading

One Response

  1. ދޮގުހެދީމާ ހޭބަލިވެގެން ގައުމުތަކުގެ ވެރިން ތެޅިފޮޅުނީމާ ވެއްޓޭނީ ސިޑިން. އަހަރެމެންގެ ތެރޭގައިވެސް ދޮގުހެދީމާ އަތްޖަހާ ބައިގަނޑު މަދެއްނޫން.

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް