ޔޫއެފާ ސުޕަރކަޕްގެ ތަށިވެސް ބަޔާން މިއުނިކަށް!

Loading

Facebook
Twitter
WhatsApp
   ރޭކުޅެވުނު ޔޫއެފާ ސުޕަރކަޕްގެ ފައިނަލް މެޗުގައި 2-1ގެ ނަތީޖާއިން ސެވިޔާގެ މައްޗަށް ކުރި ހޯދައިގެން، މުބާރާތުގެ ޗެމްޕިއަންކަން ބަޔާންއިން ހޯދައިފިއެވެ. މިއީ ބަޔާންއިން މިސީޒަނުގައި ހޯދި ހަތަރު ވަނަ ތަށްޓެވެ. މިމެޗްގެ 90 ވަނަ މިނިޓު ނިމުނުއިރު، 1-1ގެ ނަތީޖާއިން ދެޓީމު ހަމަހަމަވެފައި އޮތުމުން، ނަތީޖާ ނެރުނީ އިތުރު ވަގުތު ކުޅެގެންނެވެ.
     މެޗްގެ ފުރަތަމަ ހާފް ފެށިގެން ގިނައިރުތަކެއް ނުވެ، މެޗުގައި ފުރަތަމަ ކުރިހޯދީ ސެވިއްޔާއިންނެވެ. މިގޯލް ފުރަތަމަ ހާފްގެ 13 ވަނަ މިނިޓުގައި ލިބުނު ޕެނަލްޓީއަކުން ކާމިޔާބު ކޮށްދިނީ އެޓީމުގެ މޮޅު ކުޅުނަތެރިޔާ އޮކޮމްޕަސްއެވެ. މިނަތީޖާގައި ސެވިއްޔާއަށް ހިފަހައްޓާލެވުނީ ވިއްސަކަށް މިނިޓެވެ. ބަޔާންއިން އެޓީމުގެ އެޓޭކްތައް ވަރުގަދަކޮށް، ނަތީޖާ ހަމަ ހަމަ ކުރީ މެޗްގެ 34 ވަނަ މިނިޓުގައި ގޮރެޓްޒްކާ ކާމިޔާބު ކޮށްދިން ގޯލުންނެވެ. ފުރަތަމަ ހާފް ނިމިގެން ގޮސްފައިވަނީ 1-1 ގެ ނަތީޖާއިން ދެޓީމު އެއްވަރުވެގެންނެވެ.
     ދެވަނަ ހާފް ފެށިގެން ކުރިޔަށް ދިޔައިރު ބަޔާންއިންވަނީ ގޯލަށް ނުރައްކާތެރި ހަަމަލާތަކެއް އުފައްދައިފައެވެ. އެގޮތުން އެޓީމުން ދެބޯޅައެއް ގޯލުގެ ހަތަރު ދަނޑިން އެތެރެ ކޮށްލި ނަމަވެސް، އޭގެން އެއް ގޯލަކީ އޮފްސައިޑް ގޯލެއް ކަމަށް ރެފްރީ ނިންމިއެވެ. އަދި ދެވަނަ ގޯލް ޖެހުމުގެ ތެރޭގައި ބަޔާންގެ ފޯވަރޑް ރޮބަރޓް ލެވަންޑޯސްކީ ފައުލް ކުރި ކަމަށް ނިންމާ އެއީ ގޯލެއް ނޫން ކަމަށް ރެފްރީ ނިންމިއެވެ. ދެވަނަ ހާފްގެ 56 ވަނަ މިނިޓުގައި ސެވިއްޔާގެ މުހިންމު ދެކުޅުންތެރިން ކަމުގައިވާ ރަކިޓިޗްއާއި ޑިޔޯންގެ ބަދަލުގައި ޒުވާނއ ދެކުޅުންތެރިން ކަމުގައިވާ އޮލިވާއާއި ނަސޭރީ ވަނީ ކުޅުމުގެ ތެރެއަށް ނިކުމެފައެވެ.
      ބަޔާންއިން މެޗުން މޮޅުވި ގޯލް ކާމިޔާބުކުރީ އިތުރުވަގުތުގެ ދެހާފްގެ ތެރެއިން ފުރަތަމަ ހާފްގައި، 104 ވަނަ މިނިޓުގައެވެ. މިގޯލް ކާމިޔާބު ކޮށްދިނީ ސެވިއްޔާގެ ކީޕަރުއަތުގައި ޖެހި ނިކުތް ބޯޅަ ބޮލުން ގޯލުގެ މަތީ ކަނަށް ފޮނުވާލައިގެން ބަޔާންގެ ޖަވީ މާޓިނޭޒްއެވެ.
      މެޗުން ސެވިއްޔާ ބަލިވިކަމުގައިވިޔަސް ސެވިއްޔާގެ ހިތްވަރަށް ގިނަ ބަޔަކު ވަނީ ތަޢުރީފް ކޮށްފައެވެ. ފުޓުބޯޅައިގައި ނަންކިޔާ މާގިނަ ކުޅުންތެރިންތަކެއް އެޓީމުގައި ނެތްކަމުގައި ވިޔަސް ޓީމެއްގެ ގޮތުގައި މޮޅު ކުޅުމެއް އެޓީމުންދަނީ ދައްކަމުންނެވެ.
       މިސީޒަނަކީ ބަޔާންއަށް ވަރަށް ކާމިޔާބު ސީޒަނެކެވެ. ބަޔާންއިން ވާދަކުރާ ބޮޑެތި ހުރިހާ ލީގެއްގެ ތަށި ބަޔާނުން މިސީޒަނުގައިވަނީ އުފުލާލައިފައެވެ. އެގޮތުން ޔޫއެފާ ޗެމްޕިއަންސް ލީގާއި، ޖަރްމަަން ލީގާއި ބަންޑެސްލީގާގެ ތަށިވެސް އުފުލާލީ ބަޔާންއިންނެވެ. މިއީ ބަޔާންއިން ސުޕަރކަޕްގެ ތަށި އުފުލާލި ދެވަނަ ފަހަރެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް