ދުވާފަރުގައި ކަނބަލުންނަށް ޚާއްސަ ވޮލީ މުބާރާތެއް ބާއްވަނީ!

Loading

Facebook
Twitter
WhatsApp
    ދުވާފަރުގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީއާއި، ރ.އަތޮޅު ފެމިލީ އެންޑް ޗިލްޑްރަން ސަރވިސް ސެންޓަރު ގުޅިގެން ”ގެވެށި ގުޅުން“ ކެމްޕޭން ޕްރޮމޯޓްކުރުމުގެ ގޮތުން އެރަށުގައި ކަނބަލުންނަށް ޚާއްސަ ވޮލީ މުބާރާތެއް ބާއްވަން ނިންމައިފިއެވެ.
    މުބާރާތުގައި ބައިވެރިވާން ޝައުޤުވެރިވާ ޓީމްތަކުން 1 އޮކްޓޫބަރުގެ ނިޔަލަށް އެކޮމިޓީއަށް ފޯމް ހުށަހަޅަން ޖެހެއެވެ. އަދި މިމުބާރާތް ފެށުމަށް ހަމަޖެހިފައިވަނީ އަންނަ އޮކްޓޫބަރު މަހުގެ 8 ވަނަ ދުވަހުއެވެ.
    މިމުބާރާތުގައި ކުޅޭ ފަރާތްތަކުގެ ޝަރުތުތަކެއް ވަނީ އެކޮމިޓީއިން ކަނޑައަޅައިފައެވެ. އެގޮތުން އެފަރާތްތަކަކީ އުމުރުން 16 އަހަރުން މަތީގެ ކަނދޮޅުދޫގެ (ކަނދޮޅުދޫ ރައްޔިތުން މިހާރު ދިރިއުޅެނީ ދުވާފަރުގައި) ރަށްވެއްސަކަށް ވާން ޖެހެއެވެ. ނަމަވެސް އުމުރުން 18 އަހަރު ނުފުރޭ ކުދިން މުބާރާތުގައި ކުޅޭނަމަ ބެލެނިވެރިޔާގެ ހުއްދަ އޮތްކަން އަންގައިދޭ ސިޓީއެއް ހުށަހަޅަން ޖެހެއެވެ. ހަމަ އެއާއިއެކު ރ.ކަނދޮޅުދޫގެ ރަށްވެއްސަކާ ކައިވެނި ބައްލަވައިގެން އުޅުއްވާ ކަނބަލުންނަށްވެސް މުބާރާތުގައި ކުޅުމުގެ ފުރުސަތު އޮންނާނެއެވެ.
     މިމުބާރާތުގެ ޗެމްޕިއަން ޓީމަށާއި، ރަނަރއަޕް ޓީމް އަދި ފެއަރޕްލޭ ޓީމު ހޮވާ، އިނާމު ދިނުމަށްވަނީ ނިންމައިފައެވެ.

Loading

Leave a Reply

ޚިޔާލު ފައުޅު ކުރެއްވުމުގައި ދީނީ، ޤާނޫނީ އަދި ސުލޫކީ މިންގަނޑުތަކަށް ސަމާލުކަން ދެއްވުން އެދެމެވެ.

ފަހުގެ އަޕްޑޭޓް