ރާއްޖެއިން ކޯވިޑް19 އަށް އިތުރު 59 މީހަކު އިއްޔެ ފައްސިވެއްޖެއެވެ. އިއްޔެ ފެނުނު ކޭސްތަކުގެ ތެރެއިން 5 ކޭސް ފެނިފައިވަނީ އަތޮޅު ތެރެއިންނެވެ. އަދި 54 ކޭސް ފެނިފައިވަނީ މާލެ ސަރަހައްދުންނެވެ.
އިއްޔެ ފައްސިވީ މީހުންގެ ތެރެއިން 47 މީހުންނަކީ ދިވެހިންނެވެ. އަދި އަނެއް 12 މީހުންނަކީ ބިދޭސީންކަން ފާހަގަ ކޮށްލެވެއެވެ. ކޯވިޑް19 ފެތުރެން ފެށިއިރު ފައްސިވާ ބިދޭސީންގެ ނިސްބަތް ގިނަ ނަމަވެސް، މިހާރު ވަނީ އެނިސްބަތް ވަރަށް ބޮޑަށް ދަށަށް ގޮއްސައެވެ.
އިއްޔެގެ ރެކޯޑްތަކާއި އެކު ފައްސިވީ މީހުންގެ ޖުމްލަ އަދަދު މިހާރުވަނީ 10,157 އަށް އަރައިފައެވެ. އޭގެ ތެރޭގައި، 1166 އެކްޓިވް ކޭސް ހިމެނޭއިރު، 82 ފަރާތަކަށް ދަނީ އެޑްމިޓް ކޮށްގެން ފަރުވާ ދެމުންނެވެ. އަދި އައިސޮލޭޝަން ފެސިލިޓީ ތަކުގައި 612 މީހަކުވަނީ އެކަހެރި ކުރެވިފައެވެ.
އިއްޔެއާއި ހަމަޔަށް އަތޮޅުތެރޭގެ 22 ރަށެއްގައި އެކްޓިވް ކޭސްތައް ހުރިއިރު، އޭގެ އިތުރުން 23 ރިސޯޓް ހިމެނެއެވެ. ރިސޯޓްތަކުގެ އެކްޓިވް ކޭސްތަކުގެ ތެރޭގައި 24 މުވައްޒަފުންނާއި، 11 ފަތުރުވެރިޔަކު ހިމެނެއެވެ.
މިބަލީގައި ރާއްޖެ އިން މިހާތަނަށް 34 މީހަކު ނިޔާވެފައި ވާއިރު 8950 މީހަކުވަނީ ބަލިން ފަސޭހަވެފައެވެ.
ރޭގެ ނޫސްވެރިންގެ ބައްދަލުވުމުގައި ވަނީ ޓޫރިޒަމް މިނިސްޓްރީގެ ފަރާތުން ޑެޕިއުޓީ މިނިސްޓަރ އައްސަދު ރިޒާ ބައިވެރިވެ ވަޑައިގަންފައެވެ. އަދި ރޭވަނީ ޓޫރިޒަމް ދާއިރާގެ ތެރޭގައި ކޯވިޑް19 ފެތުރުން ހުއްޓުވުމަށް ޚާއްޞަ އުސޫލްތަކެއް އެހްޕާއޭއިން އާންމުކޮށްފައެވެ.
️ Public Health Interventions to prevent COVID-19 Transmission in the Tourism Sector.
For details on ensuring safety of guests & staff at tourist establishments:
(Version 4 – 28 September 2020)
One Response
އިރާދަކުރެއްވިއްޔާ ދެން މާލަހެއްނުވެ ކޮވިޑް ރާއްޖޭގައި ކޮންޓުރޯލްވެ ދިވެހިންގެ ދިރިއުޅުމަށް ނަސީބުވެރިގޮތެއް މެދުވެރި ކުރައްވާނެއެވެ. އިންޝާﷲ