ސަަބަބު ބަޔާންކުރުމެއް ނެތި ފެނަކައިގެ ސީއެފްއޯ ވަހީދު ވަޒީފާއިން ވަކިކޮށްފި

Loading

Facebook
Twitter
WhatsApp

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު (ސީއެފްއޯ) އަބްދުﷲ ވަހީދު މަގާމުން ވަކިކޮށްފި އެވެ.

އޭނާ މަގާމުން ވަކިކޮށްފައި މިވަނީ މިދިޔަ އަހަރުގެ އޮކްޓޫބަރު 19 ވަނަ ދުވަހުން ފެށިގެން މަގާމުގެ މަސްއޫލިއްޔަތުތަކުން އެއްފަރާތްކޮށްފައި ގޭގައި ބެހެއްޓުމަށްފަހު އެވެ ނަމަވެސް، މަގާމުން އެކަހެރިކުރި ގާނޫނީ އެއްވެސް ސަބަބެއް ފެނަކައިން ދައްކާދައެއް ނުވެއެވެ.

ފެނަކަ ވަޒީފާއާ ވަހީދު ގުޅިވަޑައިގަތީ 11 ސެޕްޓެމްބަރު، 2014 ގައެވެ. އޭނާ މަގާމުން ވަކިކުރީ މިދިޔަ މަހުގެ 26 ވަނަ ދުވަހު އެވެ. އެ މުއްދަތުގެ ތެރޭގައި އޭނާއަށް އެއްވެސް ނަސޭހަތެއް ދީ އަދި އިސްލާހީ ފިޔަވަޅެއްވެސް އަޅައިފައެއް ނުވެއެވެ

އެނގިފައިވާ ގޮތުގައި ވަހީދު ވަޒީފާއިން ވަކިކުރި ދުވަހު އޭނާ ވަނީ ފެނަކައިގެ ”ޑިސިޕްލިނަރީ ކޮމިޓީ“ އަށް ހާޒިރުކޮށްފައެވެ. އަދި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ސަރުކާރާ ދެކޮޅަށް އޭނާ ޕޯސްޓްތައް ކޮށްފައިވުމުން ކޮމިޓީ މެންބަރުން ސުވާލުކޮށްފައިވެއެވެ.

ވަހީދު ވަޒީފާއިން ވަކިކޮށްފައިވަނީ، އޭނާއަށް ޖަވާބުދާރީވާނެ ފުރުސަތުނުދީ އަދި މައްސަލައިގެ ލިޔެކިޔުންތައް ހަވާލުކުރުމެއްވެސް ނެތިއެވެ. އަދި ނޯޓިސްއެއް ދިނުމަކާވެސް ނުލައެވެ.

ވަހީދު މިއަދު ވިދާޅުވީ އޭނާ ވަޒީފާއިން ވަކިކުރި ސަބަބެއް ފެނަކައިން އަންގާފައި ނުވާ ކަމަށެވެ. އަދި އެ ސަބަބު ހޯދުމަށް ކުންފުނީގެ ކަމާ ގުޅޭ ބޭފުޅުންނަށް ފޯނު ކޮށްގެން ޖަވާބު ނުދެއްވި ކަމަށާއި މެސެޖާއި އީމެއިލް ކުރުމުން ޖަވާބެއް ލިބިފައި ނުވާ ކަމަށް އޭނާ ބުންޏެވެ.

ފެނަކަ ކޯޕަރޭޝަންގެ ޗީފް ފައިނޭންޝަލް އޮފިސަރު މަގާމުން ވަހީދު ވަކިކޮށްފައި މިވަނީ ފެނަކަ އާއި އެކު މަސައްކަތް ކޮށްފައިވާ ބައެއް ކުންފުނިތަކުން ކޮށްފައިވާ މަސައްކަތްތަކަށް ފެނަކަ އިން ފައިސާ ނުދޭ ކަމަށް ބުނެ އިހްތިޖާޖުކުރަމުންދާ ވަގުތެއްގައެވެ. އެގޮތުން ފެނަކައިގެ ދަރަނި 2.2 ބިލިއަނަށް އަރާ ކަމަށް މާލީ ހިސާބުތަކުން ދައްކާއިރު، އެ ކުންފުނިން ސަޕްލަޔަރުންނަށް ދޭން ޖެހޭ 800 މިލިއަނަށްވުރެ ގިނަ ރުފިޔާ ނުލިބިވާ ކަމުގެ ކަންބޮޑުވުން އެ ފަރާތްތަކުން ދަނީ ފާޅުކުރަމުންނެވެ.

ސީއެފްއޯ ވަހީދުގެ އިތުރުންވެސް ފެނަކައިގެ ކޮރަޕްޝަންގެ ވާހަކަ ދައްކާތީ ބައެއް އިސްވެރިން ވަނީ މަގާމުގެ މަސްއޫލިއްޔަތުން އެކަހެރިކޮށްފައެވެ.

Loading

One Response

  1. ސަރުކާރު އަތައް ގޮވީމާ އޭނާގެ ބޮލުގައި އެތިފަހަރެއް ޖެހުމަކުން ދެން ކީއްކުރަނީ! އެވަރަށް ސަޢީދުއާއި ދެމީހުން ގުޅިގެން ވައްކަން ކޮށް 2.2 ބިލިއަން އަށް ރައްޔަތުންގެ ފެނެކާ ދަރުވާލިއިތު ކޮބާ ރައީސް މީހާ؟ ފެނަކާގެ ހުރިހާ ވައްކަމަކުން އޭނަގެ ކެމްޕޭނަށް ހަބޭސްކޮށް ބައިއެޅި. މިއީ އެންމެން ދަންނަ ބޮދު ސިއްރެއް:

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް