އީރާނުގައި ދީނީފަތުވާ އަވަސްކުރަން އައި. އޭ. ބޭނުންކުރަން ފަށަނީ

Loading

October 2, 2023
profile
Facebook
Twitter
WhatsApp


އީރާނު ސަރުކާރަށް ޙަވާލާދީ މަޢުލޫމާތު ހާމަކޮށްފައިވާ ގޮތުގައި ދަންނަބޭކަލުންގެ ދީނީ ފަތުވާ ޒަމާނާ ގުޅޭގޮތުން އަވަސް ކުރުމަށްޓަކައި އާރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުންކުރަން ރާވަމުން ގެންދަވާކަން ފައިނޭންޝަލް ޓައިމްސް އިން ޚަބަރުދީފިއެވެ.                                                 

ފައިނޭންޝަލް ޓައިމްސް އިން ރިޕޯރޓް ކޮށްފައިވާ ގޮތުގައި ނުބައިކޮށް ބުރުގާއަޅައިގެން އުޅުނު މަހްސާ އަމީނީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުއްޓާ މަރުވި މައްސަލައަށް އެއް އަހަރުފުރުން ފާހަގަކޮށް ހަމަނުޖެހުން ހިންގަމުން ގެންދާ މިދަނޑިވަޅުގައި އީރާނުގެ ދީނީ ޝަހަރު ގުމް ގައި އިލްމުވެރިން ދީނީ ފަތުވާދިނުމުގައި އާރޓިފިޝަލް އިންޓެލިޖެންސްގެ ބޭނުން ތަޖްރިބާ ކުރަން ހިތްވަރު ދެމުން އެބަގެންދެއެވެ.                         

ގުމް ގައި ހުންނަ އީރާނު ސަރުކާރުންވެސް ބައިވެރިވާ ޓެކް އިންކިއުބޭޓަރގެ އިސްވެރިޔާ މުޙައްމަދު ގުތުބީ ވިދާޅުވެފައިވަނީ ރޮބޯޓުންނަށް އިލްމުވެރިންނަކަށް ނުވެވޭނެކަމަށާއި އެކަމަކު އެ ޢިލްމުވެރިން 50 ދުވަހުން ކުރަންޖެހޭ މަސައްކަތް އެންމެ 5 ގަޑިއިރަށް ރޮބޯޓުގެ ބޭނުންކޮށްގެން ވަގުތު ކުޑަކުރެވިދާނެއެވެ. އޭގެ މާނައަކީ އަހަރެމެންގެ އަގީދާއާއި އާދަކާދަ އަކީ ހުޅަނގު ކޮޕީކުރުމެއްނޫންކަމަށެވެ.                                  

އީރާނުގައި ގައުމިއްޔަތާއި ސާފުތާހިރު ކަންވެސް ހިމެނޭގޮތުގައި ކޮންމެ ކަމަކަށްވެސް ދީނުގައި އޮންނަގޮތް ދެނެގަންނަން ޖެހެއެވެ. ޢިލްމުވެރިންގެ ހުރިހާ ވަގުތެއް ހޭދަކުރެވިގެންދަނީ ދީނުގައި އޮތްގޮތް އާންމުކުރުމުގެ ކުރިން އެކަން ކަށަވަރު ކުރުމަށެވެ.          

އީރާނުގެ ބާރުގަދަ ގާޑިއަން ކައުންސިލްގެ މެމްބަރު އަދި ތަޖްރިބާކާރުންގެ މަޖިލީހުގެ މެމްބަރުކަންވެސް ކުރައްވަމުން ގެންދަވާ އާޔަތު ﷲ ޢަލީ ރިޒާ އަރާފީ ފައިނޭންޝަލް ޓައިމްސް އަށް ވިދާޅުވީ އިސްލާމީ ސިވިލައިޒޭޝަން ކުރިއެރުވުމުގެ މައިދާނަށް އަހަރެމެންވެސް ވަންނަން ޖެހިއްޖެ ކަމަށެވެ.               

އީރާނުގެ ނޫރު ކޮމްޕިއުޓަރ ސެންޓަރ ފޯރ އިސްލާމިކް ސައެންސް ރިސާރޗާއި އަދި ގުމް ސިޓީގެ އާރޓިފިޝަލް އިންޓެލިޖެންސް ރިސާރޗް ސެންޓަރަކީ އެ ސިޓީގައި ހުރި ކުރީ ޒަމާނުގެ ދީނީ ޢިލްމުގެ ލިއެ ކިއުންތައް ބެލޭނެ ވަސީލަތްތަކާއި އެ ލިއުންތައް އަލްގޮރިދަމަށް ތަޢާރަފް ކުރުމުގެ ގާބިލުކަންވެސް  ލިބިފައިހުރި މަރުކަޒުތަކެއް ކަން ފައިނޭންޝަލް ޓައިމްސްއަށް ވެސް ވަނީ ޔަގީންކުރެވިފައެވެ.

މީގައި އެންމެ ފާހަގަކޮށްލެވޭ ކަމަކީ މި މަސައްކަތުގައި އީރާނުގެ ދީނީ އިމާމު އާޔަތު ﷲ ޢަލީ ޚާމަނާއިގެ ފުރިހަމަ އެއްބާރުލުންވެސްލިބިގެންދިއުމެވެ. އެ މަނިކުފާނުގެ އަމާޒަކީ އާރޓިފިޝަލް އިންޓެލިޖެންސީގެ ރޮނގުންވެސް އީރާނަކީ އެންމެ ކުރީ ސަފުގެ ދިހަ ގައުމުގެ ތެރޭގައި ހިމެނުމެވެ.

އެމަނިކުފާނުގެ ހަމައެކަނި ޝަރުތަކީ އާރޓިފިޝަލް އިންޓެލިޖެންސް ނުވަތަ އެހެންކަމެއްގައިވެސް އިސްލާމްދީނުގެ ގިއުގަނޑުގެ ތެރޭން ބޭރުވެގެން ނުދިއުމެވެ. އެ މަނިކުފާނުގެ އިރުޝާދަކީ “ މަންޒިލަށް ދިއުމަށްޓަކައި ބޭނުންކުރެވޭ ވަސީލަތް ބަދަލު ކުރެވިދާނެއެވެ. އެކަމަކު އަމާޒާއި މަންޒިލް ބަދަލު ކުރެވިގެން ނުވާނެއެވެ.“         

Loading

One Response

  1. އަހަރެމެންނާ ވަރަށް ތަފާތު ވިސްނުމެއްދޯ. އަހަރެމެންނަށް ވަރިހަމަ ފައިސާ ލިބެނިކޮށް. އަމާޒުވެސް މަންޒިލް އަދި ވަސީލަތްވެސް ބަދަލުކުރަން ހަމަ ތައްޔާރު..

Leave a Reply to މަންމަނު Cancel reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް