އެޗްއާރުސީއެމްގެ މެމްބަރު ކަމަށް ކުރިމަތިލާން ހުޅުވާލައިފި

Loading

Facebook
Twitter
WhatsApp

އެޗްއާރުސީއެމްގެ މެންބަރުކަމަށް ކުރިމަތިލުމުގެ ފުރުސަތު އިއްޔެ ހުޅުވާލައިފިއެވެ.

ރައީސް އޮފީހުން ކުރި އިއުލާނެއްގައި ބުނީ އެޗްއާރްސީއެމްގެ ހުސްވެފައިވާ މަގާމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފައިވާ ކަމަށާއި އަންނަ އާދީއްތަ އަދި ހޯމަ ދުވަހު ފޯމު ބަލައިގަންނާނެ ކަމަށެވެ.

އެޗްއާރުސީއެމްގެ މެންބަރުކަމަށް ހުޅުވައިލީ އެ ކޮމިޝަނުގެ ނައިބު ރައީސް އަޙްމަދު އަދުހަމް މެންބަރުކަމުން އިސްތިއުފާ ދެއްވުމުންނެވެ.

އެ ކޮމިޝަންގެ ގާނޫނުގައި ވާގޮތުން މެންބަރުކަމުގެ މަގާމު ހުސްވާތާ 60 ދުވަހުގެ ތެރޭގައި މެންބަރަކު އައްޔަން ކުރަން ޖެހެއެވެ.

އެޗްއާރުސީއެމްގައި މިވަގުތު ތިއްބެވީ ކޮމިޝަންގެ ރައީސާ މަރިޔަމް މުނާއާއި މުއުމިން ވަޙީދުއާއި އާމިނަތު ޝިފާޢަތު ޢަބުދުއްރައްޒާގު އަދި ސަމާޢު އަޙްމަދު ނަޖީބެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް